Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މަޑޫ ކުލިބަލީގެ ދަތުރު

ޔަތީމު ޙާލުގައި ނާމާން ދަތުރެއްކޮށް، އިޓަލީވިލާތުގެ މަގުތައް ފަތަހަ ކުރީ މަންމައާއި ކޮއްކޮމެނަށްޓަކައި!

އޭނާއަކީ މިއަދު، ހިޖުރަވެރިންނާ މެދު ވިލާތުގެ ޤައުމުތަކުން ގެންގުޅޭ ނިކަމެތިކޮށްލުމުގެ ފިކުރު މުޅިން ބަދަލު ކޮށްލި ޒުވާން، މަސައްކަތްތެރިއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2023 | ބުރާސްފަތި 03:55
މަޑޫ ކުލިބަލީ، ފްލޮރެންސަށް ހިޖުރަކޮށް ބަސްދުއްވުމުގައި

މަޑޫ ކުލިބަލީ، ފްލޮރެންސަށް ހިޖުރަކޮށް ބަސްދުއްވުމުގައި

އުޖާލާ ދިރިއުޅުމެއްގެ ހުވަފެންތައް ނުދެކޭ މީހަކު މަދުވާނެއެވެ. ހިތްދަތިކަމާއި ތަކުލީފުގައި ދުވަސްތައް ގުނަން ޖެހޭ ޙާލަތްތަކުގައި އެކަން ބަދަލު ކުރުމަށް ޢަޒުމު ކަނޑައަޅައެވެ. އެފަދަ އެކަކީ ހަނަފަސް ސަހަރާއެއްގައި އުޅެމުން ދިޔަ ހިތްދަތި ދިރިއުޅުން ދޫކޮށް، ކަނޑުމަތީގެ ނަމާން ދަތުރަކަށް ފަހު ވިލާތުގައި ދިރިއުޅުން ކޮޅަށް ޖެހުމުގެ ޢަޒުމުގައި ތެދުވި މާދޫ ކޫލިބާލީއެވެ. ރެފިއުޖީ ހިޖުރަވެރިއެއްގެ ގޮތުގައި ކޫލިބާލީ ފެށި ދަތުރުގެ މަންޒިލަކަށް ވީ އިޓަލީވިލާތުގެ ފްލޯރަންސްއެވެ. ހިޖުރައިގެ ދަތުރު އެހާ ހިސާބުން ނިމުނެއް ކަމަކު، ކޫލިބާލީގެ ދަތުރުތައް ފެށެނީ އަދި އެހާ ހިސާބުންނެވެ. ކޫލިބާލީއަކީ އިޓަލީވިލާތުގައި ހިމާޔަތާއި ހިޔާވަހިކަން ހޯދަމުންދާ ހިޖުރަވެރިންނަށް ތަމްރީނު ދޭ އެކަޑަމީއިން، ފްލޯރަންސްގައި ބަސްދުއްވާ މީހެއްގެ ލައިސަންސް ދިން ފުރަތަމަ މީހާއެވެ.

މިހާ ހިސާބަށް އައުމަށް އޭނާ ކުރި ޔަޤީން ކަމެއް ނެތް ދަތުރުގެ ނިމުން އެހާ ފޮނި ވެދާނެ ކަމަކަށް ފަހަރެއްގައިވެސް ކޫލިބާލީ އުންމީދެއް ނުކުރެއެވެ. ނަމަވެސް އޭނާއަކީ މިއަދު، ހިޖުރަވެރިންނާ މެދު ވިލާތުގެ ޤައުމުތަކުން ގެންގުޅޭ ނިކަމެތިކޮށްލުމުގެ ފިކުރު މުޅިން ބަދަލު ކޮށްލި ޒުވާން، މަސައްކަތްތެރިއެކެވެ. އިޓަލީވިލާތަކީ މިވަގުތު ޒުވާން މަސައްކަތްތެރިންނަށް އިންތިހާއަށް ބޭނުން ޖެހިފައި އޮތް ޤައުމަކަށް ވުމީ، ކޫލިބާލީގެ ނަޞީބު ކަމުގައިވެސް ދެންނެވިދާނެއެވެ.

ޔަތީމު ޙާލުގައި ދިރިއުޅެމުން އައި ކޫލިބާލީ، ގިނީ ކޮނަކްރީ ދޫކޮށް ހިޖުރައަށް ފުރީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ފޮނި ހުވަފެންތަކާވެސް އެކުގައެވެ. ކިޔަވައިގެން ހަރުދަނާ މީހަކަށްވެ، އޭނާގެ އެއްބަނޑު އެއްބަފާ ކުދިންނާއި މަންމަ ބެލެހެއްޓޭ ވަރަށް މާލީ ތަނަވަސްކަން ހޯދުމުގެ ޢަޒުމުގައެވެ. ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެއްސުމަށް ކޫލިބާލީ ކުރި ދަތުރުގައި އޭނާ ވަނީ މާލީ، އަލްޖަޒާއިރު، މަޣްރިބު އަދި ލީބިޔާވެސް ހުރަސްކޮށްފައެވެ. އިޓަލީވިލާތުގެ އައްސޭރިފަށާ ހިސާބަށް ދެވުނީ، އޭނާ ފަދަ 161 ހިޖުރަވެރިއަކާއެކު މެޑިޓަރޭނިއަން ކަނޑުގައި، އޭނާ ދަތުރު ކުރަމުން ދިޔަ ބޯޓުން ކޫލިބާލީ ސަލާމަތް ކުރި ހިސާބުންނެވެ.

އޭގެ 5 އަހަރު ފަހެވެ. ކޫލިބާލީގެ ކާމިޔާބީގެ ވަނަވަރު އެހާމެ ނަލައެވެ. ފްލޯރަންސްގެ ސަރަޙައްދީ ބަސް ކުންފުނި، އައުތޮލީނޭ ތުސްކާންއިން ހިޖުރަވެރިންނާއި ހިމާޔަތް ހޯދަން އެދިގެން އައި މީހުންނަށް ޚާއްޞަކޮށްގެން ހިންގަން ފެށީ ޓްރެއިނިންގް އެކަޑަމީއިން އެންމެ ފުރަތަމަ ވަޒީފާ ދިން ޑްރައިވަރަކީ ކޫލިބާލީއެވެ. މި މަޝްރޫޢާ މެދު، ޢުމުރުން 24 އަހަރުގެ ކޫލިބާލީގެ ހިތުގައި އެންމެ ފުރަތަމަ އުފެދުނީ ސުވާލުތަކެކެވެ. 

އިޓަލީވިލާތަކީ ޒުވާން މަސައްކަތްތެރިންނަށް އިންތިހާއަށް ބޭނުން ޖެހިފައި އޮތް ޤައުމަކަށް ވީ ނަމަވެސް، އެ ޤައުމުގެ ވެރިކަމުގައި މިވަގުތު ހުންނެވި ބޮޑުވަޒީރު، ޖޯޖިއާ މެލޯނީއަކީ، ހިޖުރަވެރިންނާ މާ ގަޔާވާ ޝަޚްސެއް ނޫނެވެ. ރެފިއުޖީންނާއި ހިޖުރަވެރިން ސަލާމަތް ކުރުމަށް، ހިލޭ އެހީދޭ ޖަމިއްޔާތަކުން ހިންގާ އެކި މަޝްރޫޢުތަކާވެސް ބޮޑު ވަޒީރު ދެކޮޅު ހައްދަވައެވެ. މި ހުރިހާ ކަމެއް މިހެން ހުރި އިރުވެސް، ކޫލިބާލީ ހުރީ ފަސްޖެހޭ ގޮތަކަށް ނޫނެވެ. އޭނާގެ އުންމީދަކީ، އެހެން މީހުންވެސް އޭނާގެ ކިބައިން ހިތްވަރު ލިބިގަނެ، ދިރިއުޅުމައިގެން ކުރިއަށް ދިއުމެވެ.

އިޓަލީވިލާތުގެ ވަޒީފާގެ ބާޒާރަށް ބަލާއިރު މަސައްކަތްތެރިންގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ، މާ ބޮޑު ހުނަރުތަކެއް ނުވަތަ ތަމްރީނުތަކަކާވެސް ނުލާ މަސައްކަތް ކުރެވޭ ކޮންސްޓްރަކްޝަން، ފަތުރުވެރިކަން އަދި ދަނޑުވެރިކަމުގެ ސިނާޢަތުގައެވެ. ވަޒީފާ އަދާ ކުރާ ބައެއް ފަރާތްތަކުން އިއްތިފާޤުވާ ގޮތުގައި، އެކަން އެހެން ދިމާވަނީ ވަޒީފާ އަދާ ކުރަން ޖެހޭ މާޙައުލުގެ ގޮތުންނެވެ. އަދި އެކަށީގެންވާ ޢާމްދަނީއެއްވެސް ނުލިބޭތީއެވެ.

ކަން މިހެން އޮތް އިރު، އިޓަލީވިލާތުން ވަނީ، ވިލާތުގެ ޤައުމުތައް ނޫން އެހެން މަންޒިލްތަކަށް ނިސްބަތްވާ މީހުންނަށް ދޫކުރާ ވަރކް-ވިސާގެ ކޯޓާވެސް އިތުރު ކޮށްފައެވެ. 2023-2025 އަށް ދޫކުރާ ކޯޓާގެ ނިސްބަތް، އޭގެ ކުރީ 3 އަހަރާ އަޅާ ބަލާއިރު 150 ޕަސެންޓް އިތުރު ކޮށްފައިވާކަން ފާހަގަ ކުރަން ޖެހެއެވެ. މި އަހަރުގެ ކޯޓާއަކީ 136000 އެވެ. މިއީ 2008 ވަނަ އަހަރަށް ފަހު ރެކޯޑެކެވެ.

މަޑޫ ކުލިބަލީއިޓަލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް

ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް

04 ޑިސެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް

ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް

10 އޮކްޓޯބަރު 2025
އިޓަލީގެ މަޝްހޫރު ''އޯވީއެސް'' މާލޭގައި ހުޅުވައިފި

އިޓަލީގެ މަޝްހޫރު ''އޯވީއެސް'' މާލޭގައި ހުޅުވައިފި

22 ސެޕްޓެމްބަރު 2024
މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި

މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި

02 ޖުލައި 2024

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު