Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ސައުދީ ގުުޅުން

އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

މި މަޝްވަރާގައި ސައުދީ ޢަރަބިއްޔާ އާއި އެމެރިކާ އާ ދެމެދު ޤާއިމުކުރެވިފައިވާ އިސްތިރާތީޖީ ގުޅުން މުރާޖަޢާކުރެއްވުމުގެ އިތުރުން، ދެ ޤައުމުގެ މެދުގައި ދިފާޢީ އެއްބާރުލުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރައްވާފައިވެއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 9 އޮކްޓޯބަރު 2024 | ބުދަ 10:05
ސަޢޫދީ ޢަރަބިއްޔާގެ ދިފާޢީ ވަޒީރު، ޕްރިންސް ޚާލިދު ބިން ސަލްމާން، ޕެންޓަގަނަށް ކުރެއްވި ޒިޔާރަތެއްގައި އެމެރިކާގެ ޑިފެންސް ސްކެޓްރީ ލޮއިޑް އޮސްޓިންއާ ބައްދަލުކުރެއްވުން

ސަޢޫދީ ޢަރަބިއްޔާގެ ދިފާޢީ ވަޒީރު، ޕްރިންސް ޚާލިދު ބިން ސަލްމާން، ޕެންޓަގަނަށް ކުރެއްވި ޒިޔާރަތެއްގައި އެމެރިކާގެ ޑިފެންސް ސްކެޓްރީ ލޮއިޑް އޮސްޓިންއާ ބައްދަލުކުރެއްވުން

އެމެރިކާ އިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއު ކުރާނެ ކަމަށް ޕެންޓަގަންގެ އިސްވެރިޔާ ލޮއިޑް އޮސްޓިން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ކުރެވުނު މި ފޯނު މަޝްވަރާއާ ގުޅޭ ގޮތުން އޮސްޓިން ވިދާޅުވީ، ސައުދީ ޢަރަބިއްޔާގެ ދިފާޢީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާނާ މަޝްވަރާކުރެއްވި ކަމަށާއި، މި މަޝްވަރާގައި ސައުދީ ޢަރަބިއްޔާގެ ދިފާއުގައި އަބަދުވެސް އެމެރިކާ އޮންނާނެ ކަމުގެ ޔަޤީންކަން އަނެއްކާވެސް ދެއްވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން، މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް ސައުދީން ކުރަމުން ގެންދާ މަސައްކަތްތަކަށް ވެސް އޭނާ ޝުކުރު އަދާކުރައްވާފައިވެއެވެ.

މި މަޝްވަރާއާ ގުޅޭގޮތުން ޕްރިންސް ޚާލިދު ހޯމަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި މަޝްވަރާގައި ސަޢޫދީ ޢަރަބިއްޔާ އާއި އެމެރިކާ އާ ދެމެދު ޤާއިމުކުރެވިފައިވާ އިސްތިރާތީޖީ ގުޅުން މުރާޖަޢާކުރެއްވުމުގެ އިތުރުން، ދެ ޤައުމުގެ މެދުގައި ދިފާޢީ އެއްބާރުލުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރެވުނު ކަމަށެވެ.

މި މަޝްވަރާ އާ ބެހޭގޮތުން ޕެންޓަގަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އާއި ސައުދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ވަނީ ދެ ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، ދެ ފަރާތުގެ މެދުގައި ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތްކުރަން އެއްބަސްވެފައި ކަމަށާއި، މީގެ ތެރޭގައި އީރާނާއި އީރާނުގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާ ގްރޫޕްތަކުން ކުރިމަތިވާ ނުރައްކާތައްވެސް ހިމެނޭ،" ކަމަށެވެ.

ސައޫދީ އަރަބިއްޔާއެމެރިކާޕެންޓަގަންއެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު