Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފީފާގެ ވަފުދުން މުހިންމު އިދާރާތަކާ ބައްދަލު ކުރަނީ، މައިގަނޑު ބޭނުމަކީ އެފްއޭއެމަށް ދިން ފައިސާ ހޯދުން

26 ސެޕްޓެމްބަރު 2024 | ބުރާސްފަތި 07:45

ފީފާގެ ޓީމުން ވަނީ ޕްރޮސެކިއުޓާ ޖެނަރަލް އަލްއުސްތާޛް ޢައްބާސް ޝަރީފުގެ އިތުރުން ދާޚިލީ ވަޒީރު އަލީ އިޙުސާން އާއި، ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ)އާ ވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ސެޕްޓެމްބަރު 2024 | ބުރާސްފަތި 07:45
ކުޅިވަރު ވަޒީރު ރާފިޢުއާ ބައްދަލު ކުރެއްވުމަށްފަހު ފީފާ ވަފުދުގެ ބޭފުޅުން އަދި އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ބައެއް ބޭފުޅުން

ކުޅިވަރު ވަޒީރު ރާފިޢުއާ ބައްދަލު ކުރެއްވުމަށްފަހު ފީފާ ވަފުދުގެ ބޭފުޅުން އަދި އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ބައެއް ބޭފުޅުން

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ޚާއްސަ ވަފުދެއް މިހާރު ރާއްޖެ އަށް ކުރަމުން އަންނަ ދަތުރުގައި، ރާއްޖޭގެ މުހިންމު އިދާރާތަކުގެ ވެރިންނާ ބައްދަލު ކޮށްފި އެވެ.

ފީފާގެ ޚާއްސަ ވަފުދެއް ރާއްްޖެ އަށް ކުރާ މި ދަތުރަކީ، އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން ކުރަމުން އަންނަ މަސައްކަތުގައި، އެ ކޮމެޓީ އަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކުރާ ދަތުރެކެވެ. ހަ ބޭފުޅުން ހިމެނޭ އެ ވަފުދުގެ ޓީމު ރާއްޖެ އައިސްފައި ވަނީ އަންގާރަ ދުވަހު އެވެ. އަދި އެއަށްފަހު އަންނަނީ އެކި އެކި އިދާރާތަކާ ވެސް ބައްދަލު ކުރަމުންނެވެ.

އެގޮތުން ފީފާގެ ޓީމުން ވަނީ ޕްރޮސެކިއުޓާ ޖެނަރަލް އަލްއުސްތާޛް ޢައްބާސް ޝަރީފުއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އޭގެ އިތުރުން ދާޚިލީ ވަޒީރު އަލީ އިޙުސާން އާއި، ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ)އާ ވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ. މގެ އިތުރުން ވެސް، ސަރުކާރުގެ ކަމާ ގުޅުން ހުރި އެހެން އިދާާރާތަކާ ވެސް ފީފާގެ ވަފުދުން ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އައްބާޝް ޝަރީފް އަދި ދާޚިލީ ވަޒީރު އިޙުސާންއާ ކުރެއްވި ބައްދަލުވުމުގައި ބޮޑަށް މަޝްވަރާ ކޮށްފައި ވަނީ، މީގެ ކުރިން އެކި ފަހަރުގެ މަތިން ފީފާ އިން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދީފައިވާ ފައިސާ އަށް ވެފައިވާ ގޮތް ހޯދުމުގެ މަޝްވަރާތަކެވެ. އެކި ފަހަރުތަކުގެ މަތިން، ފީފާ އިން އެފްއޭއެމަށް ދީފައިވާ ފައިސާ އަށް، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ބައެއް އިސްވެރިން ޚިޔާނާތްތެރިވި ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އެކަމާ ގުޅުން ހުރި ތަޙުޤީގު ދިވެހި ފުލުހުންގެ ފަރާތުން ކޮށްފައިވާއިރު، ބައްސާމް އަދި އެހެން ތިން ފަރާތެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

އެ ދައުވާ ކޮށްދިނުމަށް ދިވެހި ފުލުހުންގެ ފަރާތުން އެދިފައިވާއިރު، މީގެ ކުރިން ވެސް ވަނީ ބައްސާމާ ދެކޮޅަށް ދައުވާކޮށް، ޝަރީއަތްތައް ފަށައިފަ އެވެ. އެއީ ވެސް، އެކި ފަހަރު މަތިން ފީފާ އަދި ބައިނަލްއަޤުވާމީ އިދާރާތަކުން އެފްއޭއެމަށް ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ތަޙުޤީގަށް އެނގި، އެކަމާ ގުޅޭ ހެކި ހުރުމުން ކޮށްފަައިވާ ދައުވާއެކެވެ. އެ ދައުވާތައް ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.

ފީފާ އިން ވަނީ ރާއްޖެ ނޯމަލައިޒް ކުރުމަށް ނިންމައި، ފަސް މެމްބަރުންގެ ކޮމެޓީއެއް ވަނީ އައްޔަން ކޮށްފަ އެވެ. ފީފާ އިން ނިންމާފައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ނޯމަލައިޒް ކުރުމަށެވެ. އެ މުއްދަތުގެ ތެރޭގައި އެފްއޭއެމްގެ ކަންކަން ރަނގަޅުކޮށް، އައު އިންތިޚާބެއް ބާއްވައި، އައު ހިންގާ ކޮމެޓީ އެއްވެސް އިންތިޚާބު ކުރަން ޖެހޭނެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
21 ފެބުރުއަރީ 2017

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

21 ފެބުރުއަރީ 2017
މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް