Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު އިބްރާހިމް

މާވަށުގައި މީހަކު މަރާލުން: މުހައްމަދު އިބްރާހިމަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފި

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 18:06

މި މައްސަލައިގައި ދައުވާ ކުރެވިފައިވަނީ ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހިމް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 18:06
ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް ބުނާ ލ. މާވަށު އުމުރުން 29 އަހަރުގެ މޫސަ (ވ) އަދި އޭނާއަށް ވަޅިން ހަމަލާދިން ކަމަށް ބުނާ ހދ. ނޮޅިވަރަންފަރު އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް (ކ)

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް ބުނާ ލ. މާވަށު އުމުރުން 29 އަހަރުގެ މޫސަ (ވ) އަދި އޭނާއަށް ވަޅިން ހަމަލާދިން ކަމަށް ބުނާ ހދ. ނޮޅިވަރަންފަރު އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް (ކ)

ލ. މާވަށުގައި ހިނގި މަރުގެ މައްސަލައިގައި ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާ ކުރެވިފައިވަނީ މިއަހަރުގެ ޖުލައި 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހިމް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައެވެ. މި މައްސަލައިގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 25 ސެޕްޓެމްބަރު 2025 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

މުހައްމަދު އިބްރާހިމްގެ މައްޗަށް ކުރެވުނު ފުރަތަމަ ދައުވާއަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދެވަނަ ދައުވާއަކީ މަޤްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތަޙްޤީޤާއި ޕްރޮސެކިއުޓް ކުރުމުގެ މަރުޙަލާ އަވަސްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބެލުނު މައްސަލައެކެވެ. މި މައްސަލައިގެ ތަޙްޤީޤުގެ ފުރަތަމަ މަރުޙަލާއިން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ތަޙްޤީޤުގެ ކަންކަން ކުރިއަށް ގެންދެވިފައިވާ ކަމަށްވެސް އެ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

މޫސާ އިބުރާހީމުގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މި ހާދިސާ ހިނގާފައި ވަނީ މިދިއަ ޖުލައި މަހުގެ 28 ވީ ހޯމަ ދުވަހުގެ ހެނދުނު ލ. މާށު ވޮލީކޯޓު ކައިރީގަ އެވެ.

އޭނާ މަރާލުމަށްޓަކައި ވަޅިން ހަމަލާދީފައިވަނީ އެވަގުތު އެރަށަށް ގޮސް އުޅުނު ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ. ފުލުހުން ވަނީ ހަމަލާދިނުމަށް ބޭނުންކުރި ވަޅި ހޯދާފައެވެ. ވަޅި ހޯދާފައިވަނީ މޫދުންނެވެ.

މަރުގެ މި މައްސަލާގައި ގާތިލްކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހީމް މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ވަޅިހެރުމުގެ ހާދިސާ ހިނގާފައިވަނީ، މަސްތުވާތަކެތީގެ މުއާމަލާތެއްގެ ތެރެއިންނެވެ.

މުހައްމަދު އިބްރާހިމްލ މާވަށްމޫސާ އިބްރާހިމްކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްމަރުގެ މައްސަލަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
05 ޑިސެމްބަރު 2025

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް