Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

މެޗުން މޮޅު ނުވުމުން ދެރަވޭ، އެކަމަކު ކުޅުން ދަށެއް ނޫން: އާޓެޓާ

ޖުމުލަ ގޮތެއްގައި އާސެނަލްގެ ކުޅުން ދަށް ނޫން ކަމަށާއި، ދެ ތިން ކަމަކަށް ސަމާލުކަން ދެވުނު ނަމަ، އެ ޓީމު ކޮޅަށް މެޗު އެނބުރުނީސް ކަމަށް ވެސް އާޓެޓާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2024 | އަންގާރަ 03:57
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ، ލިވަޕޫލް ކޯޗު ސްލޮޓާ ސަލާމް ކުރަނީ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ، ލިވަޕޫލް ކޯޗު ސްލޮޓާ ސަލާމް ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން މޮޅު ނުވުމުން ދެރަވާ ކަމަށާއި، ނަމަވެސް މެޗުގައި އާސެނަލް އިން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް އާސެނަލް އިންނެވެ. އޭގެ ފަހުން ލިވަޕޫލް އިން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ދެ ވަނަ ފަހަރަށް ވެސް އާސެނަލް ލީޑު ނެގި އެވެ. ލިވަޕޫލުން ދެ ވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފަހު ދިހަ މިނެޓުގެ ތެރޭގަ އެވެ.

އެމެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާޓެޓާ ބުނީ، މިވަގުތު އާސެނަލް އޮތް ޙާލަތުގައި އެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އޭނާ ފަޚުރުވެރިވާ ކަމަށެވެ. މެޗުގެ ފުރަތަމަ ހާފަށް ބަލާއިރު އެ ހާފުގައި އާސެނަލް އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ކަމަށް ވެސް އާޓެޓާ ބުންޏެވެ. ވަކި ވަކި ކަންކަމަށް ބަލާއިރު ވެސް، ކުޅުންތެރިންގެ ފަރާތުން ފެނުނީ ޤަބޫލު ކުރެވޭ ވަރުގެ ކުޅުމެއް ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ.

މެޗުގެ ނަތީޖާ އަށް އިޝާރާތް ކުރަމުން އާޓެޓާ ބުނީ އެ މެޗުން މޮޅު ނުވުމުން ދެރަވާ ކަމަށެވެ. އެހެން ނަމަވެސް ޖުމުލަ ގޮތެއްގައި އާސެނަލްގެ ކުޅުން ދަށް ނޫން ކަމަށާއި، ދެ ތިން ކަމަކަށް ސަމާލުކަން ދެވުނު ނަމަ، އެ ޓީމު ކޮޅަށް މެޗު އެނބުރުނީސް ކަމަށް ވެސް އާޓެޓާ ބުންޏެވެ. އޭނާ ބުނީ އެކަންކަން ކުރިއަށް އޮތް ތަނުގައި އިތުރަށް ރަނގަޅު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

ލީގު ތާވަލްގައި އާސެނަލް އޮތް މަގާމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، ފަސް ޕޮއިންޓު ފަހަތުން އާސެނަލް ތިން ވަނައިގައި އޮތްއިރު، އެ މަގާމުގައި އޮންނަން އެއްވެސް ބަޔަކު ބޭނުން ނުވާނެ ކަމަށެވެ. އާސެނަލް ވެސް ބޭނުން ވަނީ ފަސް ޕޮއިންޓުން ކުރީގައި އޮންނަން ކަމަށާއި، ނަމަވެސް މިވަގުތު އާސެނަލް ތިން ވަަނައިގައި އޮތްއިރު ވެސް އެ ޓީމަށް ފުރުސަތު އޮތްކަން އޭނާ ފާހަގަ ކުރި އެވެ.

އާޓެޓާ ބުނީ އާސެނަލް އިން ދެން މަސައްކަތް ކުރާނީ ކުރިއަށް އޮތް މެޗަށް ކަމަށާއި، އޭނާ ބޭނުންވާ ފަދައިން ކުޅުންތެރިން ވެސް ބޭނުން ވަނީ މެޗުތަކުން މޮޅުވެ އާސެނަލް ކުރިއަށް ދާން ކަމަށެވެ. ޚާއްސަކޮށް ކުރިއަށް އޮތް ތަނުގައި އާސެނަލް އިން ރަނގަޅު ކުރަން ހުރި ކަންކަމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މިވަގުތު އާސެނަލް ތިން ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ނުވަ މެޗުން 18 ޕޮއިންޓާ އެކު އެވެ.

އާސެނަލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު