Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ޖަލްސާތައް

ރައީސްގެ ދަތުރުފުޅާއެކު މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާއަށް ފަސްކޮށްފި

6 އޮކްޓޯބަރު 2024 | އާދީއްތަ 09:42

މެންބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާތައް ރީބްރޯޑްކާސްޓް ކުރުމަށްޓަކައި ވީޑިއޯ ރޫމެއް ގާއިމްކުރުމުގެ މަސައްކަތް ދާތީ ޖަލްސާ ފަސްކުރިކަމަށް

މަޚްތޫމް
މަޚްތޫމް | 6 އޮކްޓޯބަރު 2024 | އާދީއްތަ 09:42
މަޖިލީހުގެ ރައީސް އިންޑިއާ އައުޓް ކެމްޕޭނުގައި - ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅާއެކު މަޖިލީހުގެ ޖަލްސާތައް ވަނީ ފަސްކޮށްފައި

މަޖިލީހުގެ ރައީސް އިންޑިއާ އައުޓް ކެމްޕޭނުގައި - ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅާއެކު މަޖިލީހުގެ ޖަލްސާތައް ވަނީ ފަސްކޮށްފައި | ގޫގުލް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާއެކު މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ މެންބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ހޯމަ ދުވަހު (07 އޮކްޓޯބަރު) ގައި ފެށުމަށް ހަމަޖެހިފައިވާ ޖަލްސާތައް އަންނަ ހަފްތާގެ ހޯމަ (14 އޮކްޓޯބަރު) އަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ މަޖިލީހުގެ ޖަލްސާތައް ރީބްރޯޑްކާސްޓް ކުރުމަށްޓަކައި ވީޑިއޯ ރޫމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާތީއެވެ.

Advertisement - newsAdvertisement

ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް ހަފްތާއަކަށް ފަސްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމާއި ގުޅިގެންނެވެ. ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވާ އެނބުރި ވަޑައިގަންނަވާނީ 10 ވަނަ ދުވަހުއެވެ.

އަދި 10 ވަނަ ދުވަހަކީ ބުރާސްފަތި ދުވަސްކަމުގައި ވެފައި، މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހަކަށް ނުވާތީ ދެން އެންމެ އަވަހަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ ގަވާއިދުގައި ބުނާގޮތުން ހޯމަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހިނގާ އޮކްޓޯބަރުމަހުގެ 6ން 10ށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އިންޑިއާގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ހޯމަ ދުވަހު ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަމަށް އަޑު ފެތުރިފައިވާއިރު، ރައީސްގެ މި ދަތުރުފުޅުގައި ބައިވެރިވެފައިވަނީ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މަދު މެންބަރެކެވެ. އޭގެ ތެރޭގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއަށް އިޒްރޭލު ރައްޔިތުންނަށް ނާދެވޭ ގޮތަށް ހުށަހަޅާފައިވާ ބިލާއި، މުހިންމު ގިނަ ބިލްތަކެއް ހިމެނޭހެން މަޖިލީހުގައި މަސައްކަތްތަކެއް ހުއްޓާ މަޖިލީހުގެ ޖަލްސާތައް ފެށުން ފަސްކުރުމާއެކު އާންމުންގެ ފާޑުކިއުން ވަނީ މަޖިލީހަށް އަމާޒުވެފައެވެ.

ރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲއިންޑިއާ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއަކާ ގުޅިގެން އިންޑިޔާގެ ފަސް ރައްޔިތަކު ސަލާމަތްކޮށްފި

04 އޮކްޓޯބަރު 2026
ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއަކާ ގުޅިގެން އިންޑިޔާގެ ފަސް ރައްޔިތަކު ސަލާމަތްކޮށްފި
30 ސެޕްޓެމްބަރު 2026

ރެޑް ބުލް "އެނާޖީ ޑްރިންކް" އެއްގެ ގޮތުގައި އިޝްތިހާރު ކުރެވިދާނެތޯ ބެލުމަށް ކުރިއަށްދިޔަ ގާނޫނީ ހަނގުރާމައިގެ ހުކުމް އިއްވައިފި

30 ސެޕްޓެމްބަރު 2026
ރެޑް ބުލް "އެނާޖީ ޑްރިންކް" އެއްގެ ގޮތުގައި އިޝްތިހާރު ކުރެވިދާނެތޯ ބެލުމަށް ކުރިއަށްދިޔަ ގާނޫނީ ހަނގުރާމައިގެ ހުކުމް އިއްވައިފި
29 ސެޕްޓެމްބަރު 2026

ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟

29 ސެޕްޓެމްބަރު 2026
ދެކުނު އޭޝިޔާގެ ރައްޔިތުންނަށް އެމެރިކާ މީހުން މިހާ ބޮޑަށް ނަފުރަތު ކުރަނީ ކީއްވެ؟
29 ސެޕްޓެމްބަރު 2026

އޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ތައިލެންޑާއި އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު!

29 ސެޕްޓެމްބަރު 2026
އޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ތައިލެންޑާއި އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު!
27 ސެޕްޓެމްބަރު 2026

އިންޑިޔާގެ ޚާރިޖީ ވަޒީރު ގޮވާލެއްވީ އިސްރާއީލާ ޖެހިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދޭން!

27 ސެޕްޓެމްބަރު 2026
އިންޑިޔާގެ ޚާރިޖީ ވަޒީރު ގޮވާލެއްވީ އިސްރާއީލާ ޖެހިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދޭން!
23 ސެޕްޓެމްބަރު 2026

ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟

23 ސެޕްޓެމްބަރު 2026
ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟
17 ސެޕްޓެމްބަރު 2026

ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!

17 ސެޕްޓެމްބަރު 2026
ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!
17 ސެޕްޓެމްބަރު 2026

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

17 ސެޕްޓެމްބަރު 2026
ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ
16 ސެޕްޓެމްބަރު 2026

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

16 ސެޕްޓެމްބަރު 2026
50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި
27 އޯގަސްޓު 2026

މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"

27 އޯގަސްޓު 2026
މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް