Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓަލީ ޤައުމީ ޓީމު

މިއީ މާޒީގައި އިޓަލީން ކުޅުނު ފުޓުބޯޅަ އަލުން ދައްކަން ލިބޭ ފުރުސަތެއް: ރޮބާޓޯ މަންޗިނީ

މަންޗިނީ ފާހަގަ ކުރި ގޮތުގައި 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި އިޓަލީން ދެއްކި ކުޅުން އަލުން ދައްކަން ޖެހޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މާރިޗު 2023 | ބުރާސްފަތި 07:33
ޔޫރޯ ކޮލިފައިންގައި އިންގްލެންޑާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި މަންޗިނީ ވާހަކަ ދައްކަނީ

ޔޫރޯ ކޮލިފައިންގައި އިންގްލެންޑާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި މަންޗިނީ ވާހަކަ ދައްކަނީ

މިއީ މާޒީގައި އިޓަލީން ކުޅުނު ފުޓުބޯޅަ އަލުން ދައްކަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

މަންޗިނީ މިހެން ބުނީ އަންނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި ވާދަވެރި އިންގްލެންޑާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެ މެޗުގެ ކުރިން މަންޗިނީ ބުނީ، ފާއިތުވި ތަނުގައި އިޓަލީން ފުޓުބޯޅައިގައި ކުރިން ކުރި ކަންކަން އަލުން ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ އަލުން ދަނޑަށް ނުކުމެ ޖެހޭނީ ވަރަށް މޮޅު ކުޅުމެއް ދައްކަން ކަމަށެވެ. އަދި ރަނގަޅަށް ކުޅެ، ސަޕޯޓަރުންނަށް ހިނިތުންވުމެއް ގެނެސްދޭން މެޗުން މޮޅުވާން ޖެހޭނެ ކަމަށެވެ. މަންޗިނީ ފާހަގަ ކުރި ގޮތުގައި 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި އިޓަލީން ދެއްކި ކުޅުން އަލުން ދައްކަން ޖެހޭނެއެވެ. މާޒީގައި ކޮންމެވެސް ވަރަކަށް ކަންކަން ބަދަލުވި ނަމަވެސް، އެއީ އިޓަލީން ދައްކަމުން އައި ކުޅުން ނުދެއްކެންވީ ސަބަބެއް ނޫން ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ.

އިތުރަށް ވާހަކަ ދައްކަމުން މަންޗިނީ ބުނީ އަބަދުވެސް އިޓަލީ އާއި އިންގްލެންޑު ކުޅޭ މެޗަކީ ވަރަށް ފޯރުގަދަ އަދި ވާދަވެރި މެޗަކަށް ވާނެ ކަމަށެވެ. މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އިޓަލީން އިންގްލެންޑާ ދެކޮޅަށް ނުކުންނަ ހަތަރު ވަނަ ފަހަރު ކަން ފާހަގަކުރަމުން މަންޗިނީ ބުނީ އިންގްލެންޑަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ޓީމު ކަމަށާއި، އެ ޓީމުން ފެންނަނީ ހައްތަހާވެސް ހުނަރުވެރި މޮޅު ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ އިންގްލެންޑަށް ދިމާވާ މައްސަލަ އަކީ ނަސީބު ދެރަވުން ކަމަށާއި، އެމީހުންގެ ކުޅުން ދަށް ނޫން ކަމަށެވެ. އޭނާ ވެސް ވަނީ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް ވާދަވެރި މެޗަކަށް ވާނެ ކަމަށް ބުނެފަ އެވެ. އިޓަލީގެ ކުޅުމަށް އިޝާރަތްކުރަމުން މަންޗިނީ ބުނީ މެޗު ފަށަން ބޭނުންވަނީ އެމީހުންގެ އަމިއްލަ ގޭމުގައި، އަމިއްލަ ކޮންޓްރޯލްގައި ކަމަށެވެ. އޭނާ ބުނީ ކޮލިފައިން ފަށަން ބޭނުންވަނީ ރަނގަޅަށް ކަމަށާއި، އެކަމަކީ ފަސޭހަކަމަކަށް ނުވާނެ ކަން ވެސް އިނގޭ ކަމަށެވެ.

މީގެ އިތުރުން މަންޗިނީ ބުނީ، އޭނާ މަސައްކަތް ކުރަނީ ފުލުހުންނަށްޓަކައި ނޫން ކަމަށެވެ. އޭނާ ބުނީ އަބަދުވެސް އިޓަލީގެ ނޭޕަލްސްގައި ފުޓުބޯޅަ ކުޅޭ ދަނޑަށް އަންނަ ސަޕޯޓަރުން ދޭތެރެއަކުން ހަމަނުޖެހުމަކާ ދިމާއަށް ދާ ކަމަށެވެ. އެކަން އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ނަޕޯލީން ކުޅުނު މެޗުން ފެނުނު ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމާ ގުޅުވައިގެން މަންޗިނީ ބުނީ، މެޗު ބަލަން އަންނަ ސަޕޯޓަރުން ވެސް އަމަލުކުރަން ވާނީ ރަނގަޅަށް ކަމަށާއި، ދަނޑު ކުރިމަތީގައި ހަމަނުޖެހުން ހިންގަން ނޭދޭ ކަމަށެވެ. އަދި އަބަދުވެސް ވިސްނަންވާނީ ފުޓުބޯޅަ އާއި ފުޓުބޯޅައިގެ ހާލަތަށް ކަމަށެވެ. އޭނާ ވަނީ ކުރިއަަށް އޮތް މެޗުގައި އެކަހަލަ މަންޒަރެއް ނުފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ބުނެފަ އެވެ.

މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވެ އެވެ. ފަހު ވަގުތު ނޯތު މަސަޑޯނިއާ އަތުން ބަލިވެ އިޓަލީ އަށް ވޯލްޑް ކަޕް ގެއްލުނީ އެވެ. އެއާއެކު މަންޗިނީ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ނަމަވެސް މަންޗިނީ ޤަބޫލު ކުރާ ގޮތުގައި އިޓަލީ އަށް ވޯލްްޑް ކަޕް ގެއްލުނީ ކުޅުން ދައްވުމުގެ ސަބަބުންނެއް ނޫނެވެ. އޭނާ ދެކޭ ގޮތުގައި އެއަހަރުގެ ކޮލިފައިންގައި އިޓަލީގެ ނަސީބު ދަށީ އެވެ. މަންޗިނީގެ އަމާޒަކީ އެކަން ފޫބެއްދުމަށްޓަކައި އިޓަލީ އަށް ޔޫރޯ ކާމިޔާބުކޮށްދިނުމެވެ.

ޔޫރޯ 2024 ކޮލިފައިންއިޓަލީގެ ގައުމީ ޓީމުރޮބާޓޯ މަންޗިނީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

06 ސެޕްޓެމްބަރު 2025
އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް

އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް

18 ނޮވެމްބަރު 2024
ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމުން މަންޗިނީ ވަކިވެއްޖެ

ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމުން މަންޗިނީ ވަކިވެއްޖެ

26 އޮކްޓޯބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
ފަހު ވަގުތު ލަނޑު ޖަހައިގެން، ޗެމްޕިއަން އިޓަލީ ގަދަ 16 އަށް

ފަހު ވަގުތު ލަނޑު ޖަހައިގެން، ޗެމްޕިއަން އިޓަލީ ގަދަ 16 އަށް

25 ޖޫން 2024

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު