Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާން-އިޒްރޭލު ހަނގުރާމަ

އިޒްރޭލުގެ ހަމަލާތަކަށްފަހު ލުބުނާނުގައި ތިބި އދ ގެ ވަގުތީ ބާރުތައް ރައްްކާތެރި ކުރަންޖެހޭ: އދ ގެ ސަލާމަތީ މަޖިލިސް

އދގެ ސަލާމަތީ މަޖިލީހުން ވަނީ ދެކުނު ލުބުނާނުގައި ތިބި އދގެ ވަގުތީ ބާރުތަކުގެ މުވައްޒަފުންނާއި އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އިޙްތިރާމްކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފައެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 15 އޮކްޓޯބަރު 2024 | އަންގާރަ 09:31
އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

އދ ގެ ސުލްހައަށް މަސައްކަތްކުރާ ބާރުތަކާ ދެކޮޅަށް އިޒްރޭލުން ދިން ހަމަލާތަކަށްފަހު، ދެކުނު ލުބުނާނުގައި ހުރި އދ ގެ ސުލްހަ ބަލަހައްޓާ ފައުޖުތައް ރައްކާތެރިކުރަންޖެހޭ ކަމަށް އދ ގެ ސަލާމަތީ މަޖިލީހުން ބުނެފިއެވެ.

ހޯމަ ދުވަހު އދ ގެ ސަލާމަތީ މަޖިީލީހުން ނެރުނު ބަޔާނެއްގައި ވަނީ "ހުރިހާ ފަރާތްތަކުންވެސް އދ ގެ ވަގުތީ ބާރުތަކުގެ މުވައްޒަފުންނާއި އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އިޙްތިރާމްކުރުމަށް" ގޮވާލާފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ "އދ. ގެ ސުލްޙަ އަށް މަސައްކަތްކުރާ ބާރުތަކާއި އދ. ގެ އިމާރާތްތައް އެއްވެސް ހާލެއްގައި ހަމަލާއެއްގެ އަމާޒަކަށް ވެގެން ނުވާނެ،" ކަމަށެވެ.

މި ބަޔާން ނެރެފައިވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ ސުލްޙަ އަށް މަސައްކަތްކުރާ ބާރުތައް "އިޒްރޭލުގެ އެދުމަށް އިޖާބަދީ، ވަގުތީގޮތުން ނުރައްކަލުގެ ތެރެއިން ނުކުތުމަށް،" ގޮވާލައްވާފައިވަނިކޮށެވެ.

އިޒްރޭލުން ވަނީ ހުރި އދ ގެ ވަގުތީ ބާރުތަކުގެ މަރުކަޒުތައް ދޫކޮށް ދިއުމަށް އެމީހުންނަށް އަންގާފައިވެއެވެ.

އދ. ގެ ބާރުތަކުން ބުނެފައިވަނީ އިޒްރޭލުން އެމީހުންގެ މަރުކަޒުތައް ދޫކޮށްލުމަށް ބާރުއަޅަމުންދިޔަ ނަމަވެސް އެމީހުން އެތަނުގައި ދެމިތިބޭނެ ކަމަށެވެ. ހޯމަ ދުވަހު އދ. ގެ ވަގުތީ ބާރުތަކުގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެމީހުން ދެކުނު ލުބުނާނުގައި މިތިބީ އދ. ގެ ސަލާމަތީ މަޖިލީހުގެ އަމުރަކާ އެކުގައި ކަމަށާއި، އެހެންކަމުން މި ސަރަޙައްދުގައި އދ ގެ ބާރުތަކުން ދެމިތިބުމާއި، އދ. ގެ ދިދަ ނެގިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އދ. ގެ ސުލްޙައަށް މަސައްކަތްކުރާ ބާރުތަކުން ބުނާގޮތުގައި ފާއިތުވި ހަފްތާގައި އިޒްރޭލުން އެތައް ފަހަރެއްގެ މަތިން އެމީހުންގެ މަރުކަޒުތަކަށް ހަމަލާދީފައިވެއެވެ. އެގޮތުން، 48 ގަޑީއިރުގެ ތެރޭގައި ދެފަހަރު ޔުނިފިލްގެ މައި މަރުކަޒަށް ދިން ހަމަލާއެއްގައި ދެމީހަކު ޒަޚަމްވެފައިވެއެވެ.

އދ އިން ވަނީ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ހަމަލާތަކާގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯޯސްޓެއްގައި ވިދާޅުވެފައި ވަނީ "އދ. ގެ ސުލްޙައަށް މަސައްކަތްކުރާ ބާރުތަކަށް ދޭ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި މިއީ ހަނގުރާމައިގެ ކުށަކަށް ވެދާނެ ކަމެއް،" ކަމަށެވެ.

އދގެ ވަގުތީ ބާރުތަކުގައި 50ށް ވުރެ ގިނަ ޤައުމުތައް ހިމެނޭއިރު، އޭގެ ތެރޭގައި އިންޑޮނޭޝިއާ، އިންޑިއާ އަދި އަޔަލޭންޑް ހިމެނޭގޮތަށް، 10,000 އެއްހާ ސުލްޙައަށް މަސައްކަތްކުރާ ފަރާތްތައް އުޅެއެވެ.

އިތުރަށް ކިޔާލަން

02 ޖުލައި 2017

ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި

02 ޖުލައި 2017
ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި
07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު