Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެންޑިއޯ އެވޯޑު

އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް، މޮޅު ޒުވާން ކުޅުންތެރިޔާ އަށް ޔަމާލް

މިދިޔަ އަހަރު އޮތް ބެލެންޑިއޯ އެވޯޑުގެ އެންމެ މޮޅު ކީޕަރަަކަށް ހޮވުނީ ވެސް މާޓިނޭޒް އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޮކްޓޯބަރު 2024 | އަންގާރަ 04:42
އެންމެ މޮޅު ކީޕަރުގެ އެވޯޑާ އެކު މާޓިނޭޒް

އެންމެ މޮޅު ކީޕަރުގެ އެވޯޑާ އެކު މާޓިނޭޒް

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ގޯލު ކީޕަރަށް ދެމުން އަންނަ ޔަޝިން އެވޯޑު އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް ހޯދިއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ދެމުން އަންނަ ކޮޕާ އެވޯޑު ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޔަމީން ޔަމާލް ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ފްރާންސްގެ ވެރި ރަށް ޕެރިހުގައި އޮތް އެވޯޑު ހަފުލާގައި އެންމެ މޮޅު ގޯލު ކީޕަރުގެ އެވޯޑު މާޓިނޭޒް ހޯދީ، އުނާއީ ސިމޮން، އަންދްރޭ ލުނިން، ޖުއާންލުއިޖީ ޑޮންނަރުންމާ އަދި މައިކް މައިގްނަންއާ ވާދަކޮށެވެ. އެންމެ މޮޅު ގޯލު ކީޕަރުގެ މަޤާމު ހޯދި މާޓިނޭޒް ވަނީ އެސްޓަން ވިލާގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭގެ އިތުރުން އާޖެންޓީނާ އާއެކު އޭނާ ވަނީ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގެ ތަށި އާޖެންޓީނާ އަށް ހޯދުމުގައި މާޓިނޭޒް މުހިންމު ދައުރެއް އަދާކުރިއިރު، މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވުނީ ވެސް އޭނާ އެވެ. މިދިޔަ އަހަރު އޮތް ބެލެންޑިއޯ އެވޯޑުގެ އެންމެ މޮޅު ކީޕަރަަކަށް ހޮވުނީ ވެސް މާޓިނޭޒް އެވެ.

މީގެ އިތުރުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ދެމުން އަންނަ ކޮޕާ އެވޯޑު ޔަމާލް ކާމިޔާބު ކުރީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އާޑާ ގުލާ، މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކޮބީ މައިނޫ، މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސަވީނިއޯ އަދި ބާސެލޯނާ އަށް ކުޅެމުން އަންނަ ޕައު ސުބާސީއާ ވާދަކޮށެވެ. ބާސެލޯނާގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ޔަމާލް ވަނީ ސްޕެއިން އާއެކު މިއަހަރު އޮތް ޔޫރޯ ފުުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ވެސް ޔަމާލް އެވެ.

މީގެ އިތުރުން މިއަހަރުގެ ބެލެންޑިއޯ އެވޯޑުގެ ފިިރިހެން އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރެއާލަށް އިރުޝާދު ދެމުން އަންނަ އިޓަލީގެ ކާލޯ އަންޗެލޮޓީ އެވެ. އަންހެން އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެމެރިކާ ޤައުމީ ޓީމަށް އިރުޝާދު ދެމުންް އަންނަ އެމާ ހަޔެސް އެވެ.

ބަލޮންޑޯ އެވޯޑްއެމިލިއާނޯ މާޓިނޭޒްލަމިން ޔަމާލް

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
17 ޖުލައި 2025

ބާސެލޯނާގެ 10 ނަންބަރު ޖާޒީ ޔަމާލް އަށް

17 ޖުލައި 2025
ބާސެލޯނާގެ 10 ނަންބަރު ޖާޒީ ޔަމާލް އަށް
18 ޑިސެމްބަރު 2024

މޮޅު ކީޕަރަކަށް މާޓިނޭޒް ހޮވުނުއިރު، މޮޅު ކޯޗަކީ އަންޗެލޮޓީ

18 ޑިސެމްބަރު 2024
މޮޅު ކީޕަރަކަށް މާޓިނޭޒް ހޮވުނުއިރު، މޮޅު ކޯޗަކީ އަންޗެލޮޓީ
18 ޑިސެމްބަރު 2024

ޔަމާލްގެ އުންމީދަކީ 21 އަހަރުވުމުގެ ކުރިން ވޯލްޑް ކަޕާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން

18 ޑިސެމްބަރު 2024
ޔަމާލްގެ އުންމީދަކީ 21 އަހަރުވުމުގެ ކުރިން ވޯލްޑް ކަޕާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު