Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން

ރައީސް މުއިއްޒު ގައުމަށް ޣައްދާރު ވެއްޖެ: ރައީސް ޔާމީން

ރައީސް ޔާމީން ވަނީ ޑިފެންސް މިނިސްޓަރ ޣައްސާން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައި

ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2024 | ހުކުރު 03:46
ރައީސް ޔާމީން، އިންޑިއާ އައުޓް ކެމްޕޭންގައި މިހާރުގެ މަޖިލިސް ރައީސް އަބްދުއްރަހީމް އާއި މިހާރުގެ ފިޝަރީޒް މިނިސްޓަރ ޝިޔާމް އާއެކު

ރައީސް ޔާމީން، އިންޑިއާ އައުޓް ކެމްޕޭންގައި މިހާރުގެ މަޖިލިސް ރައީސް އަބްދުއްރަހީމް އާއި މިހާރުގެ ފިޝަރީޒް މިނިސްޓަރ ޝިޔާމް އާއެކު

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އަހުދާއި މުޅިން ޚިލާފުވެވަޑައިގެންފި ކަމަށާއި، ގައުމަށް ޑރ. މުއިއްޒު ޣައްދާރުވެއްޖެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ހުކުރުވިލޭރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އުތުރު ތިލަފަޅާއި ހަނިމާދޫ އިންޑިއާ ސިފައިންނަށް މިވެރިކަމުގެ ފަރާތުން ދޫކޮށްލާފައިވާ ކަމަށާއި އެތަންތަނާ ބެހޭ އެގްރީމެންޓުތައް މި ސަރުކާރުން ފޮރުވާފައިވާ ކަމަށާއި އެކަން ކަމުން ގައުމުގެ އެންމެ މަތީ މަސްލަހަތު ވެރިކަމުގެ ފަރާތުން ގެއްލުވާލާފައިވާ ކަމުގައެވެ.

Advertisement - newsAdvertisement

މިއީ 'އެންމެ ބޮޑަށް، އެންމެ ބޮޑަށް ޣައްދާރުވުން މި ގައުމަށް، އެންމެ ބޮޑަށް ޣައްދާރުވުން އިނގޭތޯ، އެކުށުން، ނޫނީ އެތުހުމަތުން މި ބޭފުޅުން ބަރީއައެއް ނުވޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން އުތުރު ތިލަފަޅުގެ އެއްބަސްވުން ރައްޔިތުންގެ މަންދޫބުންނަށް ދައްކާ އެއަށް ވާގޮތް ސާފުކޮށްދޭން ބޭނުން ނުވާކަމުގައެވެ.

"ދިވެހި ރާއްޖޭގެ ސިޔާދަތު ކޮމްޕްރޮމައިޒް ވާކަމަށް ވަންޏާ އެއީ ރައީސުލް ޖުމްހޫރިއްޔާ އަކަށް ހުންނަ މީހަކަށް، ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނުހޯދާ ކަންކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެންވާ ކަމެއް ނޫން،" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނާ ވެރިންނަށް ހޮވާ މީހުންނާ ދެމެދު އޮންނަނީ ވަރަށް މަތިވެރި އިތުބާރެއް ކަމަށާއި، އެ އިތުބާރަކީ ގައުމަށް ގެއްލުންވާ ގޮތައް ކަންކަން ނުކުރާނެ ކަމުގެ އިތުބާރު ކަމުގައެވެ. އެހެން ނަމަވެސް މި ސަރުކާރުން އެއްބަސްވުންތައް ސިއްރުކުރުމާއެކު ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ރާއްޖޭގެ ސިޔާދަތު ރައްކައުތެރި ކުރުމާ ގުޅޭ ކަންކަމުގައި ސަރުކާރުގެ އިތުބާރު ގެއްލިއްޖެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލު ގެއްލުވާލުމުގައި، ރައީސް މުއިއްޒު ހުރިހާ ގޯހެއް ހައްދަވަނީ ޑިފެންސް މިނިސްޓަރު ޣައްސާނު މައުމޫނު ލައްވާ ކަމުގައެވެ.

ރައީސް ޔާމީން ޣައްސާނަށް ގޮވާލެއްވީ، ރައީސް މައުމޫނު ގައުމު ދިފާއު ކުރައްވަން ކުރެއްވި މަސައްކަތްޕުޅުގެ ލެގަސީ ދިފާއު ކުރައްވާ މަގާމުން އިސްތިއުފާ ދެއްވާ މި ސަރުކާރާ ދުރައް ވަޑައިގަތުމަށެވެ.

"ފިރިހެނަކު ވެއްޖެއްޔާ އިސްތިއުފާ ދެއްވާފައި ދުރައްދާންވީ މިހާރު،" ޣައްސާނަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެއްގޮތަކަށްވެސް އެ މަގާމުގައި ޣައްސާން ހުންނަވަން ނުޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު