Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއަން އެރިކްސަން

ބާސާ އިން އެރިކްސަން ހޯދުމުގެ މަސައްކަތް ފަށައިފި

ބާސާ އިން އަންނަނީ މިޑްފިލްޑަރެއް ހޯދުމުގެ މަސައްކަތްކުރަމުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2017 | އަންގާރަ 15:04
ޓޮޓެންހަމް އަށް ކުޅެމުން އަންނަ ކްރިސްޓިއަން އެރިކްސަން

ޓޮޓެންހަމް އަށް ކުޅެމުން އަންނަ ކްރިސްޓިއަން އެރިކްސަން

ބާސެލޯނާ އިން ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުން އަންނަ ޑެންމާކްގެ މިޑްފިލްޑަރު ކްރިސްޓިއަން އެރިކްސަން ހޯދުމުގެ މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑޮންބަލޮން އިން ބުނީ އަންނަ ޖެނުއަރީ ޓްރާންސްފާގައި ބާސާ އިން އަންނަނީ އެޓީމުގެ މެދުތެރެ ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި، އެގޮތުން އަންނަ ޓްރާންސްފާ ބާޒާރުގައި އެޓީމުން އެރިކްސަން ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަޔަކްސް އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 195 މެޗުގައި 46 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެރިކްސަންގެ އިތުރުން ބާސާ އިން އަންނަނީ ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޓީމުން ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން ކުޓީނިއޯ އަށް ބިޑު ކޮށްފައެވެ. އެހެން ނަމަވެސް ލިވަޕޫލް އިން ކުޓީނިއޯ ވިއްކާލަން އަދިވެސް އެއްބަހެއް ނުވެއެވެ.

ބާސާ އިން އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެޓީމު މިހާތަނަށް މި ސީޒަނުގެ އެއްވެސް މެޗަކުން ބަލިނުވެއެވެ. ބާސާ ލީގުގައި 13 މެޗު ކުޅެފައިވާއިރު، 11 މެޗު ވަނީ ކާމިޔާބު ކޮށްފައެވެ. ބާކީ ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޕޮއިންޓް ތާވަލަށް ބަލާއިރު، ބާސާ އޮތީ 35 ޕޮއިންޓާއެކު އެއްވަނައިގައެވެ. އެޓީމު ވަނީ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު