Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުދީ ޤައުމީ ޓީމު

އެކަށީގެންވާ ވަގުތު ލިބިއްޖެނަމަ، މަންޗިނީ އަށް އޮތީ ކާމިޔާބު މަސައްކަތެއް ކުރެވޭނެ ކަމުގެ ޔަގީންކަން

މަންޗިނީ ބުނީ، ކޮންމެ ތަނެއްގައި ވެސް ރަނގަޅު ކުޅުންތެރިން ތިބެން ބޭނުންވާ ނަމަ ރަނގަޅު މުސާރަ ދޭން ޖެހޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2023 | ބުދަ 03:23
ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށްފަހު މަންޗިނީ ނޫސްވެރިންނާ ވާހަކަ ދައްކަނީ

ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށްފަހު މަންޗިނީ ނޫސްވެރިންނާ ވާހަކަ ދައްކަނީ

އެކަށީގެންވާ ވަގުތު ލިބިއްޖެ ނަމަ، ކާމިޔާބު މަސައްކަތެއް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ސައުދީ އަރަބިޔާގެ ޤައުމީ ޓީމާ ހަވާލުވި އިޓަލީގެ ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށްފަހު، ފުރަތަމަ ފަހަރަށް މީޑިއާތަކާ ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ސައުދީގެ ޤައުމީ ޓީމުގެ ކޯޗަކަށް އޭނާ ހަމަޖައްސަން ނިންމުމުން، އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސަށް ޚާއްސަ ޝުކުރެއް އަދާ ކުރަން ބޭނުންވާ ކަމަށެވެ. މަންޗިނީ ބުނީ އެއީ ވަރަށް ރަނގަޅު ޒިންމާތަކެއް ކަމަށާއި، އެ ޒިންމާތަކާ ހަވާލުވެވޭތީ ވަރަށް ފަޚުރުވެރިވާ ކަމަށެވެ.

ސައުދީން އެ ޤައުމުގެ ލީގު ވަރުގަދަ ކުރުމަށް ޔޫރަޕުގެ މަޝްހޫރު ކުޅުންތެރިން ގެންނާތީ، އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން މަންޗިނީ ބުނީ، ކޮންމެ ތަނެއްގައި ވެސް ރަނގަޅު ކުޅުންތެރިން ތިބެން ބޭނުންވާ ނަމަ ރަނގަޅު މުސާރަ ދޭން ޖެހޭނެ ކަމަށެވެ. އެގޮތަށް ބަލާއިރު، ސައުދީ އަށް މިހާރު ބޭނުންވަނީ މަތީ ފަންތީގެ މޮޅު ކުޅުންތެރިން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ސައުދީގައި ވެސް ތިބީ ހުނަރުވެރި ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިން އިތުރަށް ކުރިއަރައިގެން ދާނީ މޮޅެތި އެހެން ކުޅުންތެރިންނާ އެއް ފެންވަރެއްގައި ކުޅެގެން ކަމަށެވެ.

ސައުދީ ޤައުމީ ޓީމާއެކު މަންޗިނީގެ އެންމެ ފުރަތަމަ އަމާޒަކީ އޭޝިއަން ކަޕް ކާމިޔާބު ކުރުމެވެ. އެކަމަށް މަސައްކަތް ކުރުމަށް ބާކީ އޮތީ ހަތަރު ވަރަކަށް މަސް ދުވަސް ކަމަށާއި، އޭގެ ކުރިން ރަނގަޅު ޓީމެއް ތައްޔާރުކުރަން އިސްކަން ދޭނެ ކަމަށް އޭނާ ބުންޏެވެ. މަންޗިނީ ބުނީ އޭޝިއަން ކަޕްގެ ކުރިން ރަޙުމަތްތެރިކަމުގެ ހަތަރު މެޗު ކުޅެން ޖެހޭ ކަމަށާއި، އެއަށްފަހު ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން ދެ މެޗެއް ކުޅެން ޖެހޭ ކަމަށެވެ. އެ ހަ މެޗަށްފަހު އޭޝިއަން ކަަޕަށް ތައްޔާރުވާން ލިބޭނީ ގާތްގަނޑަކަށް 20 ދުވަސް ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އޭޝިއަން ކަޕްގައި ވަރުގަދަ ޓީމުތަކެއް ވާދަކުރާކަން މަންޗިނީ ފާހަގަ ކުރި އެވެ. އޭގެ ތެރޭގައި ޖަޕާން، އޮސްޓްރޭލިއާ އަދި ކޮރެއާ ހިމެނޭ ކަމަށާއި، ނަމަވެސް ސައުދީން ވެސް މަސައްކަތް ކުރާނީ މޮޅުވާން ކަމަށް މަންޗިނީ ވަނީ ބުނެފަ އެވެ.

މީގެ އިތުރަށް އޭނާ ބުނީ، ކޮންމެ މަސައްކަތެއް ކުރުމަށް ވެސް އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށެވެ. ލިބޭ ވަގުތުގެ ބޭނުން ހިފައިގެން، ރަނގަޅަށް ކުރިއަށް ދެވިއްޖެނަމަ، ސައުދީ ޤައުމީ ޓީމާއެކު ނަތީޖާ ނެރެވޭނެފަދަ ކާމިޔާބު މަސައްކަތެއް ކުރެވޭނެ ކަމަށް މަންޗިނީ ވަނީ ބުނެފަ އެވެ. މިވަގުތަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ޓީމުގެ އެޓޭކު ރަނގަޅުކޮށް، ގިނަ ލަނޑު ޖެހުމަށް ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

އުމުރުން 58 އަހަރުގެ މަންޗިނީ އެންމެ ފަހުން ހުރީ އިޓަލީ ޤައުމީ ޓީމުގެ ކޯޗުގެ މަގާމުގަ އެވެ. ނަމަވެސް މި ހިނގާ އޯގަސްޓު މަހުގެ 13 ވަަނަ ދުވަހު އޭނާ ވަނީ އެ މަގާމުން ދުރަަށް ދާން ނިންމައިފަ އެވެ. އިޓަލީގެ ކޯޗުކަމުން މަންޗިނީ ވަކިވިތާ 14 ދުވަސް ފަހުން، ސައުދީ ޤައުމީ ޓީމާ މަންޗިނީ ހަވާލުވީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ. މުސާރައިގެ ގޮތުގައި ސައޫދީން މަންޗިނީ އަށް އަހަރަކު 27 މިލިއަން ޑޮލަރު (25 މިލިއަން ޔޫރޫ) ދޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ސައޫދީ ކުޅޭނެ ފުރަތަމަ މެޗަކީ އަންނަ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ކޮސްޓަރިކާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ސައޫދީ ޤައުމީ ފުޓުބޯޅަ ޓީމުރޮބާޓޯ މަންޗިނީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމުން މަންޗިނީ ވަކިވެއްޖެ

ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމުން މަންޗިނީ ވަކިވެއްޖެ

26 އޮކްޓޯބަރު 2024
އިޓަލީ ދޫކޮށްލި މަންޗިނީ، ސައޫދީ ޤައުމީ ޓީމަށް

އިޓަލީ ދޫކޮށްލި މަންޗިނީ، ސައޫދީ ޤައުމީ ޓީމަށް

28 އޯގަސްޓު 2023
މިއީ މާޒީގައި އިޓަލީން ކުޅުނު ފުޓުބޯޅަ އަލުން ދައްކަން ލިބޭ ފުރުސަތެއް: ރޮބާޓޯ މަންޗިނީ

މިއީ މާޒީގައި އިޓަލީން ކުޅުނު ފުޓުބޯޅަ އަލުން ދައްކަން ލިބޭ ފުރުސަތެއް: ރޮބާޓޯ މަންޗިނީ

23 މާރިޗު 2023
ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވާނެކަމުގެ ޔަގީންކަން އެބައޮތް: މަންޗިނީ

ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވާނެކަމުގެ ޔަގީންކަން އެބައޮތް: މަންޗިނީ

16 ނޮވެމްބަރު 2021
އިޓަލީގެ އެއްބަސްވުން މަންޗިނީ އާކޮށްފި

އިޓަލީގެ އެއްބަސްވުން މަންޗިނީ އާކޮށްފި

18 މެއި 2021

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު