Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެފްއޭއެމް މައްސަލަ

މި މަހުގެ ނިޔަލަށް އެޕާޓްމަންޓް ހުސްކުރުމަށް ފުރުސަތުދޭން ބައްސާމް އެދިއްޖެ

ހުޅުމާލޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓު މިހިނގާ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ ކުރިން ފުލުހުންނާ ޙަވާލު ކުރަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2024 | އާދީއްތަ 09:46
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިދާރާ ބޭރުގައި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިދާރާ ބޭރުގައި

މި މަހުގެ ނިޔަލަށް އެޕާޓްމަންޓް ހުސްކުރުމަށް ފުރުސަތުދޭން ފުޓްބޯޅަ އެސޯސިއޭޝަންގެ ފައިސާއިން ހިޔާނާތްތެރިވި ކަމުގެ ދައުވާ އުފުލާފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު އެދިއްޖެއެވެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެޕާޓްމަންޓްތައް ހަވާލުކުރުވުމަށް އޮކްޓޯބަރު 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމުގެ ވަކީލުގެ ފަރާތުން ސިޓީއަކުން އެދިފައިވާ ކަމަށެވެ. އަދި އެ ސިޓީގެ ޖަވާބެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައްސާމް އަދީލް ޖަލީލް (ގ ފަހިވާގެ މާލެ) ގެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރުމަށް އަމުރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައިވާ ހުޅުމާލޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓު މިހިނގާ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ ކުރިން ފުލުހުންނާ ޙަވާލު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ ދެ އެޕާޓްމަންޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާ ކަމަށެވެ.

އެފްއޭއެމަށް ބޭރުގެ އެކި އިދާރާތަކުން ލިބިފައިވާ ފައިސާ އަށް ޚިޔާނާތްތެރިވެ، މަނީ ލޯންޑަރިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބައްސާމް ސަސްޕެންޑު ކުރުމަށް ފީފާ އިންވެސް ވަނީ ނިންމާފައެވެ. އެގޮތުން އޭނާ ސަސްޕެންޑް ކުރީ ނުވަ މަސް ދުވަހުގެ މުއްދަތަކަށެވެ. ފީފާ އިން ބައްސާމް ސަސްޕެންޑު ކޮށްފައިވާއިރު، އޭނާއާ ދެކޮޅަށް ދައުވާ އުފުލައި، އެ މައްސަލައިގެ ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ.

މި މައްސަލައިގައި މިހާރު ތަޙްޤީޤު ކުރިއަށް ދިޔަ ހިސާބުން 2 ދަޢުވާއެއް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެއީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގ ގެ ދައުވާއެވެ. ޕީޖީ އޮފީހުން ވަނީ ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައެވެ.

އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެއިދާރާގެ ފައިސާ ބޭނުންކޮށް އަމީން އެވެނިއުއިން އެޕާޓްމަންޓެއް (ޕެންޓް ހައުސް) ގަނެފައިވާ މައްސަލާގައި ދައުވާކުރަން ވަނީ ފޮނުވާފައެވެ.

މި ގޮތުން މި މައްސަލާގައި ދައުވާކުރަނީ ބައްސާމާއި އޭނާގެ ގާތް އެކުވެރިޔާ އަދި އެފްއޭއެމުގެ ވަޒީފާގައި ހުރި މ. ހިރިނައިދޫ ހަސަން ވަހީދު (ދޮނާ) އާއި އެފްއޭއެމުގެ ފައިނޭންޝަލް ހެޑް ގއ. ގެމަނަފުށީ ފެހިކުރި މުހައްމަދު އަގީލް އާއި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށެވެ.

ފުލުހުން ބުނީ ބައްސާމް ހުޅުމާލެ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް އެފްއޭއެމުގެ ފައިސާ ބޭނުންކޮށްގެން ގަނެފައިވާ ކަމަށެވެ. އެއީ A1205 އެޕާޓްމަންޓާއި A1206 އެޕާޓްމަންޓް ކަމަށެވެ. އަދި މި އެޕާޓްމަންޓް ގަނެފައިވަނީ ކޮވިޑްގެ ތެރޭގައި ފުޓްބޯޅަ ކުލަބުތަކަށް އެހީވުމަށް 2021 ވަނަ އަހަރު ފީފާއިން ނެގި ލޯނެއްގެ ފައިސާއިން ކަމަށެވެ. މި ލޯނުގެ އަދަދަކީ 1،919،950 (އެއް މިލިއަން ނުވަ ސަތޭކަ ނަވާރަ ހާސް ނުވަސަތޭކަ ފަންސާސް) ޑޮލަރު އެވެ.

ފުލުހުން ބުނީ އެޕާޓްމަންޓް ގަނެފައިވަނީ މި ޑޮލަރު މާރުކޮށްގެން އެކި ކުންފުނިތަކުން އެފްއޭއެމަށް ދީފައިވާ ފައިސާ ހިމަނައިގެން ކަމަށެވެ. މި ގޮތުން އެފްއޭއެމްގެ ތިން މިލިއަން އައްޑިހަ ހަތަރު ހާސް ރުފިޔާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ. މީގެ އިތުރުން މި ފައިސާ އެފްއޭއެމުގެ އެކައުންޓަށް ވަންކަން ދެއްކުމަށް ކުންފުންޏެއް ހަދައި ލިޔެކިއުން އުފައްދާފައިވާ ކަމަށެވެ.

މި މައްސަލައިގެ އިތުރުން ބައްސާމް އެހެން ކަމެއްގައި އެފްއޭއެމުގެ 10،000 ޑޮލަރު ބޭނުންކޮށްފައިވާތީވެ އެ މައްސަލައިގައި މިހާރު ވަނީ ދައުވާކޮށްފައެވެ. އޭނާގެ އިތުރުން މި މައްސަލާގައި ދައުވާ ކުރަނީ އަގީލްގެ މައްޗަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެފްއޭއެމުގެ ފައިސާ އަށް ހިޔާނާތްވެފައިވާތީވެ ބައްސާމްގެ މައްސަލަ ފީފާ އަދި އޭއެފްސީން ވެސް ދަނީ ބަލަމުންނެވެ. މިދިޔަ ޖުލައި މަހު ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އޭނާ ނުވަ މަސްދުވަހަށް ސަސްޕެންޑްކުރީ ވެސް ފީފާއިން ދީފައިވާ އެއް މިލިއަން ޑޮލަރުގެ ލޯނުގެ ފައިސާގެ މައްސަލާގައެވެ.

ބައްސާމް އަދީލް ޖަލީލްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު