Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒިކް ޗެމްޕިއަންޝިޕް

މޯޑު ސާބިތުކޮށްދިނީ ދިވެހި އެތުލީޓުންނަކީ ވެސް ހުނަރުވެރި ބައެއްކަން

މޯޑު ވަނީ ބޮޑީ ބިލްޑިން އަޕް 55 ކެޓަގަރީން ރަން މެޑަލް ހޯދާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖުލައި 2022 | އާދީއްތަ 02:11
ރާއްޖެއަށް ދެވަނަ ރަން މެޑަލް ހޯދައިދިން މޯޑު

ރާއްޖެއަށް ދެވަނަ ރަން މެޑަލް ހޯދައިދިން މޯޑު

ރާއްޖޭގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ބޮޑީ ބިލްޑިން އަޕް 55 ކެޓަގަރީން ރަން މެޑަލް ހޯދައި މުޙައްމަދު މޫސާ (މޯޑު) ސާބިތުކޮށްދިނީ ދިވެހި އެތުލީޓުންނަކީ ވެސް ހުނަރުވެރި ބައެއްކަމެެވެ.

މޯޑު ހޯދީ ރާއްޖޭގެ ދެ ވަނަ ރަން މެޑަލްއެވެ. މި ކެޓަގަރީން ބޮޑީ ބިލްޑިން ލެޖެންޑު މޯޑު ރަން މެޑަލް ހޯދީ ވަރުގަދަ ޤައުމުތަކުގެ އެތުލީޓުންނާ ވާދަކޮށް، ފަހަތަށް ޖައްސާލުމަށްފަހުއެވެ. މި ކެޓަގަރީގައި މޯޑު ވާދަކުރީ އިރާގު، ވިއެޓްނާމް، މިޔަންމާ އަދި އިންޑިއާގެ ވަރުގަދަ އެތުލީޓުންނާއެވެ. މޯޑު ވަނީ އެންމެ މަތިން ޕޮއިންޓު ހޯދާ، ރަން މެޑަލް ހާސިލްކޮށްފައެވެ. މީގެ ކުރިން އުޒްބެކިސްތާނުގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ވެސް މޯޑު ވަނީ ވާދަކޮށްފައެވެ. އެ މުބާރާތުގައި ވާދަކޮށް މޯޑު ވަނީ ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފައެވެ.

ރަން މެޑަލް ހޯދުމަށްފަހު މޯޑު ބުނީ ލިބުނީ އަމިއްލަ ވަޒަނުގައި ބޮޑު މުބާރާތެއް ބޭއްވުނުއިރު، ދިވެހި އެތުލީޓުންނަށާއި އޭނާއަށް ރަނގަޅު ކާމިޔާބެއް ލިބުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. މޯޑު ބުނީ ކާމިޔާބީގެ ސިއްރަކީ ބުރަ މަސައްކަތް ކަމަށެވެ. އެގޮތުން މުބާރާތައް ތައްޔާރުވުމަށް ކުރިއަށްގެންދިޔަ ޓްރެއިނިންތަކާއި ޑައިޓްތައް އުނދަގޫކަން ފާހަގަކޮށް މޯޑު ބުނީ، އެކަން ކުރިއަށް ގެންދެވުނީ ރަނގަޅަށް ކަމަށެވެ. މީގެ އިތުރުން މޯޑު ބުނީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ކުރިއަށް ދިޔައީ އެއްވެސް މިސްޓޭކެއް ނުހަދާ ކުރިއަށް ދިޔުމުގެ އަޒުމުގައި ކަމަށެވެ. އެގޮތުން ކޯޗުންނާއި ޓްރެއިނަރުން ދޭ އިރުޝާދުގެ އިތުރުން ބޮޑީ ޗެކަޕާއި ކަންކަން ޤަވާއިދުން ކުރިއަށް ގެންދިޔަކަމަށް އޭނާ ބުންޏެވެ.

މޯޑު ބުނީ ދިވެހި ކެޓަގަރީގައި ރަން މެޑަލް ހޯދޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. ޚާއްސަކޮށް އަމިއްލަ ފަސްގަނޑުގައި މުބާރާތް ބާއްވާތީ އެ ޔަޤީންކަން ބޮޑު ކަމަށް އޭނާ ފާހަގަ ކުރިއެވެ.

މޯޑު ބުނީ އެހެން ޤައުމުތަކުގެ އެތުލީޓުންނާ އަޅާ ބަލާއިރު، ދިވެހި އެތުލީޓުންގެ ފެންވަރު ދަށެކޭ ބުނެވެން ނެތް ކަމަށެވެ. އެގޮތުން އަބަދުވެސް މުބާރާތްތަކަށް އަންނައިރު ބަދަލުވެފައިވަނީ އެކެެއް ނުވަތަ ދެ އެތުލީޓުންކަމަށެވެ. އެހެންކަމުން އަބަދުވެސް ވާދަކުރަނީ ކުރިން ވެސް ވާދަކޮށްފައި ހުރި އެތުލީޓަކާ ކަމަށެވެ. އެގޮތަށް ދިމާވުމުގެ ސަބަބުން އެހެން ޤައުމުތަކުގެ އެތުލީޓުން ކައިރީގައި ވާދަކޮށް، އެ މީހުންނާ ފައި ހަމަކުރަން މާބޮޑު ބިރެއް ނޯންނަކަމަށް މޯޑު ބުންޏެވެ. ކުރިއަށް އޮތް މުބާރާތްތަކުގައި ވެސް ނިކުންނާނީ އެއް އަޒުމެއްގައި، ޤައުމަށް ރީތި ނަން ހޯދައިދޭން ކަމަށް ފާހަގަކުރަމުން މޯޑު ބުނީ، ދިވެހި އެތުލީޓުންނަށް އެކަން ކުރެވޭނެ ކަމަށެވެ.

ކުޅިވަރަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރަމުން މޯޑު ބުނީ ޒުވާން އެތުލީޓުންނަށް ފުރުސަތު އޮތް ކަމަށެވެ. މުބާރާތުގައި ވެސް ޒުވާން އެތުލީޓުން ރަން މެޑަލް ހޯދިކަމަށާއި، އެއީ މިއަދު ބޮޑީ ބިލްޑިނާއި މުޅި ކުޅިވަރު ކުރިއަރަމުން އަންނަކަމުގެ ހެތްކެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ކުރިއަށް އޮތީ ވަރުގަދަ މުބާރާތެއް ކަމަށާއި، އެމުބާރާތަށް ނުކުންނާނީ ރަން މެޑަލެއް ހޯދުމަށް އަޒުމު ކަނޑައަޅައި، ޤައުމަށް ރީތި ނަމެއް ހޯދައިދިނުމުގެ އަޒުމުގައި ކަމަށެވެ. އެކަމަށް ކުރިއަށް އޮތް ތަނުގައި ބުރަ މަސައްކަތް ކުރަންޖެހޭނެކަން ފާހަގަކޮށް އޭނާ ބުނީ، މިހާރު އެއީ ނުވާވަރުގެ ކަމެއް ނޫން ކަމަށެވެ.

މުހައްމަދު މޫސާ (މޯޑު)އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

 'ފޭސް އޮފް ސައުތު އޭޝިއާ' އެވަރޑް މުހައްމަދު މޫސާ (އުއްޗު) އާއި ހުސައިން އަފީފަށް

'ފޭސް އޮފް ސައުތު އޭޝިއާ' އެވަރޑް މުހައްމަދު މޫސާ (އުއްޗު) އާއި ހުސައިން އަފީފަށް

20 އޮކްޓޯބަރު 2024
ހިމްޔާންގެ ނަޒަރުގައި ބޮޑީބިލްޑިންއަކީ ކެރިއަރެއްގެ ގޮތުގައި ކުރިއަށްދާން ރަނގަޅު ކުޅިވަރެއް

ހިމްޔާންގެ ނަޒަރުގައި ބޮޑީބިލްޑިންއަކީ ކެރިއަރެއްގެ ގޮތުގައި ކުރިއަށްދާން ރަނގަޅު ކުޅިވަރެއް

25 ޖުލައި 2022
ބޮޑީބިލްޑިންގ ގައި ރަން މެޑަލް ހޯދި އަޒްނީން އަށް ވިލިނގިލިން ހޫނު މަރުޙަބާއެއް

ބޮޑީބިލްޑިންގ ގައި ރަން މެޑަލް ހޯދި އަޒްނީން އަށް ވިލިނގިލިން ހޫނު މަރުޙަބާއެއް

23 ޖުލައި 2022
ބޮޑީ ބިލްޑިންގ މުބާރާތުގައި ރާއްޖޭގެ އަޒުނީންއަށް ރަން މެޑަލްއެއް

ބޮޑީ ބިލްޑިންގ މުބާރާތުގައި ރާއްޖޭގެ އަޒުނީންއަށް ރަން މެޑަލްއެއް

17 ޖުލައި 2022
ރާއްޖޭގައި މުބާރާތް ހޯސްޓުކުރުމުގެ މަޤްސަދަކީ ދިވެހި އެތުލީޓުންނަށް އަމިއްލަ ޤައުމުގައި ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން: މިނިސްޓަރު މަޚްލޫފް

ރާއްޖޭގައި މުބާރާތް ހޯސްޓުކުރުމުގެ މަޤްސަދަކީ ދިވެހި އެތުލީޓުންނަށް އަމިއްލަ ޤައުމުގައި ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން: މިނިސްޓަރު މަޚްލޫފް

17 ޖުލައި 2022

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު