Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުމަށް އަންނަ ބަދަލުތައް

މޫސުމީ ކާރިސާތަކުން ލިބިދާނެ ގެއްލުން ލަފާ ކުރަން "އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓް" ނިޒާމެއް އެކުލަވާލަނީ

މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެ އަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެއް ކަމަށާއި މޫސުމަށް ކުރާ އަސަރު ދެނެގަނެ، ލަފާކުރުމަކީ އުނދަނގޫ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2024 | ބުރާސްފަތި 14:25
އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް

އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް

މޫސުމީ ކާރިސާތަކުން ލިބިދާނެ ގެއްލުން ލަފާ ކުރަން "އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓް" ނިޒާމެއް ޤާއިމްކުރުމަށް އެކުލަވާލަން މަސައްކަތް ކުރާކަމަށް މިނިސްޓަރު ތޯރިިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެ އަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެއް ކަމަށާއި މޫސުމަށް ކުރާ އަސަރު ދެނެގަނެ، ލަފާކުރުމަކީ އުނދަނގޫ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުރިން މޫސުން ލަފާކުރާ ގޮތާއި މިހާރާއި ތަފާތުތަކެއް ހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަރުތައް ހަލާކުވުމާއި އުދަ އެރުން ފަދަކަންކަން ދިމާވާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މޫސުމަށް އަންނަ ބަަދަލުތަކަށް ހޭނުމަށް ސަރުކާރުން ކުރަން ޖެހޭ ޚަރަދުތައް ވެސް އިތުރުވެފައިވާ ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ. އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓެއް ތައާރަފްކުރުމުގެ މަޤްސަދަކީ މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް މިހާރަށް ވުރެ ބޮޑަށް ދެނެގަތުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ގައުމީ މޫސުމާ ބެހޭ އިދާރާ މެޓުން މިހާރު ރެކޯޑުކުރާ މައުލޫމާތުތަކަކީ މޫސުން ކުރިއަށް ލަފާކުރާ ގޮތް އެކަނިކަމަށާއި އެއަށް ވުރެ ފުޅާކޮށް މޫސުމީޯ ބަދަލުތައް ދެނެގަންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

މިނިސްޓަރގެ ވާހަކަފުޅުގައި އިތުރަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި އެއާ ކޮލިޓީ މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން ހުޅުމާލޭގައި2 ސްޓޭޝަން އަދި މާލޭގައި އެއް ސްޓޭޝަން ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރާޑަރު މަރާމަތުކޮށް ނެޓުވޯކް ފުޅާކުރުމުގެ މަސައްކަތާއި، ލައިޓްނިން ނެޓްވޯކް ގާއިމްކުރުމުގެ މަސައްކަތް އަދި އޮޓޮމެޓިކް ވެދާ ސްޓޭޝަންގެ މަރާމާތުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. ހަމައެހެންމެ ވެދާ ސްޓޭޝަންތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު