Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުއްރަހީމްގެ ބާރު

މި ސަރުކާރުގައި އަބްދުއްރަހީމް ވަރަށް ބާރުގަދަ، މުރައިދޫ ގެއިން އެބޭފުޅާ ނުނެރެވޭނެ: ހަސަން ލަތީފް

މުރައިދޫގޭގައި ނަޝީދު ދިރިއުޅުއްވީ ނަޝީދަށް އޮތް ނުރައްކަލެއްގެ ސަބަބުން

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޮކްޓޯބަރު 2024 | ހޮނިހިރު 08:09
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މި ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ބާރުގަދަ ބޭފުޅެއް ކަމަށާއި، މުރައިދޫ ގެއިން އެބޭފުޅާ ނުނެރެވޭނެ ކަމަށް ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ހަސަން ލަތީފް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އެމްއެންޑީއެފުން ބޭނުންވި ކަމަށެވެ. ނަޝީދަށް އޮތް ނުރައްކާ ބޮޑުވުމުން އޭރުގެ ހާލަތަށް ބެލުމަށްފަހު މުރައިދޫގެއަށް ބަދަލުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މުރައިދޫގެއަށް އިޝާރާތް ކުރައްވައި ހަސަން ލަތީފް ވިދާޅުވީ އެގެއަކީ ސެކިއުރިޓީ ވަރުގަދަތަނެއް ކަމަށާއި، އެގެ ހުންނާނީ ވަރަށް ބޮޑަށް ބަންދުވެފައި ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ އެގޭގައި ނަޝީދު ދިރިއުޅުއްވީ ނަޝީދަށް އޮތް ނުރައްކަލެއްގެ ސަބަބުން ކަމަށާއި، މަޖިލީހުގެ ރައީސް އޮތް ނުރައްކަލެއްގެ ސަބަބުން ނޫން ކަމަށެވެ. އަދި މިފަދަ ގެއެއްގައި މިހާރުގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ދިރިއުޅުއްވަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރުގައި އަބްދުއްރަހީމްއަކީ ބާރުގަދަ ބޭފުޅެއްކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ދަށްވެ، ސަރުކާރުގެ ހަރަދު ބޮޑުވި ނަމަވެސް މުރައިދޫގޭގައި ހުރިހާ އިންތިޒާމެއް ރައީސް ޑރ.މުހައްމަދު މުއިއްޒަށް ހަމަޖައްސަވައިދެއްވަން ޖެހޭނެ ކަމަށާއި، އެމަނިކުފާނަށް މިއަދު އެނޫން ގޮތެއް ނެތް ކަމަށެވެ. އަދި އަބްދުއްރަހީމް ހުންނަވާނީ އެގޭގައި ކަމަށާއި، މުރައިދޫގެއިން އަބްދުއްރަހީމް ނުނެރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެކޮޅު މުރައިދޫ ގޭގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވަނީ ސިއްރުކޮށްފައެވެ. އަދި އެކަމާއި ގުޅިގެން 24 އޮކްޓޫބަރު 2024 ގައި ކުރިއަށް ގެންދިޔަ ކޮމެޓީ ވަނީ ސިއްރުކޮށްފައެވެ.

އަބްދުއްރަހީމް މުރައިދޫގެ އަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ގެއަށް ބަދަލުވެވަޑައިގަތީ މުރައިދޫ ގޭގައި ބައެއް މަރާމާތުގެ މަސައްކަތްތައް ކުރުމަށް ފަހުގައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު