Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަކުވާ ހުށަހެޅުން

ބަންދު މުރާޖަޢާކުރުމަށް އެދި 539 ޝަކުވާ

އެ އޮފީހުން ނިންމާ ގޮތެއް ހުށަހެޅި ފަރާތްތަކާ ޙިއްޞާކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2024 | އާދީއްތަ 12:08
ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް

ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް

ދަޢުވާތަކާއި، ބަންދު މުރާޖަޢާކުރުމަށް އެދި 539 ފޯމު ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެ އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދަޢުވާތަކާއި، އިސްތިއުނާފުކޮށް ހިނގަމުންދާ އިސްތިއުނާފްތަކާއި، މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި، ޖުމްލަ 539 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހުށަހަޅާފައިވާ ޝަކުވާތަކާއި، މުރާޖަޢާކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން މި އޮފީހުން ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ކަމަށާއި، އަދި ބަލަންޖެހޭ ބެލުންތައް ބަލައި މުރާޖަޢާކުރުމަށްފަހު، އެ އޮފީހުން ނިންމާ ގޮތެއް ހުށަހެޅި ފަރާތްތަކާ ޙިއްޞާކުރާނެ ކަމަށެވެ.

ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތައް މުރާޖަޢާކުރުމަށް ނުވަތަ އެކި އެކި ސަބަބުތަކާހުރެ ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެކިއެކި ސަބަބުތަކާހުރެ ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ޙާލަތްތަކާއި، ޝަރުޠުތައް މުޠާލިޢާކުރުމާއި މުރާޖަޢާކުރަމުން ގެންދިއުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ބ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އަދި ޖިނާއީ ކުށަކާ ގުޅިގެން ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމާ ނިންމުންތައް މުރާޖަޢާކޮށް، އެނިންމުން ބަދަލުކުރުމަކީ އެ މާއްދާގެ (އ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޤާނޫނުއަސާސީގެ މި މާއްދާތަކުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާ މަތިކޮށްފައިވާ މަސްޢޫލިއްޔަތުތަކާއި، ޒިންމާތައް އަދާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެހީތެރިވުމުގެ ގޮތުން އެ އޮފީހުގައި އެކަމަށް ޚާއްޞަ މުރާޖަޢާ ކޮމިޓީއެއް ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލައްވާލާފައިވާ ކަމަށެވެ. އަދި މިހާރު ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތައް މުރާޖަޢާކުރުމަށް ނުވަތަ އެކި އެކި ސަބަބުތަކާހުރެ ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަދި އެ ކަންކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 1 އޮކްޓޫބަރު 2024 އިން ފެށިގެން 20 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ މުރާޖަޢާ ކޮމިޓީގެ މައިގަނޑު މަސައްކަތަކީ މިހާރު ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާއި، ޖިނާއީ ކުށްތަކާ ގުޅިގެން ހައްޔަރުކޮށް ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު ޤާނޫނުއަސާސީއާއި، ޤާނޫނާއި، ކަމާ ގުޅުންހުރި ގަވާއިދުތަކުގެ އިމުގެ ތެރެއިން ގޮތެއް ނިންމައި، އެކަންކަމުގައި ޢަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެރުވުމެވެ. އަދި އެ ނިންމުންތައް ބަދަލުކުރަންޖެހޭނަމަ އެކަން ކުރުމެވެ. މި ކޮމިޓީގެ މަސައްކަތްތައް ހިނގާނީ ސީދާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. 

ޕީޖީ އޮފީހުން ބުނީ މުރާޖަޢާކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު އެކަށީގެންވާ އަވަސްމިނެއްގައި ގޮތެއް ނިންމާނެކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު