Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިބްރާހިމް ރިފްޢަތު

ވެރިކަމަށް ކުފޫހަމަނުވާ ސަރުކާރެއް ވެރިކަމާ ހަވާލުވީމަ ފެންނާނެ ހުރިހާ އަލާމާތެއް މިދަނީ ފެންނަމުން: ކުރީގެ އޭޖީ ރިފްޢަތު

ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރަންޖެހޭ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެކަން ނުކުރެވޭނަމަ، ގަނޫނު އަސާސީގަ ކޮންމެ ވާހަކައެއް ލިޔެފައޮތަސް އެޔަކުން ރައްޔިތަކަށް ލިބޭނެ ފައިދާއެއް ނޯންނާނެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2025 | ހުކުރު 07:23
ކުރީގެ ބަންޑާރާ ނައިބު އިބްރާހިމް ރިއްފަތު

ކުރީގެ ބަންޑާރާ ނައިބު އިބްރާހިމް ރިއްފަތު

ދައުލަތުގެ ނިޒާމު ހަރާބުވީމަ ދެން އޭގެން ނިކުންނާނެ ފައިދާއެއް ނޯންނާނެކަމަށާއި، ކުފޫހަމަނުވާ ސަރުކާރަކުން ވެރިކަމާ ހަވާލުވީމަ ފެންނާނެ ހުރިހާ އަލާމަތްތަކެއް މިހާރު ދިވެހިރާއްޖެއިން ފެންނަމުންދާކަމަށް ކުރީގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރިފްޢަތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރުމާ ގުޅިގެން ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން އެބޭފުޅާ ވިދާޅުވީ، ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދައުލަަތުގެ މައްޗަށް ގާނޫނު އަސާސީ އިން ލާޒިމްކުރާ ކަމަކަށް ވާއިރު، ހަގީގަތް ނުބަލާ ސިޔާސީ މަންފާއަކަށްޓަކާ ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމުގައެވެ. ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރަންޖެހޭ ފަރާތަކީ ދިވެހި ދައުލަތް އަދި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންކަމަށް ރިފްޢަތު ފާހަގަކުރެއްވިއެވެ. އަދި އެ މުވައްޒަފުންނަށް އެކަން ނުކުރެވޭ ނަމަ، ގަނޫނު އަސާސީގަ ކޮންމެ ވާހަކައެއް ލިޔެފައޮތަސް އެޔަކުން ރައްޔިތަކަށް ލިބޭނެ ފައިދާއެއް ނޯންނާނެކަމަށް ރިފްޢަތު ވިދާޅުވިއެވެ.

ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރަންޖެހޭ ބަޔަކީ ދިވެހި ދައުލަތް، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން..އެމުވައްޒަފުންނަށް އެކަން ނުކުރެވޭކަމުގަ ވަނީ ވިއްޔާ ގާނޫނު އަސާސީގަ ކޮންމެ ވާހާކައެއް ލިޔެފަ އޮތަސް އެޔަކުންނެއް ރައްޔިތުންނަށް ލިބޭނެ ފައިދާއެއް މަންފާއެއް ނޯންނާނެ. އެހެންވީމަ އެއީ އަޅުގަނޑު މިދަންނަވަނީ އިންޒާރުގެ ރަނގަބީލެކޭ.. އަޅުގަނޑުމެން އަނެއްކާވެސް އެހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރަންޖެހޭވަރު ކަމެއް އެކަމަކީ....ދެން ދައުލަތުގެ ނިޒާމު ހަރާބު ވެއްޖެއްޔާ ދެން އޭގެން ނިކުންނާނެ ފައިދާއެއް ނޯންނާނެ، އެހެންވީމަ އަސްލުގަ މިއީ ކުފޫހަމަނުވާ ސަރުކާރަކުން ވެރިކަމާ ހަވާލުވީމާ ފެންނަ ހުރިހާ އަލާމާތްތަކެއް، ސިފަތަކެއް އަޅުގަނޑުމެންނަށް ފެންނަނީ
ކުރީގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު

ސަރުކާރުގު ފަރާތުން އެކުރާ ތުހުމަތުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ގާނުނީ ގޮތުން އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން ލަފާދިން ދިނުމާ، ސަރުކާރުން އެތުހުމަތުކުރާ ކުށުގެ އަމަލާ، ކުށުގެ ހާލަތާއި، ކުށުގެ މަގްސަދާ އެއްވެސް ގުޅުމެއް ނެތްކަމަށް ރިފްޢަތު ވިދާޅުވިއެވެ. އެއްވެސް އަސްލެއް ހަގީގަތެއް ނެތް ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އޭސީސީ އިން މިކުރާ ތުހުމަތުތަކަކީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށްޓަކާ ކުރާ ތުހުމަތު ތަކެއްކަމަށް ރިފްޢަތު ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުން ފޫގަޅާފައި އެވަނީ މީހަކުދޭ ލަފަޔަކަށް ބަލާފަ ދައުވާ ކުރަން ކަމަށް ރިފްޢަތު ވިދާޅުވިއެވެ. ކުރީ ސަރުކާރުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން މަސައްކަތް ކޮށްފަވާނީ ގާނޫނު އަސާސީއާ ގާނޫނުގެ ތަރަހައިގެ ތެރެއިންކަމަށާއި ދިވެހި ރައްޔިތެއްގެ ލޯލާރިއެއްގަވެސް ޖެހިފައެއް ނޯންނާނެކަމަށް ރިފްޢަތު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިދައްކާ ބިރަށް މިސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ހުއްޓާލައިގެން ނުވާނެކަމަށާއި ރައީސް މުއިއްޒުގެ ސަރުކާރުގެ އަމަލުތައް ހުރިގޮތުން މި ފެންނަނީ ދިވެހިރާއްޖޭގެ ހާލަތު އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ދާތަންކަމަށްވެސް ރިފްޢަތު ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ކަންތައްތައް ތަރުތީބުކުރުމަށްޓަކާ އެމްޑީޕީ ސަރުކާރުން ކުރި މަސައްކަތް މިސަރުކާރުން އެއޮތީ ގަނޫނަަށް ބަދަލު ގެނެސްގެން އެއްކޮށް ހުއްޓުވާފަ. ރައްޔިތުންގެ އަސާސީ ހައްގުތަކާ މިނިވަންކަމުގެ ތެރޭގަ ހިމެނޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ނޫސްވެރިމަކުގެ މިނިވަންކަން އެއޮތީ ހަމަ އިންތިހާއަށް ކަސްތޮޅުއަޅުވާފަ. އަދި އޭގެ އިތުރުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ސަރުކާރުގެ ފަރާތުން ފޯރުވާ ނުފޫޒު، މުޅި ޖުޑީޝިއަރީއަށް ޖުމްލަ ގޮތެއްގަ ނުފޫޒު މި ފޯރުވަނީ... މިނިވަން މުސްތަގިއްލު ކޮމިޝަންތަކާ މިނިވަން މުސްތަގިއްލު އިދާރާތަކުގެ ނާޖާއިޒް ބޭނުންކޮށްގެން ސަރުކާރުން މި ހިންގާ އަމަލު ތަކަކީ ރައްޔިތުން ހަރުއަޑުން ކުށްވެރިކުރަންޖެހޭ ބާވަތުގެ ކަންކަން.
ކުރީގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު

ގާނޫނުއަސާސީ އިން ރައްޔިތުންނަސް ކަށަވަރުކޮށްދީފަހުރި އަސާސީ ހައްގުތަކާ މިނިވަންކަމަކީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތުން ދިވެހިން ހޯދި ކަންތައްތަކެއް ކަމަށާއި، ނަމަވެސް މިއަދު އަނެއްކާވެސް ދިވެހި ރައްޔިތުންނަށް މަޖުބޫރުމިވަނީ ހައްގުތައް ހިމާޔަތް ކުރުމަށްޓަކާ ނުކުންނަންކަމަށް ރިފްޢަތު ވިދާޅުވިއެވެ. އެހެންކަމުން ދިވެހި ރައްޔިތުން އެކެތިގަނޑަކަށް ވެގެން މަސައްކަތްކޮށްގެން ނޫނީ ދިވެހީންނަށް އަމާންކަމުގެ އައްސޭރިއަކަށް ވާސިލް ވެވޭނެ އެއްގޮތެއްވެސް ނެތްކަމަށް ރިފްޢަތު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ސަރުކާރުގެ އިސްވެރިން އޭސީސީ އަށް ޙާޒިރު ކުރަން ފަށާފައިވާއިރު، މިދިޔަ އާދީއްތަ ދުވަހު ވަނީ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އޭސީސީ އަށް ހާޒިރު ކޮށްފަ އެވެ. އޭގެ ފަހުން ހޯމަ ދުވަހު ވަނީ އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވެސް އޭސީސީ އަށް ހާޒިރު ކޮށްފަ އެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ބުދަ ދުވަހު އޭސީސީ އަށް ހާޒިރު ކޮށްފައިވާއިރު، ބުރާސްފަތި ދުވަހު ރިފްޢަތު ހާޒިރު ކުރުމާ އެކު، ކުރީ ސަރުކާރުގެ ހަތަރު ބޭފުޅަކު މި ވަނީ މި ހަފުތާގެ ތެރޭގައި އޭސީސީއަށް ހާޒިރު ކޮށްފަ އެވެ.

އިދިކޮޅު ޕާޓީގެ ދައުރަށް ހުރަސް އަޅަން ސަރުކާރުން ރާވައިގެން އެމްޑީޕީގެ އިސްވެރިން އަދި އެމްޑީޕީ ސަރުކާރުގެ ވަޒީރުން އޭސީސީއަށް ހާޒިރު ކުރާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ޚާއްސަކޮށް މިއީ ސަރުކާރާ ދެކޮޅަށް އެމްޑީޕީ އިން ކުރިއަށް ގެންދާ ހަރަކާތްތައް ފަހަތަށް ޖައްސައި، އެމްޑީޕީގެ އިސްވެރިން އަދި މެމްބަރުންނަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އިބްރާހިމް ރިފްއަތުއޭސީސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު