Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2032

އިޓަލީ އާއި ތުރުކީން، 2032 ގެ ޔޫރޯ ބާއްވަނީ

އިޓަލީ އަދި ތުރުކީ އެކުވެގެން ހުށަހެޅި ބިޑުގައި ވަނީ މުބާރާތް ބޭއްވުމަށް 20 ސްޓޭޑިއަމެއް ހިމަނައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2023 | ބުދަ 00:27
ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވާނެ ޤައުމުތައް އިއުލާން ކުރުމަށް ޔުއެފާ އިން ބޭއްވި އިވެންޓުގެ ތެރެއިން

ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވާނެ ޤައުމުތައް އިއުލާން ކުރުމަށް ޔުއެފާ އިން ބޭއްވި އިވެންޓުގެ ތެރެއިން

2032 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އިޓަލީ އަދި ތުރުކީގައި ބާއްވަން ނިންމައިފި އެވެ.

ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ) އިން މިގޮތަށް ނިންމީ އަންގާރަ ދުވަހު ނިއޯންގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގަ އެވެ. މިއީ އިޓަލީން ޔޫރޯ ފުޓުބޯޅަ މުބާރާތް ހޯސްޓު ކުރާނެ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން 1968 އަދި 1980 ގައި އެ ޤައުމުގައި ޔޫރޯ މުބާރާތް ވަނީ ބާއްވައިފަ އެވެ. މީގެ އިތުރުން 2020 ވަނަ އަހަރުގެ މުބާރާތް، ކޯވިޑުގެ ސަބަބުން 2021 އަށް ފަސްކުރިއިރު، އިޓަލީން ވަނީ ބައެއް މެޗުތައް ހޯސްޓު ކޮށްފަ އެވެ. އަނެއްކޮޅުން މިއީ ތުރުކީން ޔޫރޯ ފުޓުބޯޅަ މުބާރާތް ހޯސްޓު ކުރާނެ ފުރަތަމަ ފަހަރެވެ.

އިޓަލީ އަދި ތުރުކީ އެކުވެގެން ހުށަހެޅި ބިޑުގައި ވަނީ މުބާރާތް ބޭއްވުމަށް 20 ސްޓޭޑިއަމެއް ހިމަނައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން ފައިނަލް ކުރާނީ 10 ސްޓޭޑިއަމް އެވެ. 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ސްޓޭޑިއަމްތައް ފައިނަލް ކުރާނީ ދެ ޤައުމަށް ހަމަހަމަ އުސޫލުން. ކޮންމެ ޤައުމަކަށް ފަސް ސްޓޭޑިއަމްގެ އުސޫލުންނެވެ.

ބިޑު ކާމިޔާބު ކުރުމަށްފަހު ދެ ޤައުމުން ވެސް ބުނެފައިވާ ގޮތުގައި، މިއީ ދެ ޤައުމު އެކުވެގެން ހާސިލްކުރެވުނު ވަރަށް މުހިންމު ކާމިޔާބެކެވެ. މިކަމުގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެން ދާނެ ކަމަށާއި، ޚާއްސަކޮށް ތުރުކީގައި ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އިޓަލީ އާއި ތުރުކީން ވަނީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އެކުގައި މަސައްކަތްކޮށް، ފުރިހަމަ މުބާރާތެއް ބާއްވާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.

ޔޫރޯ 2032އިޓަލީތުރުކީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް

04 ޑިސެމްބަރު 2025
ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
14 ނޮވެމްބަރު 2025

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
10 އޮކްޓޯބަރު 2025

ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް

10 އޮކްޓޯބަރު 2025
ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު