Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލު ހަނގުރާމަ

އިޒްރޭލުން އިރާނަށް ދިން ހަމަލާގައި އީރާނުގެ 2 ސިފައިން މަރުވެއްޖެ

އީރާނުގެ އަސްކަރިއްޔާގެ މިބަޔާނުގައި އެ ފަރާތްތަކުގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް، މިހަމަލާގައި މަރުވި ސިފައިންގެ ތެެރެއިން އެކަކު ދެނެގަނެވިއްޖެ ކަމަށާއި އެއީ އީރާނުގެ ވައިގެ ދިފާއީ ބާރުގެ ކެޕްޓަން ހަމްޒާ ޖަހަންދީދެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2024 | ހޮނިހިރު 09:01
އިޒްރޭލުން ހޮނިހިރު ދުވަހު އީރާނަށް ދިން ހަމަލާގައި މަރުވި، އީރާނުގެ ވައިގެ ދިފާއީ ބާރުގެ ކެޕްޓަން ހަމްޒާ ޖަހަންދީދެ

އިޒްރޭލުން ހޮނިހިރު ދުވަހު އީރާނަށް ދިން ހަމަލާގައި މަރުވި، އީރާނުގެ ވައިގެ ދިފާއީ ބާރުގެ ކެޕްޓަން ހަމްޒާ ޖަހަންދީދެ

ހޮނިހިރު ދުވަހު ހެނދުނު އިޒްރޭލުން އީރާނަށް ދިން ހަމަލާގައި އެ ޤައުމުގެ ދެ ސިފައިން މަރުވެފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

މި ހަމަލާއާ ގުޅިގެން އީރާނުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޒަޔަނިސްޓް ވެރިކަމުން ދިން މިސައިލް ހަމަލާތަކަށް ކުރިމަތިލާ މިސައިލްތައް ހުއްޓުވުމަށް މަސައްކަތްކުރަމުން ދިޔަ އީރާނުގެ ދެ ސިފައިން ފުރާނައިން ޤުރުބާން ވެއްޖެ' ކަމަށެވެ.

އީރާނުގެ އިސްކަރިއްޔާގެ މިބަޔާނުގައި އެ ފަރާތްތަކުގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް، މިހަމަލާގައި މަރުވެފައިވަނީ އީރާނުގެ ވައިގެ ދިފާއީ ބާރުގެ ކެޕްޓަން ހަމްޒާ ޖަހަންދީދެ އާއި ޝަހްރޮޚީފަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމީހުން މަރުވެފައިވަނީ އިޒްރޭލު އަސްކަރިއްޔާއިން ދޫކުރި ބެލިސްޓިކް މިސައިލެއް، ތެހުރާނާ ކައިރީގައި ހުރި އެސް-300ޕީއެމްޔޫ-2 ދުރު ރޭންޖުގެ ވައިގެ ދިފާއީ ނިޒާމެއްގެ ކޮމާންޑް އަދި ކޮންޓްރޯލް ޓްރަކަކަށް އަމާޒުވުމާ ގުޅިގެންނެވެ.

މީގެއިތުރުން އީރާނުގެ އަސްކަރީ މަރުކަޒެއްގައި ހުރި ދިފާއީ މިސައިލް ބެޓަރީއަކަށް އަމާޒުކޮށް ހަމަލާ ދެވުނު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެކި ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ހަމަލާ ދީފައިވަނީ، އީރާނުގެ އެމްއައިއެމް-23 ހޯކް ބެޓަރީއަކަށެވެ.

އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން އީރާނަށް ދިން ހަމަލާއަކީ އީރާނުން އިޒްރޭލަށް ދިން ރޮކެޓް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާ އެއް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ. އަދި މި ހަމަލާގެ ބަދަލު ހިފައިގެން ނުވާނެ ކަމަށް ބުނެ އީރާނަށް އެމެރިކާ އާއި އިނގިރޭސިވިލާތުން އިންޒާރު ދީފިއެވެ. އެހެން ނަމަވެސް، އީރާނުން ބުނެފައިވަނީ، އެގައުމަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ހައްގު އެގައުމަށް ލިބިގެންވާ ކަމަށެވެ.

އީރާންއިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު