Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ 241 ކޮމެޓީ

ފުލުހުން ރައްޔިތުންނަށް އަނިޔާކޮށް ފުރައްސާރަ ކުރާތީ، އެމައްސަލަ 241 ކޮމެޓީއަށް ހުށަހަޅައިފި

16 އޯގަސްޓު 2017 | ބުދަ 09:16

އެއްވުންތަކުގައި ފުލުހުން އެކަށީގެންނުވާ ބާރުގެ ބޭނުން ކުރާކަމަށް އެމައްސަލައިގައި ބުނެފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 އޯގަސްޓު 2017 | ބުދަ 09:16
އެއްވުމެއްގެ ތެރެއިން ފުލުހުން އާންމު ރައްޔިތެއްގެ އަަތުގައި އޮތް ލިޔުމެއް ލިޔެފައިވާ ބޯޑެއް އަތުލަން މަސައްކަތްކުރަނީ --

އެއްވުމެއްގެ ތެރެއިން ފުލުހުން އާންމު ރައްޔިތެއްގެ އަަތުގައި އޮތް ލިޔުމެއް ލިޔެފައިވާ ބޯޑެއް އަތުލަން މަސައްކަތްކުރަނީ --

އެއްވުންތައް ރޫޅާލުމުގައި އެކަށީގެންވާ މިންވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުންކޮށް، އަންހެނުންގެ ގަޔަށް ފިރިހެނުން އަތްލައި، ހަޑިހުތުރު ބަހުން މުއާމަލާތް ކުރަމުން ދާތީ، އެކަންކަން ހުއްޓުވުމަށް ފުލުހުންގެ މުއައްސަސާއިން މިހާތަނަށް ކޮށްފައިވާ ކަންކަމަކީ ކޮބައިތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހުމަދުދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން ހިތަދޫ މެދުދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދުދީދީ، މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅާފައިވާ އެމައްސަލައިގައި ވަނީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ސަލާމަތީ ޚިދްމަތް ފޮރުކޮށްދޭން އޮންނަ މުއައްސަސާއަކަށްވެފައި، ތަކުރާރުކޮށް ފުލުހުންގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ)، (ށ)، އަދި (ނ)ގައިވާ މަގްސަދުތަކާއި ހިލާފުވާ ގޮތަށް ފުލުހުން އަމަލުކުރަމުން އަންނަ ކަމަށެވެ.

މި މައްސލައިގެ ލިޔުމުގައި ފުލުހުންގެ އިދާރާގެ ފަރާތުން އެކިފަހަރުމަތިން އާންމު ރައްޔިތުންނަށް އެކި ދެންނެވުންތައް އާއްމުކޮށްގެން އިއުލާންކޮށް، އެފަދަ ދެންނެވުންތަކުގައި، ވަކިވަކި ފުލުހުންގެ ފޮޓޯ އާންމު ނުކުރުމަށް އަންގާ، ފުލުހުންނާ މުއާމަލާތް ކުރުމުގައި، ފުލުހުންގެ އަމިއްލަ ޒާތާއި އަދި އަބުރަށް ހުތުރުވާގޮތަށް މުއާމަލާތް ކުރާނަމަ އެކަން ކުރާ އާންމު ރައްޔިތުންނާމެދު ފިޔަވަޅު އަޅާކަމަށް ބުނެފައިވެއެވެ. އަދި ގާނޫނީ ގޮތުން ދައުވާ ކުރާނޭ ކަމުގެ ބިރު އާންމު ރައްޔިތުންނަށް ދައްކަމުންދާ ކަމަށްވެސް ކޮމެޓީއަށް ހުށަހެޅި އެމައްސަލައިގައި ބުނެފައި ވެއެވެ.

މީގެއިތުރުން، ވަކިވަކި ފުލުހުން އާންމު ރައްޔިތުންނާ މުހާތަބު ކުރުމުގައި ހަޑިހުތުރު އިބާރާތް ބޭނުން ކުރުމާއި އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުން ކަމަށް ބެލެވޭ އިބާރާތުން މުހާތަބު ކުރުމާއި އަންހެނުން ގައިގައި ފިރިހެން ފުލުހުން ހިފަހައްޓާ އަތްލައި ހެދުންފަދަ އަމަލުތައް ހުޓުވުމަށް ފުލުހުންގެ މުއައްސަސާއިން މިހާތަނަށް ކޮށްފައިވާ ކަންކަމަކީ ކޮބައިތޯ އާއި، މިފަދަ އަމަލުތައް ކުރާ ފުލުހުންނާއި ދޭތެރޭ އަޅާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފު ކޮށްދެއްވުމަށް އެދި 241 ކޮމެޓީއަށް ހުށަހަޅާފައިވާ އެމައްސަލައިގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް