Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް ހަނގުރާމަ

އިޒްރޭލުން އިރާނަށް ދިން ހަމަލާއަށްފަހު އީރާނުގެ މަތީގައިވާ ވައިގެ ސަރައްދު ބޭނުންކޮށްގެން ހަމަލާ ދިނުމުގެ މިނިވަންކަން ފުޅާވެއްޖެ: އިޒްރޭލު

އިޒްރޭލުން އީރާނަށް ހަަމަލާދީފައި މިވަނީ އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ހަމަލާދޭނެ އީރާނުގެ ޓާގެޓްތައް ކަނޑައަޅާ އެކަން އެމެރިކާ އާ ހިއްސާ ކޮށްފި ކަމަށް ދާދިފަހުން މީޑިއާ ރިޕޯޓްތައް ބުނެފައިވަނިކޮށެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2024 | ހޮނިހިރު 08:38
ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދަހިޔާ ސަރަޙައްދަށް އިޒްރޭލުން ދިން ވައިގެ ހަމަލާއަކަށްފަހު އެ ސަރަޙައްދުން ދުން އަރަނީ

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދަހިޔާ ސަރަޙައްދަށް އިޒްރޭލުން ދިން ވައިގެ ހަމަލާއަކަށްފަހު އެ ސަރަޙައްދުން ދުން އަރަނީ

ހޮނިހިރު ދުވަހު އިޒްރޭލުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކަށްފަހު އީރާނުގެ މަތީގައިވާ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އިތުރު ހަމަލާތައް ދިނުމުގެ މިނިވަންކަން މާބޮޑުވެއްޖެ ކަމަށް އިޒްރޭލު އަސްކަރިއްޔާއިން ބުނެފިއެވެ.

ހަމަލާތަކަށްފަހު އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ރިއަރ އެޑްމިރަލް ޑެނިއަލް ހަގާރީ ދެއްވި ބްރީފިންގ އެއްގައި ބުނެފައިވަނީ "އިޒްރޭލަށް މިހާރު އީރާނުގެ މަތީގައިވެސް އިތުރު އަސްކަރީ ހަރަކާތްތައް ހިންގުމުގެ ފުޅާ މިނިވަންކަމެއް ލިބިފައިވާ،" ކަމަށެވެ.

ހޮނިހިރު ދުވަހު އިޒްރޭލުން އީރާނުގެ އަސްކަރީ މަރުކަޒުތަކާއި މިސައިލް ސައިޓުތަކަށާއި އަދި އެހެނިހެން ސަރަޙައްދުތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާ އަކީ އޮކްޓޫބަރު މަހު އިޒްރޭލަށް އީރާނުން ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަަމަލާއެއް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

ހަަމަލާއާ ގުޅިގެން އީރާނުގެ އެއަރ ޑިފެންސް ފޯސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އިސްލާމިކް ރިޕަބްލިކްގެ އޮފިޝަލުން ކުރިން ދީފައިވާ އިންޒާރުތަކަށް ބެލުމެއް ނެތި، ޖަރީމާތައް ހިންގާ ޣައިރު ޤާނޫނީ ޒަޔަނިސްޓް ވެރިކަމުގެ ފަރާތުން ނުރައްކާތެރި ޢަމަލުތަކުން ދުރުހެލިވުމަށް އެންގުމުންވެސް، މި ފޭކު ވެރިކަމުން ތެހުރާން، ޚުޒެސްތާން އަދި އިލާމް ޕްރޮވިންސްގެ އަސްކަރީ މަރުކަޒުތަކުގެ ބައިތަކަކަށް ހަލަބޮލިކަން އުފެދޭފަދަ ޢަމަލެއް ހިންގައިފި،" ކަމަށެވެ.

އަނެއްކޮޅުން، މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ އަނިޔާވެރިކަމަށް އެންމެ ބޮޑަށް ވާގިވެރިވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ "އިޒްރޭލުން ދިން ހަމަލާތަކަށް އީރާނުން ޖަވާބު ދޭކަށް ނުޖެހޭނެ،" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ "އީރާނުގެ އަނިޔާވެރިކަމާ ދެކޮޅަށް އިޒްރޭލަށް އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޙައްޤު އެބައޮތް ކަމަށް މިބުނަނީ ވަރަށް ސާފުކޮށްކަމަށާއި، އަދި ހަމަ އެހާމެ ސާފުކޮށް ސަރަޙައްދުގައި އިތުރަށް ކަންކަން ގޯސްވިޔަ ނުދީ ހުއްޓުވަން ޖެހޭކަމަށް ގޮވާލަން،" ކަމަށެވެ.

އިޒްރޭލުން އީރާނަށް ހަަމަލާދީފައި މިވަނީ އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ހަމަލާދޭނެ އީރާނުގެ ޓާގެޓްތައް ކަނޑައަޅާ އެކަން އެމެރިކާ އާ ހިއްސާ ކޮށްފި ކަމަށް ދާދިފަހުން މީޑިއާ ރިޕޯޓްތައް ބުނެފައިވަނިކޮށެވެ.

އީރާންއިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު