Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަންޗިނީ އެއްބަސްވުން އާކުރުން

އިޓަލީގެ އެއްބަސްވުން މަންޗިނީ އާކޮށްފި

2026 ގެ ޖޫންގެ ނިޔަލަށް އެއްބަސްވުން ވަނީ އާކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 މެއި 2021 | އަންގާރަ 08:46
އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ

އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ

އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ހަދާފައި އޮތް އެއްބަސްވުން، އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ އާކޮށްފިއެވެ.

އިޓަލީގެ ކޯޗުގެ މަގާމާއި އުމުރުން 56 އަހަރުގެ މަންޗިނީ ހަވާލުވީ 2018 ވަނަ އަހަރުއެވެ. އެފަހަރު އެ މަގާމު ހުސްވީ 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެ ގައުމަށް ފީފާ ވޯލްޑް ކަޕުގެ ޖާގައެއް ގެއްލުމާ ގުޅިގެން، އޭރު ކޯޗުގެ މަގާމުގައި ހުރި ޖިއަން ޕިއެރޯ ވެންޗޫރާ މަގާމުން ވަކިކުރުމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން މީގެ ކުރިން އިޓަލީގެ ގައުމީ ޓީމާއެކު މަންޗިނީ ހަދާފައި އޮތް އެއްބަސްވުން ހަމަވަން އޮތީ އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށެވެ. އެކަމަކު ހޯމަ ދުވަހުގެ ވަގުތެއްގައި މަންޗިނީ ވަނީ އެ އެއްބަސްވުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާކޮށްފައެވެ. އެހެންކަމުން މި އަހަރުގެ ޔޫރޯ އާއި އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައިވެސް އިޓަލީއަށް އިރުޝާދުދޭނީ މަންޗިނީއެވެ. އަދި އައު އެއްބަސްވުމާއެކު 2026 ވަނަ އަހަރުގެ ޔޫރޯއަށް އިޓަލީ ޓީމު ތައްޔާރުކުރުމުގެ ޒިންމާވެސް ވަނީ އޭނާއާ ހަވާލުކޮށްފައެވެ.

އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޔޫރޯ ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، އިޓަލީ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ ތުރުކީ، ވޭލްސް އަދި ސްވިޓްޒަލެންޑެވެ.

އިޓަލީގެ ގައުމީ ޓީމުގެ އެއްބަސްވުން މަންޗިނީ އާކުރިއިރު، މިއީ ގައުމީ ޓީމަކަށް އޭނާ އިރުޝާދު ދެމުން އަންނަ ފުރަތަމަ ފަހަރެވެ. އިޓަލީގެ ކޯޗުގެ މަގާމާ ހަވާލުވުމުގެ ކުރިން މަންޗިނީ އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ ޒެނިތަށެވެ. މަންޗިނީގެ ކާމިޔާބު ކެރިއަރުގައި އޭނާ ވަނީ މެންޗެސްޓާ ސިޓީ އާއި، ގަލަތަސަރާއި އަދި އިންޓަ މިލާނާއި، ލާޒިއޯގެ އިތުރުން ފިއޮރެންޓީނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އެގޮތުން 2012 ވަނަ އަހަރު ސިޓީއަށް އެ ޓީމުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗަކީވެސް މަންޗިނީއެވެ. އަދި އޭނާ ވަނީ އިންޓަ މިލާނަށް ޖެހިޖެހިގެން ތިން ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްދީފައެވެ.

ރޮބާޓޯ މަންޗިނީ

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2024

ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމުން މަންޗިނީ ވަކިވެއްޖެ

26 އޮކްޓޯބަރު 2024
ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމުން މަންޗިނީ ވަކިވެއްޖެ
30 އޯގަސްޓު 2023

އެކަށީގެންވާ ވަގުތު ލިބިއްޖެނަމަ، މަންޗިނީ އަށް އޮތީ ކާމިޔާބު މަސައްކަތެއް ކުރެވޭނެ ކަމުގެ ޔަގީންކަން

30 އޯގަސްޓު 2023
އެކަށީގެންވާ ވަގުތު ލިބިއްޖެނަމަ، މަންޗިނީ އަށް އޮތީ ކާމިޔާބު މަސައްކަތެއް ކުރެވޭނެ ކަމުގެ ޔަގީންކަން
28 އޯގަސްޓު 2023

އިޓަލީ ދޫކޮށްލި މަންޗިނީ، ސައޫދީ ޤައުމީ ޓީމަށް

28 އޯގަސްޓު 2023
އިޓަލީ ދޫކޮށްލި މަންޗިނީ، ސައޫދީ ޤައުމީ ޓީމަށް
23 މާރިޗު 2023

މިއީ މާޒީގައި އިޓަލީން ކުޅުނު ފުޓުބޯޅަ އަލުން ދައްކަން ލިބޭ ފުރުސަތެއް: ރޮބާޓޯ މަންޗިނީ

23 މާރިޗު 2023
މިއީ މާޒީގައި އިޓަލީން ކުޅުނު ފުޓުބޯޅަ އަލުން ދައްކަން ލިބޭ ފުރުސަތެއް: ރޮބާޓޯ މަންޗިނީ
16 ނޮވެމްބަރު 2021

ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވާނެކަމުގެ ޔަގީންކަން އެބައޮތް: މަންޗިނީ

16 ނޮވެމްބަރު 2021
ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވާނެކަމުގެ ޔަގީންކަން އެބައޮތް: މަންޗިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު