Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރުން

ކޮވިޑް-19: ރާއްޖެ މިހާރު ދާން މިއުޅެނީ ކޮން މިސްރާބަކަށް؟

މިމަހުގެ 28ގައި ފުރަބަންދުގެ މުއްދަތު ހަމަވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 މެއި 2020 | ބުދަ 10:35
ހުޅުމާލޭގެ މަގެއް، މާލެއިން ކޮވިޑްގެ ކޭސްއެއް ފެނުމާއި ގުޅިގެން އޭޕްރީލް މަހުގެ 15 ގައި މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައި

ހުޅުމާލޭގެ މަގެއް، މާލެއިން ކޮވިޑްގެ ކޭސްއެއް ފެނުމާއި ގުޅިގެން އޭޕްރީލް މަހުގެ 15 ގައި މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައި

ގައުމަކަށް ފަހު ގައުމެއް ހިސާރުކުރަމުން އައިސް، ކޮވިޑް-19ގެ އާލަމީ ވަބާ މި ރާއްޖެ ވެސް ހިސާރުކޮށްފި އެވެ. މިހާރު ކުރަމުން މި އަންނަނީ މި ވަބާ ކޮންޓްރޯލްކުރުމުގެ މަސައްކަތެވެ. އެކަމަކު ބައެއް މީހުން މި ވަނީ ބަލި ނުޖެހި ވެސް 'ބަލި" ވެފަ އެވެ. އޭގެ ތެރެއިން އެއް ބަޔަކު ބަލި ވަނީ ވައިރަސް ރާއްޖޭގައި އުޅޭތީ ބިރުންނެވެ. އަނެއް ބަޔަކު ބަލި ވަނީ ވައިރަހާ ދެކޮޅަށް އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުގެ ސަބަބުން ގޭގައި ތާށިވެފައި ތިބެން ޖެހޭތީވެ އެވެ.

އެހެންވެ މިހާރު ގިނަ ބަޔަކު ތިބީ ފުރަބަންދަށް ލުއިތަކެއްދީ ބޭރަށް ނުކުމެވޭނެ ދުވަހެއްގެ އިންތިޒާރެއްގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މާލޭން ކޮވިޑް-19ގެ ކޭހެއް ފެނުމާ ގުޅިގެން މުޅި ސިޓީ ފުރަބަންދަކަށް ދިޔައީ އޭޕްރީލް މަހުގެ 15 ގައެވެ. މިމަހުގެ 28 ގެ ނިޔަލަށް ފުރަބަންދުގެ މުއްދަތު ހަމަވުމުން ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އިއުލާނު ކުރައްވާފަ އެވެ.

ރައީސްގެ މި މެސެޖާއެކު ގިނަ ބަޔަކު އުފަލުން ފޮޅުނެވެ. ނަމަވެސް ސަރުކާރުން ލުއިތައް ދިނުމަށް ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެހެންކަމުން ކޮވިޑް-19އާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުގައި މިފަހަރު މިސްރާބު ޖަހާފައި ވަނީ ކޮން ދިމާލަށްކަމާ މެދު ރައްޔިތުން ރަނގަޅަށް ވިސްނާލަން އެބަ ޖެހެއެވެ.

އެގޮތުން ރާއްޖޭގައި މިހާރު ދާން މިއުޅެނީ ބައެއް ޤައުމުތަކުގައި ބޭނުންކުރާ 'އިންޓަމިޓެން' އަދި 'ސްމާޓް ލޮކްޑައުނަށްތޯ' ސުވާލު އުފެދެއެވެ. އަދި މިއީ އެންމެ ރަނގަޅު ގޮތްތޯ އާއި އަދި 'ހާޑް އިމިއުނިޓީ' އަކީ މިކަމުގައި އެންމެ ރަނގަޅު ގޮތްތޯ ވެސް ސުވާލު އުފެދެއެވެ. މިއީ މިހާތަނަށް ކޮވިޑް-19ގެ އެންމެ ގަދައަށް ފެތުރި، އެކަމަކު މިހާރު ވަކި މިންގަނޑަކަށް ކޮންޓްރޯލް ކުރެވިފައިވާ ޕާކިސްތާން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއާއި އެހެނިހެން ބައެއް ގައުމުތަކުގައި ބޭނުން ކުރި މެތޮޑެވެ.

މިމެތޮޑްގައި ކޭސްތައް މަދުވާން ފެށުމުން ސަރުކާރުން 'ލޮކްޑައުން' ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ފަށާނެ އެވެ. އޭރަށް މީހުން ބޭރަށް ނުކުމެ އުޅެން ފެށުމުން ކޮވިޑް-19ގެ ކޭސްތައް އަނެއްކާ ވެސް އިތުރުވާން ފަށައިފިނަމަ ސަރުކާރުން އަނެއްކާ ވެސް 'ފުލް ލޮކްޑައުން' އަކަށް ދާނެއެވެ. މިގޮތަށް ކުރާ 'ލޮކްޑައުން' އަށް މިކިޔަނީ 'އިންޓަރމިޓެންޓް' ނުވަތަ 'ސްމާޓް ލޮކްޑައުން' އެވެ. މިގޮތަށް މިކަން ކުރުމުން ބަލި ޖެހި ރަނގަޅުވަމުންދާ ވަރަކަށް މީހުންގެ ދިފާއީ ނިޒާމު ވަރުގަދަވެ ދެވަނަ ފަހަރަށް ބަލި ނުޖެހި ހިފަހައްޓާނެ އެވެ. އަދި 'ހާޑް އިމިއުނިޓީ' އަކަށް ބަދަލުވާނެ އެވެ. ކައިރި މުސްތަގުބަލެއްގައި ވެކްސިން ލިބެން ނެތް ނަމަ 'ސްމާޓް ލޮކްޑައުން' އަކީ 'ހާޑް އިމިއުނިޓީ' އަކަށް ދެވޭނެ އެންމެ ފަސޭހަ ގޮތް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

'ހާޑް އެމިއުނިޓީއާ' ބެހޭ ގޮތުން ޑރ. މުހައްމަދު ވިޝާމް ވިދާޅުވީ އެއީ އެމީހެއްގެ ދިފާއީ ނިޒާމު އަމިއްލައަށް ވައިރަސް ނުވަތަ ބަލި މަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުން ދަސްކުރުން ކަމަށެވެ. މިގޮތަށް މިކަން ވަނީ އެމީހަކަށް ބަލި ޖެހުމުން ބަލިން އަރައިގަތުމަށް ދިފާއީ ނިޒާމު މަސައްކަތްކޮށް އެކަން ކާމިޔާބުވުމުން ކަމަށާއި، އެހެން ވުމުން ދެވަނަ ފަހަރަށް މި ވައިރަސް ނުވަތަ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ޑޮކްޓަރ ވިދާޅުވި އެވެ.

މުޖުތަމައު ގިނަ ބަޔަކު ދިފާއި ނިޒާމުން މިގޮތަށް މަސައްކަތްކޮށް ކުރަން ފެށުމުން ވައިރަސް އުފުލާނެ އިތުރު މީހުން ނެތުމުން ނުވަތަ ބަލި ޖެހޭނެ އިތުރު ބަޔަކު ނެތުމުން ވައިރަސް ނުވަތަ ބަލި ފެތުރުން ހުއްޓިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި ހާލަތުގައި 'ލޮކްޑައުން' ކުރި މައިގަނޑު މަގުސަދު މަތިން ދިވެހި ރައްޔިތުން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ނޫންނަމަ 'ލޮކްޑައުން'ގެ ބޭނުން ކެނޑި ސިއްހީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި، މަރުކަޒުތައް އަދި ފެސިލިޓީތައް ފުރި ގިނަ ބަޔަކަށް ފަރުވާ ނުދެވި ގިނަ ބަޔަކު މި ދުނިޔެ ދޫކޮށް ދިއުމުގެ ބިރު އޮންނާނެ އެވެ.

އެއީ ކޮވިޑް-19 ނުރައްކާ ވަނީ ގިނަ ބަޔަކު ޕޮޒިޓިވްވެ، ފަރުވާ ނުދެވުމުންނެވެ. ވެކްސިން ނެތް ކިތަންމެ ވައިރަހެއް ދުނިޔޭގައި ފެތުރިގެން ދިޔަ ނަމަވެސް ކޮވިޑް-19 ގޮތަށް ހަލުވި މިނެއްގައި ފެތުރިގެން ގޮސްފައެއް ނުވެއެވެ. މިސާލަކަށް ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ފެތުރުގެން ދިޔައީ H1N1 އެވެ. މިއީ ވެސް ވެކްސިން ނެތް ބައްޔެއް ނަމަވެސް ނުރައްކާ ނުވަނީ ކޮވިޑް-19ގެ ގޮތަށް ހަލުވި މިނެއްގައި ފެތުރިގެން ނުދާތީ އެވެ.

ކޮވިޑް-19 ޖެހި މަރުވާ ގިނަ މީހުންނަކީ ބަލީގެ 'ހައި ރިސްކް' މީހުންނެވެ. މިސާލަކަށް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ. މިފަދަ މީހުންނަކީ ކޮވިޑް-19ގެ އިތުރުން އެހެން ވައިރަސްތަކުގަ ވެސް ޖެހުމުގެ ނުުރައްކާ ބޮޑު މީހުންނެވެ. އެހެންކަމުން މިވައިރަސްގައި ގިނަ މީހުން ވިސްނަމުންދާ ގޮތް ބަދަލު ކުރަން ޖެހެއެވެ. ތިމާގެ ވިސްނުން 'ނެގެޓިވް' ވެއްޖެނަމަ ނުވަތަ ދެކެމުންދާ ގޮތް ރަނގަޅު ވިސްނުމަކަށް ބަދަލުކޮށްފި ކަމުގައިވާނަމަ ޑިޕްރެޝަން، އެންޒައިޓީ ފަދަ ބަލިތަކުން ދުރުވުން ގާތް ކަމަށް މަޝްހޫރު ނަފުސާނީ އިލްމުވެރިޔާ ޑރ އައިޝަތު އަލީ ނާޒް ވެސް ވިދާޅުވެފައިވެއެވެ. އަދި ނަފުސާނީ ދުޅަހެޔޮކަމަށް ޕޮޒިޓިވް ވިސްނުމަކީ މުހިންމު ދައުރެއް އަދާ ކުރާ އެއްޗެއް ކަމަށް ޑރ. ނާޒް ވިދާޅުވެފައި ވެއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އެތެރެ ހަށީގެ ޚާއްސަ ޑރ. މޫސާ މުރާދު ވިދާޅުވާ ގޮތަށް ކޮވިޑް-19ށް ދާއިމީ ވެކްސިން އެއް ލިބެންދެން ކޮވިޑް-19އާއެކު ދިރިއުޅެން ދަސްކުރަން އެބަ ޖެހެއެވެ. މަދު މަދުން ދެވޭ ލުއިތަކުގެ ބޭނުން ހިފާ، ބަލި އެހެން މީހުންނަށް ފެތުރުނަ ނުދިނުމަށް ފަރުދީ ޒިންމާ ނަގަން ޖެހެއެވެ.

ބަލި ފެތުރަނަ ނުދިނުމަށް ކުރާ މަސައްކަތުގައި ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ޑޮކްޓަރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓާ ކަމުގައި ވާނަމަ މަދުމަދުން' ބަލި ފެނުނު ކަމުގައި ވިޔަސް މިކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެންއީއޯސީގެ ޑޮކްޓަރުންގެ ޓީމުން ބުނެއެވެ.

އެގޮތުން 'ނިއު ނޯމަލް' ގައި ދިރިއުޅުމަށް ދަސްކޮށް، ވައިރަސް ކުއްލިއަށް ފެތުރުނަ ނުދިމަށް ރާއްޖޭގެ އެންމެހާ ރައްޔިތުން މަސައްކަތް ކުރަން ޖެހެއެވެ. ނޫންނަމަ ކޮވިޑް-19 ފެނިގެން ދާނީ ނުރައްކާތެރި ބިރުވެރި ވައިރަހެއްގެ ގޮތުގައެވެ. އަދި ވާޞިލު ވުމަށް މަސައްކަތް ކުރަމުންދާ މިޞްރާބު ބަދަލުވެ، ވޭނީ ދުވަސްވަރެއް ތަޙަމައްލު ކުރުމުގައި ދެމިތިބެން ޖެހިދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު