Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިޖީއެމްއެޗް

25 ބުރީގެ އިމަރާތުގެ ކޮންކްރިޓް މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ: އައިޖީއެމްއެޗް

އައިޖީއެމްއެޗް އިން މިހާރު ދެމުން ގެންދާ ހުރިހާ އައުޓް ޕޭޝަންޓް ޚިދުމަތްތައް އާ އިމާރާތަށް ބަދަލު ކުރެވޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 16 އޯގަސްޓު 2017 | ބުދަ 08:12
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ވަރަށް ބާރަށް ކުރިއަށް އެބަދޭ

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ވަރަށް ބާރަށް ކުރިއަށް އެބަދޭ

"ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ" ޤާއިމްކުރުމަށް އައިޖީއެމްއެޗްގެ ހަދާ 25 ބުރީގެ އިމާރާތުގެ ކޮންކިރިޓް މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ޢިމާރާތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މަޢުލޫމާތު ދެއްވަމުން، އައިޖީއެމްއެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ، އަޙްމަދު މަޢުސޫމް ވިދާޅުވީ، މިހާރު ކުރިއަސް ދަނީ 25 ވަނަ ބުރީގެ ޝީޓް އެޅުމުގެ މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

މައުސޫމް ވިދާޅުވީ ކޮންކިރިޓް މަސައްކަތް ނިމުމަށް ފަހު ދެން ކުރިއަސް ދާނީ ކަރަންޓްވައިރިންއާއި އެތެރޭގައި ކުރަން ޖެހޭ އެހެނިހެން މަސައްކަތްތައް ކަމަށެވެ.

އެގޮތުން އެކިއެކި ފަންގިފިލާތަކުގައި ޖަހަން ޖެހޭ ޕާޓްޝަންތައް ޖެހުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށާއި މިހާރު އެ މަސައްކަތް ވެސް 18 ވަނަ ފަންގިފިލާއާ ހަމަ އަސް ކުރެވިފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ރާއްޖެއެމްވީ އަސް މީގެކުރިން ދެއްވި އިންޓަވިއުއެއްގައި މައުސޫމް ވިދާޅުބެފައި ވަނީ "ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ" ޤާއިމްކުރުމަށް އައިޖީއެމްއެޗްގެ ހަދާ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމި ހިދުމަތް ދޭން ފެށުމުން ހޮސްޕިޓަލްގެ ހިދުމަތްތައް ތިން ގުނަ އަށް އިތުރުވެގެންދާނެ ކަމަށެވެ.

މަޢުސޫމް ވިދާޅުވީ، އައިޖީއެމްއެޗްގައި މިހާރު އެންމެ ބޮޑަށް ދިމާވެފައި ދައްޗަކީ ޖާގައިގެ ދަތިކަމާއި އެނދުގެ ދަތިކަން ކަމަށެވެ. ނަމަވެސް އާ އިމާރާތް ނިމި ހިދުމަތް ދޭން ފެށުމުން އެ ދަތިތަކަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެގޮތުން އައިޖީއެމްއެޗްގެ ބެޑް ކެޕޭސިޓީ 500 އަށް އިތުރު ވެގްނދާނެކަން މައުސޫމް ފާހަގަ ކުރެއްވިއެވެ.

މައުސޫމް ވިދާޅުވީ އާ ހިދުމަތްތައް ތަޢާރަފް ކުރެވިގެންދާއިރު އެ ހިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް ވެސް ޖާގަ ބޭނުންވާ ކަމަށެވެ. އެގޮތުން އާ އިމާރާތާއެކު އެކަމަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ އައިޖީއެމްއެޗްގެ އާ އިމާރާތް ފަރުމާ ކޮށްފައި ވަނީ ހޮސްޕިޓަލުން ދެމުން ގެންދާ ހިދުމަތްތައް ވަރަށް ބޮޑަށް އިތުރު ކުރެވޭނެ ގޮތަށް ކަމަށެވެ. އެގޮތުން އާ އިމާރާތުން ހިދުމަތް ދޭން ފެށުމާ އެކު އިތުރު ދެ އެމްއާރުއައި މެޝިނާއި ސީޓީސްކޭންގެ ދެ މެށިން ބެހެއްޓިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ބޭނުން ކުރަމުންދާ އިމާރާތުގައި ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުންނަށް ތަފާތު އެކި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ނަމަވެސް އާ އިމާރާ ނިމި ހިދުމަތް ދޭން ފެށުމުން ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލި މީހުންނަށް މިހާރަށް ވުރެ އަވަހަށް ހިދުމަތް ލިބި ފަސޭހަ ކަމާއެކު ގިނަ އަދަދެއްގެ ބަޔަކަށް އެއް ފަހަރާ ހިދުމަތް ދެވޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެގޮތުން އައިޖީއެމްއެމްޗްގެ އެކި ޑިޕާޓްމެންޓްތަކުން ދެމުން އަންނަ ހުރިހާ ހިދުމަތެއް ވެސް ދެގުނަ އަށް އިތުރުވެގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން މައުސޫމް ވިދާޅުވީ މިހާރު ބޭނުން ކުރަމުންދާ އިމާރާތުގައި ޑޮކްޓަށް ދެއްކުމަށް އަންނަ ބަލި މީހުން ތިބޭނެ އެކަށީގެންވާ ތަންތަން ގާއިމް ކުރެވިފައި ނެތް ކަމަށާއި ސަބަބަކީ އެ ވަރަށް ޖާގަ ނެތުން ކަމަށް މައުސޫމް ވިދާޅުވިއެވެ.

ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލި މީހުން އިށީދެލައިގެން ތިބޭނެ ޖާގަ އާއިމާރާތާ އެކު ގާއިމް ކުރެވިގެންދާނެ ކަމަށާއި އަދި އެންމެ އެއްތަނަކަށް ތޮއްޖެހިގެން ތިބެން ޖެހޭ މައްސަލަ އަށް ވެސް ހައްލު ލިބި، ހިތްހަމަޖެހިގެން ފެސާހަ ކަމާއެކު ޑޮލްޓަރަށް ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓާ" ނިމުމުން އައިޖީއެމްއެޗުން މިހާރު ދެމުން ގެންދާ ހުރިހާ އައުޓް ޕޭޝަންޓް ޚިދުމަތާއި ރާއްޖޭގައި ފަރުވާދިނުމަށް ބޭނުންވާ ބަލިތަކުގެ މުހިންމު ހުރިހާ ތަޙްލީލްތަކެއް ހެދޭނޭ އިންތިޒާމް ޤާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި އިތުރު އާ ހިދުމަތްތައް ވެސް ތަޢާރަފް ކުރެވޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެގޮތުން ސްޕޯޓްސް މެޑިސިންގެ ޚިދުމަތާއި ފިޒިއޯތެރެޕީ ހައިދްރޯތެރެޕީ އަދި އިތުރު ޚިދުމަތްތަކެއް އައިޖީއެމްއެޗްއަށް ތަޢާރަފުކުރާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ. ހަމައެހެންމެ ރޭޑިއޮލޮޖީގެ ޚިދުމަތް ވެސް އިތުރަށް ފުޅާވެގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މީގެއިތުރުން ނެޝަނަލް ޑައިގްނޯސްޓިކް ޢިމާރާތުގައި ޗައިލްޑް ކެއަރ ސެންޓަރަކާއި، ޖިމާއި، ރިހެބިލިޓޭޝަން ސުއިޓެއް ވެސް ހިމެނެއެވެ. އަދި ހައިޑްރޯ ތެރަޕީ ސުއިޓެއްގެ ގޮތުގައި ބޭނުންކުރާނެ ސްވިމިންގޕޫ ލްވެސް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ 25 ބުރީގެ މި ޢިމާރާތުގެ މަސައްކަތް 2018 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނިންމައި، އެތަނުގެ ޚިދުމަތް ޢާއްމުންނަށް ދެއްވަން ފެއްޓުން ކަމަށް މައުސޫމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު