Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފަހަރިންގެ މެދުގައި އޮންނަ ގުޅުން

ފަހަރިންގެ މެދުގައި ގިނަ ފަހަރަށް ހަސަދަވެރިކަމާއި ޚިލާފުތައް އުފެދުމުގެ އަސްލަކީ ކޮބައިބާ؟

ފަހަރިންގެ މެދުގައި އުފެދޭ ހަމަނުޖެހުމުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. މިފަދަ ވާހަކަތައް މީޑިއާގައި އަބަދުވެސް ދެކެވެމުންދެއެވެ. ސުވާލަކީ، ފަހަރިންނާ އެކު ގާތްގުޅުމެއް ބާއްވަން ގިނަ މީހުންނަށް މިހާ އުދަނގޫ ވަނީ ކީއްވެތޯއެވެ؟

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2024 | ބުދަ 09:32
ގިނަ ފަހަރަށް ފަހަރިންގެ މެދުގައި އޮންނަނީ އެހާ ގާތްގުޅުމެއް ނޫން ކަމަށް ގިނަ ދިރާސާތަކުން ހާމަވޭ

ގިނަ ފަހަރަށް ފަހަރިންގެ މެދުގައި އޮންނަނީ އެހާ ގާތްގުޅުމެއް ނޫން ކަމަށް ގިނަ ދިރާސާތަކުން ހާމަވޭ

ދުވަހުގެ އެންމެ އުފާވެރި ވަގުތަކީ އެއްބަނޑު އެއްބަފާ ދައްތައާ ވާހަކަ ދައްކާލެވޭ ވަގުތެވެ. ވާހަކަ ދެއްކުމުގެ ބޭނުން މާ މުހިންމެއް ނޫނެވެ. ބައެއް ފަހަރު އެއީ އެދުވަހު ވީކަމެއް ހިއްސާކުރަން ނުވަތަ ކަމަކާ ވަރަށް ބޮޑަށް ހާސްވާނަމަ، އެ އިހުސާސްތައް ކިޔައިދީ ހިތަށް ތަސައްލީ އެއް ގެނައުން ކަމަށްވެދާނެއެވެ. އަނެއްބައި ފަހަރު އެއީ މަޖާ ވާހަކައެއް ނުވަތަ ކުއްލިއަކަށް ހަނދާންވި ހަނދާނެއް ހިއްސާކުރުން ކަމަށްވެސް ވެދާނެއެވެ. މިފަދައިން ދައްތައިންނާ މެދު ދެކޭ މީހުން ރާއްޖޭގައިވެސް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އުޅެއެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި އެއްބަނޑު އެއްބަފާ އުޚްތުންގެ މެދުގައި އޮންނަ ގާތްކަން، އެއްބަނޑު އެއްބަފާ އެހެން މީހުންގެ މެދުގައި އޮންނަ ގުޅުމަށްވުރެ މާ ބޮޑަށް ފައިދާހުރި އަދި އެދެވޭ ގުޅުމަކަށް ވެދާނެއެވެ. މީގެ ކުރިން އެއްބަނޑުއެއްބަފާ މީހުންނާ ގުޅޭގޮތުން ކުރެވިފައިވާ ގިނަ ދިރާސާތަކުން ދައްކާގޮތުގައި، އުމުރުން ދުވަސްވެ، އަމިއްލަ ދިރިއުޅުމެއް ފަށާ ހިސާބުން، އެއްބަނޑުއެއްބަފާ މީހުންގެ މެދުގައި ހުންނަ ޚިލާފުތައް މަދުވެ، ގާތްކަން އިތުރުވެއެވެ.

އެއްބަނޑުއެއްބަފާ މީހުންގެ މެދުގައި އޮންނަ ގުޅުން، ޖިންސާއި އާއިލާގެ ތެރޭގައި އޮންނަ ދަރަޖައާ ގުޅިގެން ތަފާތުވޭތޯ ބެލުމަށްޓަކައި 1995 ވަނަ އަހަރު ޕެންސިލްވޭނިއާ ސްޓޭޓް ޔުނިވަރސިޓީ  އިން 18 އަހަރުގެ މުއްދަތަކަށް ދިރާސާއެއް ކުރިއެވެ. މި ދިރާސާގައި އެންމެ ފުރަތަމަ ބައިވެރިވި 201 އާއިލާގެ ތެރެއިން ދިރާސާ ނިމުނުއިރު ތިބީ 61 އާއިލާއެވެ.

ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ދިރިއުޅުމުގެ އެކި ހާދިސާތަކާ ގުޅިގެން ގާތްކަމާއި ޚިލާފުތަކުގެ މިންވަރު އުސްގަނޑުތަކާއިި އަޑިގަނޑުތައް ގިރާކުރަމުން ދިޔަ ނަމަވެސް، އެންމެ ހަރުދަނާ އަދި އިޖާބީ ގުޅުމަކީ އެއްބަނޑުއެއްބަފާ އަންހެނުންގެ މެދުގައި އޮންނަ ގުޅުމެވެ. މިއީ އެހެން އެއްބަނޑުއެއްބަފާ މީހުންގެ ނުވަތަ އާއިލާގެ މެންބަރުންގެ މެދުގައި އޮންނަ ގުޅުމަކަށްވުރެ ވަރުގަދަ ގުޅުމެކެވެ.

ކަންމިހެން އޮތް ނަމަވެސް، ފަހަރިންނާ ހިސާބުން މިވާހަކަ މުޅިން ބަދަލުވެއެވެ. ދިރާސާވެރިން ބުނާގޮތުން ފަހަރިންނާ އޮންނަ ގުޅުމަކީ އާއިލީ ގުޅުންތަކުގެ ތެރެއިން އަންހެނަކަށް ކުރިމަތިވެދާނެ އެންމެ އުނދަގޫ ގުޅުންތަކުގެ ތެރެއިން އެކެއް ކަމުގައި ވެދާނެއެވެ.

"މިއީ އަހަރެންނަށް ވަރަށް ރަނގަޅަށް ތަޖުރިބާ ކޮށްފައިވާ ކަމެއް. މިހާރު އަހަރެމެންގެ މެދުގައި ރަނގަޅު ގުޅުމެއް އޮތް ނަމަވެސް ގިނަ އަހަރުތަކެއް ވާންދެން އަހަރެންގެ ފަހަރިއަކާ އޮތީ ހިތާމަވެރި ގުޅުމެއް. އަހަރެންގެ ފިރިމީހާގެ ގެއިން ރޮމުން ރޮމުން ދިޔަ އަދަދު އަތުގެ އިނގިލިތަކުން ގުނާލެވޭ ވަރަށްވުރެ ގިނަ. ކޮޓަރި ތެރޭގައި ހުރެ ރައްޓެހިންނަށް ފޯނުން ގުޅައި ރޮއެ ހެދި އަދަދު ވެސް މަދެއް ނޫން. އަދި ފިރިމީހާގެ އާއިލީ ޙަފްލާއެއް ކައިރިވަމުންދާއިރު އިންތިހާއަށް ނުތަނަވަސްކަން އިޙްސާސްކުރި ވަގުތުތައް ވެސް މަދެއް ނޫން،"  މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ އަންޔާ މެޔަރޮވިޓްޒް އޭނާގެ އަމިއްލަ ތަޖުރިބާ ހިއްސާކުރަމުން ކިޔައިދިނެވެ.

ފަހަރިންގެ މެދުގައި އުފެދޭ ހަމަނުޖެހުމުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. މިފަދަ ވާހަކަތައް މީޑިއާގައި އަބަދުވެސް ދެކެވެމުންދެއެވެ. އެންމެ މަޝްހޫރު މިސާލެއްގެ ގޮތުން ބުނާނަމަ، އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން  އަދި ޕްރިންސަސް އޮފް ވޭލްސް ކޭޓް މިޑްލްޓަން އާއި ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް އާ ދެމެދު އުފެދުނު އާއިލީ ހަމަނުޖެހުމެވެ.

ދިރާސާތަކުން ދައްކާގޮތުގައި ފިރިހެނުންނަށްވުރެ އަންހެނުންގެ ރައްޓެހިން ގިނައެވެ. އަދި ރަހުމަތްތެރިން ހޯދުމުގައިވެސް ފިރިހެނުން އަންހެނުންނަށްވުރެ ކުޅަދާނައެވެ. އެހެންކަމުން، ފަހަރިންނާ އެކުގައި އޮންނަ ގުޅުމުގައި އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ދަތިވާ ކަމަކީ ކޮބައިތޯއެވެ؟

ތެރަޕިސްޓް އަދި ނަފްސާނީ ދުޅަހެޔޮކަމުގެ މާހިރެއް ކަމުގައިވާ ސޯފީ ކްރެސް ބުނާ ގޮތުގައި ފަހަރިންނާ އެކު އޮންނަ ގުޅުމަކީ ނަފްސާނީ އަދި އިޖްތިމާޢީ ސަބަބުތަކާ ހުރެ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ގުޅުމެކެވެ. މި ގުޅުމުގައި ހަސަދަވެރިކަމާއި ވާދަވެރިކަމުގެ އިހުސާސްތައް އުފެދިދާނެއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، ފަހަރިންނަކީ އެކިއެކި އާއިލާ ތަކުން އައިސްފައިވާ ބަޔަކަށް ވާތީ، އެ އާއިލާ ތަކުގެ މެދުގައި ޤަބޫލުކުރާ ޤަބޫލުކުރުންތަކާއި، އާދަކާދަތަކާއި، އަދި އުންމީދުތައްވެސް ތަފާތުވާނެއެވެ. ސޯފީ ބުނަނީ މި ތަފާތުތަކުގެ ސަބަބުން އޮޅުންތަކާއި ނަފްސާނީ ފިއްތުންތައް ކުރިމަތިވެދާނެ ކަމަށެވެ.

ފަހުގެ ދިރާސާތަކުން ހާމަވާ ގޮތުގައި ފަހަރިންގެ މެދުގައި އޮންނަ ގުޅުމުގައި އުފެދޭ ވާދަވެރިކަމާއި، ޖަޒްބާތީ ގާތްކަމާއި، އަދި ޘަޤާފީ ތަފާތުތަކުގެ ސަބަބުން ހަޤީޤަތުގައިވެސް އެމީހުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވެގެން ދެއެވެ. އެއްބަނޑު އެއްބަފާ މީހުންނާ މެދު އޮންނަ ގުޅުމާ ޚިލާފަށް ފަހަރިންނާ އެކު އޮންނަ ގުޅުމަކީ އޮޅުންބޮޅުންވެ، ބައެއް ފަހަރު ގާތް ގުޅުމެއް، އަނެއްބައި ފަހަރު ވަރަށް މައްސަލަ ބޮޑު ގުޅުމަކަށް ވެއެވެ.

ސޯފީ ލަފާދޭ ގޮތުން، މި މައްސަލަ ޙައްލުކުރުމަށް 'އަނެކާގެ އިޙްސާސްތަކަށް އިޙްތިރާމްކުރުން' ވަރަށް މުހިއްމެވެ. އޭނާ ވިދާޅުވަނީ ފުރަތަމަ ކަމަކަށް، ތިމާގެ ނަޒަރިއްޔާތާއި އަމަލުތަކުގެ ފަހަތުގައިވާ ސަބަބުތައް ދެނެގަތުމަށް މަސައްކަތްކުރުމަށެވެ. ސަބަބަކީ، ގިނަ ފަހަރަށް ސާދާ ވާހަކައަކުން އޮޅުންތައް ފިލުވައި، މާޙައުލު ސާފުކޮށްލެވިދާނެއެވެ. އަދި އަމިއްލަ އިޙްސާސްތައް ތެދުވެރިކަމާއި އިޙްތިރާމާއެކު ފާޅުކުރުމުންވެސް ފަހަރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ގޯސްވިޔަ ނުދިނުމަށް އެހީތެރިވާނެކަމަށް ސޯފީ ބުންޏެވެ.

ހަމައެއާއެކު، ކޮންމެ ކަމެއްގައިވެސް ވަކި އިންތަކެއް ކަނޑައަޅާފައި ހުރުން ވެސް މުހިއްމެވެ. ސޯފީ ކްރެސް ބުނެފައިވާ ގޮތުގައި އަމިއްލައަށް ޤަބޫލުކުރެވޭ އަދި ތަޙައްމަލުކުރެވޭނެ ޢަމަލުތަކަކީ ކޮބައިކަން ކަނޑައަޅައި، މި އިންތައް ސާފުކޮށް އަނެކާއަށް އަންގައިދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ހަމައެއާއެކު، ދެމީހުން އެކުގައި ކުރަން ޝައުޤުވެރިވާ ކަންތައްތައް ހޯދައި، ފައިދާހުރި ގޮތެއްގައި ވަގުތު ހޭދަކުރުމަށް މަސައްކަތްކޮށްގެން އެކަށީގެންވާ ގުޅުމެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ ވެސް ބުއްދިވެރިގޮތެކެވެ.  އަނެކާގެ ރަނގަޅު ސިފަތަކުގެ އަގުވަޒަންކޮށް، އެކަން ފާޅުކުރުމަކީވެސް ގުޅުން ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ސޯފީ ފާހަގަ ކުރިއެވެ.

ހަނދާންބަހައްޓާށެވެ. ކެތްތެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ކޮންމެ ކަމެއްގައިވެސް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. ކޮންމެ ގުޅުމެއްގެ ވެސް ޠަބީޢަތް ބަދަލުކުރުމަށް ވަގުތު ކޮޅެއް ބޭނުންވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

21 މާރިޗު 2017
ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

17 މާރިޗު 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު