Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލީ ހިސާބުތައް ހާމަނުކުރުުން

މާލީ ހިސާބުތައް ހާމަނުކޮށްގެން ފާޑުކިޔުން ބޮޑުވުމުން، ސަރުކާރުން ނުކުމެ ދެއްކީ ބޮޑެތި ބަހަނާތަކެއް!

ޒަމީރު ވަނީ ނިޒާމީ ގޮތުން މިކަމާއި މެދު ފާހަގަކުރެވޭ މައްސަލަތަކެއް ހުރި ކަމަށް ވެސް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2024 | ހޮނިހިރު 12:30
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ޖޫން މަހުންފެށިގެން ސަރުކާރުގެ މާލީ ހިސާބުތައް ޝާޢިއުކުރުން ހުއްޓާލާފައިވާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ސަރުކާރު ހޫނުފެނަށް ވެއްޓިފައި ވަނިކޮށް، އެކަން ދިފާއުކުރަން ސަރުކާރުން ބަހަނާތަކެއް ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ހާމަނުކޮށް ވަނީ ހިސާބުތަކުގައި ދިމާ ނުވާ ކަންތައްތަކެއް ހުރުމުން ކަމަށް ސަރުކާރުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ މާލީ ކަންކަން ހާމަކަން ބޮޑުކޮށް ދެފުށް ފެންނަ ގޮތަކަށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. ފިނޭންސް މިނިސްޓްރީން އައީ އަހަރުތަކެއް ވަންދެން ކޮންމެ ހަފްތާއަކު ވެސް ފިސްކަލް ވީކްލީ ޑިވެލޮޕްމެންޓްސްގެ ނަމުގައި ރިޕޯޓްތައް ނެރެމުން ކަން ޒަމީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިއަހަރުގެ ޖޫން މަހުގެ ފަހުން އެ ރިޕޯޓްތައް ނުނެރެ ވާކަމަށާއި އެކަމާއި ގުޅޭ ގޮތުން އެ މަނިކުފާނާއި ވެސް ބައެއް މީހުން ސުވާލުކޮށްފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އެގޮތުން މި އަހަރު ދެބައި ވެގެން ދިޔަ އިރު، ވަރަށް ބޮޑެތި ތަފާތުތަކެއް ހިސާބުތަކުގައި ހުރިކަން ފާހަގަކުރެވުމުން، އޭރުގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޝަފީގް ވަނީ ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ޝާއިއުކުރުން މަޑުޖައްސާލައްވާ، އެކަން ހިނގާ ގޮތް ބައްލަވާފައި ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. ޒަމީރު ވަނީ އެކަމާއި ގުޅިގެން އެތެރޭގެ އުސޫލްތަކެއް ކަނޑައަޅާ، އިތުރަށް އެ މައްސަލަ ދިމާ ނުވާނެ ގޮތަކަށް ކަންކަން ރާވާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި އެ މައްސަލަ އަކީ ޕްރޮޖެކްޓްތަކާއި ގުޅޭ ޑިސްޕަރސްމެންޓްތައް ހިނގަމުންދާ އަހަރު ތެރޭގައި ރެކޯޑްކުރުމުގެ މައްސަލަ އެކެވެ. ފިނޭންސް މިނިސްޓްރީ އާއި ހަވާލުވެވަޑައިގަތުމަށް ފަހު އެކަމާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އާއި މަޝްވަރާކުރައްވާފައިވާ ކަަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. އޮޑިޓަރ ޖެނެރަލް އަށް އެ މައްސަލަ ހުށަޅާ، އޭޖީގެ ލަފަޔަކަށް އެކަމާ ގުޅޭގޮތުން އެދިފައިވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވަނީ ނިޒާމީ ގޮތުން މިކަމާއި މެދު ފާހަގަކުރެވޭ މައްސަލަތަކެއް ހުރި ކަމަށް ވެސް ވިދާޅުވެފައެވެ. ބަޖެޓުގައި ކުޑަ އަދަދުތަކެއް ޖެހުމަށް ފަހު ޚަރަދު ކުރާ ކަމަށާއި، ޚަރަދު ކުރީމަ އޭގެ ގެއްލުންވާ ކަމަށް ޒަމީރު ސިފަކުރެއްވިއެވެ. މިސާލަކަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގައި 2 މިލިއަން ރުފިޔާ ޖަހާފައި އެ ފައިސާ ޚާރަދުކުރުމުން އެ ޚަރަދު ދިމާވަނީ ޖެހިގެން އަންނަ އަހަރަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ އަހަރު އެފަދަ ވަރަށް ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވާ ކަަމަށް ޒަމީރު ވިދާޅުވިއެވެ. ކުޑަ އަދަދެއް ބަޖެޓުގައި ހިމެނުފަށް ފަހު މިދިޔަ އަހަރު މަޝްރޫޢުތައް ހިންގަން ފެށުމުން ކޭޝްފްލޯގައި 3 ބިލިއަން ރުފިޔާގެ މައްސަލަ ހުރިކަނ ފާހަގަކުރެވުނު ކަމަށް ޒަމީރު ވިދާޅުވިއެވެ. މިކަންކަމަކީ ޤާނޫނީ ރޫހާއި ޚިލާފަށް ކޮށްފައިވާ ކަންތައްތަކެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ނިމިގޮސްފައިވާ އަހަރުގެ ބިލްތައް ޖެހިގެން އަންނަ އަހަރު ރެކޯޑްކުރަން ޖެހުމުން އެކަމާއި މެދު އަމަލުކުރާނެ ގޮތެއް ހޯދަމުންދާ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ.

މާލީ ހިސާބުތައް ބަލަހައްޓާ ގޮތާ މެދު މައުލޫމާތު ދެއްވަމުން، ބޭރު ޤައުމަކުން ފަންޑްކޮށްގެން ހިންގާ މަޝްރޫޢޫތަކުގެ ފައިސާ ދޫކުރަނީ ކޮންޓްރެކްޓަރަށް ކަމަށާއި، އެކަން ކުރަނީ ފިނޭންސުން އެދުމުން ކަމަށް ޒަމީރު ވިދާޅުވިއެވެ. އެކަމަށް ފިނޭންސުން އެދޭ އިރުގަ އެކަން ރެކޯޑް ނުކޮށްފި ނަމަ ދެން އަހަރު ފަހުން އެކަން ރިކޯޑްކުރަން ޖެހުމުން މިފަދަ މައްސަލަތައް ދިމާވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އެކަންކަމުގައި މައްސަލަ ދިމާ ނުވާނެހެން އާ އުސޫލެއް އެކުލަވާލާނެ ކަމަށާއި އެ އުސޫލު އެކުލަވާލުމުގައި މިހާރު މަޑުރަކުރަމުން ދަނީ އޮޑިޓަރ ޖެނެރަލްގެ ލަފަޔަކަށް ކަމަށް ސަރުކާރުން ބުނެއެވެ. ދެ ދުވަހެއްގެ ތެރޭގައި އެ ލަފާ ލިބޭނެ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކުދި އަދަތުތަކެއް ޖަހާފައި ޕްރޮޖެކްޓް ހިންގުން ހައްލުކުރުމަށް ޤާނޫނީ އިސްލާހުތަކެއް ގެންނަން ޖެހޭނަމަ އެކަން ކުރާނެ ކަމަށް ވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅޭގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ނިމިދިޔަ އަހަރު ކޮށްފައިވާ ޚަރަދުތަކެއް މި އަހަރު ހިސާބުކުރުމަކީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށެވެ. ޤާނޫނު އަސާސީގައި ބުނާގޮތުން ދައުލަތުގެ ޚަރަދުތައް ކުރަން ޖެހެނީ މަޖިލީހުން ފާސްކުރާ ބަޖެޓާއި އެއްގޮތަށް ކަމަށް ވާއިރު ބަޖެޓްކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކޮށްގެން ނުވާނެކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް އުޝާމް ވިދާޅުވިއެވެ. މަޖިލީހަށް ބަޖެޓް ހުށަހަޅާފައި ހުންނަނީ ސަޕްލިމެންޓްކުރުމަށް ފަހުގައި ކަމަށާއި، ޚަރަދު ކުރުމަށް ފަހު އެކަން ކުރުމަކީ ޤާނޫނު އަސާސީގެ ރޫހާއި ޚިލާފުކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ. 2020 ވަނަ އަހަރުން ފެށިގެން އެކަން ހިނގާފައި އޮތީ އެހެން ކަމަށް އުޝާމް ވިދާޅުވިއެވެ. "ބޮޓޮމް ލައިނަކީ މީގައި ޤާނޫނާއި ޚިލާފު ކަންތައްތަކެއް ހިނގާފައި ހުރުން" ކަމަށް ފާހަގަކުރައްވާ އުޝާމް ވަނީ މި ހިސާބުތައް ދިމާ ނުވަނީ މާލިއްޔަތު ޤާނޫނާއި، މާލިއްޔަތު ޤަވާއިދާއި ޚިލާފަށް ކަންތައްތަކެއް ކުރުމުން ކަމަށް ވިދާޅުވެފައެވެ. މި މައްސަލަ ބަލާ ޤާނޫނީ ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި މި ކަން ތަކުރާރުވިޔަ ނުދިނުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނާނެ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

އުޝާމް އާއި ޒަމީރު އެފަދައިން ވިދާޅުވި ނަމަވެސް ވެރިކަން ބަދަލުވާ އިރު ކުރީގެ ބިލްތަކާއި މަޝްރޫޢުތަކުގެ ހިސާބުތައް ޖެހިގެން އަންނަ އަހަރު ވަނީ ހިމަނާފައެވެ. އަދި މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒަމީރު ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިރު ވެސް އެކަން ހިނގާފައި ވަނީ އެހެންނެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ޖޫން މަހުގެ ނިޔަލަށް ހިސާބުތައް ހާމަކުރަމުން އައި އިރު ވެސް ހިސާބުތައް ބަލަހައްޓާފައި ވަނީ އެ މޭރުމުންނެވެ. އޭރު އެކަން ހިނގަމުން އައީ އުސޫލާއި ޤާނޫނުތަކާއި ޚިލާފަށް ކަމަށް އެއްވެސް ވަރަކަށް ފާހަގަކޮށްފައެއް ނުވެއެއެވެ.

މާލީ ހިސާބުތައް ހާމަ ނުކުރުމާ މެދު މިފަދަ ބަހަނާތަކެއް ސަރުކާރުން ދައްކަވާފައި މި ވަނީ ޖޫން މަހުންފެށިގެން ސަރުކާރުގެ މާލީ ހިސާބުތައް ޝާޢިއުކުރުން ހުއްޓާލާފައިވާތީ އިޤްތިސާދީ ހާލަތު މިހާ ހައްސާސް ދަނޑިވަޅެއްގައި މާލީހާމަކަން ދައްވުމަކީ ކަންބޮޑުވާކަމެއްކަމަށް ވޯލްޑް ބޭންކުން ވެސް ބުނެފައި ވަނިކޮށެވެ. މީގެ އިތުރުން ފަހަކަށް އައިސް ރޭޓިންގ އޭޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފައިވުމާއި ރާއްޖޭން ވިއްކާފައިވާ ސްކޫކް ބޮންޑުގެ އަގުވެއްޓުމުގެ ސަބަބުން، ފައިސާ ހޯދުމުގެ ފުރުސަތު ހަނިވެ، އަދި ފައިސާ ހޯދުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެފައިވާ ކަން ވޯލްޑް ބޭންކުން ފާހަގަ ކުރެއެވެ. އަދި ދައުލަތުގެ ޚަރަދު ބޮޑުވުމާއި ސިޔާސީ މުވައްޒަފުންނަށް ކުރާ ޚަރަދު އިތުރުވުމުން އާއްމުން އައީ ސުވާލު އުފައްދަމުންނެވެ. އެހެންކަމުން ތަފާސްހިސާބުތައް ހާމަކުރުން ހުއްޓާލި ހަގީގީ ސަބަބަކީ ކަންކަން އޮޅުވާލުން ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. އަދި ކުރީގެ ފިނޭންސް މިނިސްޓަރ ޝަފީގް ކުއްލި ގޮތަކަށް އިސްތިޢުފާ ދެއްވާފައި ވުމުން އެ މަނިކުފާނު އިސްތިއުފާ ދެއްވީ ސަރުކާރުގެ އަމަލުތަކާއި މެދު ދެބަސްވުމުންނާއި، މާލީ ކަންކަމުގައި ބަސް ނުވިކޭތީ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

30 މެއި 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު