Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤައުމިއްޔަތު މިނިސްޓްރީ

ޤައުމިއްޔަތު މިނިސްޓްރީގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސާ ބައްދަލު ކުރަން އެ މުވައްޒަފުން އެދިއްޖެ، ނަމަވެސް އަދި ޖަވާބެއް ނެތް

ސިވިލް ސާވިސްއަށް ހުށަހެޅި ނަމަވެސް މިހާތަނަށް އެއްވެސް ވަރެއްގެ އަޕްޑޭޓެއް ދީފައިނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2024 | ބުދަ 04:42
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީ

ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީ

ގައުމިއްޔަތު މިނިސްޓްރީގައި މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތް ކަމަށް ބުނެ މުވައްޒަފުން ޕެޓިޝަން ހުށަހެޅުމުގެ ސަބަބުން  މުވައްޒަފުން އެކަހެރިކޮށް ނިކަމެތި ކުރަމުންދާކަމަށް ބުނެ، އެ މުވައްޒަފުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރުމަށް އެދިއްޖެއެވެ.

ރާއްޖެއެމްވީއާ ކަންބޮޑުވުން ހިއްސާކުރި މުވައްޒަފުން ބުނީ، 11 ސެޕްޓެމްބަރު 2024 ގައި ކޮމިޝަނަށް 22 ސިވިލް ސަރވިސް ގެ މުވައްޒަފުން ހުށަހެޅި ޕެޓިޝަންގައި ބަޔާން ކޮށްފައިވާ އެކްޓިންގ ޕީއެސް އާތިކާ އިބްރާހީމް ގެ މަސްލަހަތު ހިމެނޭ މައްސަލަ ބަލާއިރު އޭނަ މަގާމުގެ ނުފޫޒު ބޭނުންކުރާގޮތަށް މާހައުލު އޮތް ކަމަށާއި، އެއީ ގައުމެއްގެ ރައްޔިތެއްގެ ހައިސިއްޔަތުންނާއި، ސަރުކާރަށް ހިދުމަތްކުރާ މުވައްޒަފެއްގެ ހައިސިއްޔަތުން ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

އަދި އެކަމުގެ ސަބަބުން ނަފްސާނީގޮތުން ގެއްލުންވެ، ބިރުވެރިކަމެއްގައި އެތައް މުވައްޒަފުންތަކެއް ތަހައްމަލުކުރަން ޖެހޭ ކަމެއްކަމަށް މުވައްޒަފުން ކިޔާދިނެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި މުވައްޒަފުން ކިޔާދިން ގޮތުގައި މި ޕެޓިޝަން ހުށަހެޅިފަހުން ވުޒާރާގެ ވަޒީރު އަދި އެކްޓިންގް ޕީއެސް ކަމާއި ހަވާލުވެ ހުންނެވި ފަރާތުން އިތުރަށް މުވައްޒަފުން ނިކަމެތިކޮށް، އެކަހެރި ކުރުމުގެ މާހައުލެއް ވަނީ އުފައްދަވާފައެވެ.

އޭގެ އިތުރުން، މި ކަންތައްތައް ސިވިލް ސާވިސްއަށް ހުށަހެޅި ނަމަވެސް މިހާތަނަށް އެއްވެސް ވަރެއްގެ އަޕްޑޭޓެއް ދީފައިނުވާކަންވެސް މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މުވައްޒަފުން ވަނީ މި މައްސަލައިގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރުމަށް އެދިފައެވެ. އެގޮތުން ރަސްމީ 3 ދުވަސް ވެގެންދާއިރުވެސް މިހާތަނަށް އަދި ރައީސް އޮފީހުން ޖަވާބެއް ދީފައިނުވާތީ އެކަމުގެ ކަންބޮޑުވުން މުވައްޒަފުން ވަނީ ރާއްޖެއެމްވީއާ ހިއްސާކޮށްފައެވެ.

ރާއްޖެއެމްވީއާ ކަންބޮޑުވުން ހިއްސާކުރި މުވައްޒަފުން ބުނީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގައިވާ ދިވެހި ސިވިލް ސަރވިސްގެ އަސާސި ސިފަތަކުގެ ތެރޭގައި އިންސާފުވެރިކަމާއި، ތެދުވެރިކަމާއިއެކު ވަކިފަރާތަކަށް ނުޖެހި، ދިވެހި ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ލިބެދެވޭނެ ޤާބިލުކަން ހުންނަންޖެހޭ ކަމަށާއި، މަސައްކަތުގެ މާޙައުލާގުޅޭ ކަންކަމުގައި، މުވައްޒަފުން ފާޅުކުރާ ޚިޔާލާއި، ދޭ ލަފާ، އަދި މުވައްޒަފުންގެ އެއްބާރުލުމާއި، ބައިވެރިވުމުގެ އަގުވަޒަންކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެކަންކަން ހިނގަމުން ނުދާކަން މުވައްޒަފުން ފާހަގަކުރެއެވެ.

ގައުމިއްޔަތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ

އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ

01 މެއި 2025
ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި

ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި

30 އެޕްރީލު 2025
ގައުމިއްޔަތަކީ ތަރައްގީގެ މަސައްކަތް ނުހިނގާތީ އެ ވާހަކަ 'އޮއްބާލަން' މި ސަރުކާރުން އަޑުގަދަކޮށް ދައްކާ ވާހަކައެއް - ތޯރިގު

ގައުމިއްޔަތަކީ ތަރައްގީގެ މަސައްކަތް ނުހިނގާތީ އެ ވާހަކަ 'އޮއްބާލަން' މި ސަރުކާރުން އަޑުގަދަކޮށް ދައްކާ ވާހަކައެއް - ތޯރިގު

01 އޮކްޓޯބަރު 2024
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު