Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޑިއުޓީ ބޮޑުކުރުން

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑު ކުރަނީ

ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން މި މުދަލުން ނެގޭ އެޑްވެލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން

އާމިނަތު ރީޝާ
އާމިނަތު ރީޝާ, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2024 | އަންގާރަ 10:49
ސިނގިރޭޓާއި ބިޑިން ޑިއުޓީ ބޮޑު ކުރަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް ހެދުމަށް ކަމަށް ވަނީ ބުނެފައި

ސިނގިރޭޓާއި ބިޑިން ޑިއުޓީ ބޮޑު ކުރަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް ހެދުމަށް ކަމަށް ވަނީ ބުނެފައި

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ 1 ނޮވެމްބަރުން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މުހިންމު ނިންމުންތައް ކަމާބެހޭ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އިއުލާނު ކުރުމުގެ ބަދަލުގައި ސީދާ ރައީސުލް ޖުމްހޫރިއްޔާ އެކަންކަން ސޯޝަލް މީޑިއާ ގައި ހާމަކުރައްވާ އުސޫލުން، އަންގާރަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. މުއިއްޒު ވިދާޅުވީ، "ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވެލޮރަމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ވާނީ ނިންމާފައި،" ކަމުގައެވެ.

ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުމަށާއި، މި މުދަލުން ނެގޭ އެޑްވެލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ޢާއްމު ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަންވާނީ ނިންމާފައި ކަމަށާއި، ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ޤައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފެށުމަށް ވާނީ ނިންމާފައި ކަމަށްވެސް ޑރ. މުއިއްޒުގެ ޕޯސްގައި ވިދާޅުވެފައިވެއެވެ.

"ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އަޅުގަނޑު އެދެން." މުއިއްޒު ވިދާޅުވިއެވެ.

ސިނގިރޭޓާއި ބިޑިން ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމި އިރު، ދައުލަތުގެ ހިންގުމުގެ ޚަރަދު ބޮޑުވެ، ފައިސާގެ ދަތިކަން ކުރިމަތިވެފައި ވުމާއެކު ސަރުކާރުން ވަނީ ފައިސާގެ ދަތިކަން ޙައްލުކުރުމަށާއި އިތުރުވަމުންދާ ދަރަނި މެނޭޖްކުރުމަށްޓަކައި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި އެއަރޕޯޓާ ގުޅުންހުރި ފީތައް އިތުރުކުރުމަށް އަމާޒުކޮށްގެން ތިން ބިލެއް މިހާރުވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މީގެ ތެރެއިން އެއް ހުށަހެޅުމަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމެވެ. މި އިޞްލާޙުގެ ދަށުން، 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) 16% އިން 17% އަށް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ދެގުނަ ކުރުމަށް ވަނީ ހުށަހަޅާފައެވެ. މި ބަދަލުގެ ދަށުން، މިހާރު ދުވާލަކަށް 6 ޑޮލަރު ނަގާ ތަންތަނުން 12 ޑޮލަރަށް އަދި 3 ޑޮލަރު ނަގާ ތަންތަނުން 6 ޑޮލަރަށް ޓެކްސް ބޮޑު ކުރުމަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތައް އިތުރުކުރުމުގެ އިތުރުން، ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ އެއަރޕޯޓުތަކުން ބޭރަށްދާ ފަސިންޖަރުންގެ އަތުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއްވެސް ހުށަހަޅާފައެވެ. މި ބިލުގައި، 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ބިދޭސީ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗަރ ޓެކްސް ބޮޑުތަނުން އިތުރުކުރުމަށް ހުށަހަޅާފައިވެއެވެ. އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް، ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަރާތްތަކުގެ ޓެކްސް 90 ޑޮލަރުން ޑޮލަރުން 120 ޑޮލަރަށް އިތުރުކުރުމަށް ހުށަހަޅާފައިވެއެވެ. އެންމެ ބޮޑު އިތުރުކުރުމެއް ހުށަހަޅާފައިވަނީ ފަސްޓް ކްލާހުގައި ނުވަތަ އަމިއްލަ ޖެޓުގައި ދަތުރުކުރާ ފަރާތްތަކަށެވެ. މިގޮތުން ފަސްޓު ކުލާހުގައި ދަތުރުކުރާ ފަރާތްތަކުގެ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް އަދި އަމިއްލަ ޖެޓުގައި ދަތުރުކުރާނަމަ ނަގާ ޓެކްސް 120 ޑޮލަރުން 480 ޑޮލަރަށް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީވެސް ހަމަ މި އަދަދުތަކަށް އިތުރުކުރުމަށް ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވެއެވެ.

ޓެކްސްތައް ބޮޑު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ވޯލްޑް ބޭންކުން ވަނީ ފާއިތުވި ދުވަސްތަކުގައި، ސަރުކާރުން މާލީ ދާއިރާ އަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގައި ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވޯލްޑް ބޭންކުން މި ހިނގާ އޮކްޓޯބަރު މަހު ރާއްޖެއާ ބެހޭ ގޮތުން ނެރުނު ރިޕޯޓުގައި ބުނާގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރިޒާވްގައި 1.4 މަހުގެ އިމްޕޯޓަށް ފުދޭ މިންވަރުގައި ހުރި ނަމަވެސް މިހާރު މަސްދުވަހެއްގެ އިމްޕޯޓަށް ފުދޭ މިންވަރަށް ވަނީ ދަށަށް ވެއްޓިފައެވެ. ބޭނުން ކުރެވޭނެ ރިޒާވް މި މުއްދަތުގެ ތެރޭގައި 179 މިލިއަން އެމެރިކާ ޑޮލަރުން 61.2 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

09 މެއި 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު