Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ގަދަ ހަތަރެއްގައި ޓީމު އޮންނަން ޖެހޭނެ ކަމަށް އަހަރެން ގާތު ނުބުނޭ: މަރެސްކާ

މިހާތަނަށް ލިބުނު ހަތް ޕޮއިންޓާއެކު ޗެލްސީ އޮތީ އަށް ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2024 | ހޮނިހިރު 07:29
ޗެލްސީގެ ފަރިތަކުރުމެއްގައި މަރެސްކާ ބައިވެރި ވަނީ

ޗެލްސީގެ ފަރިތަކުރުމެއްގައި މަރެސްކާ ބައިވެރި ވަނީ

ގަދަ ހަތަރެއްގެ ތެރޭގައި ޗެލްސީ އޮންނަން ޖެހޭނެ ކަމަށް، ކުލަބުގެ ވެރިން އޭނާ އަށް ނާންގާ ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

ޗެލްސީގެ ކޯަޗަކަށް މަރެސްކާ ހަމަޖެއްސީ މިހާރު ކުރިއަށްދާ ސީޒަނާ ދިމާކޮށެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި މައުރީސިއޯ ޕޮޗެޓީނޯ އިސްތިއުފާ ދިނުމުންނެވެ. ޗެލްސީގެ ކޯޗުކަމުން ޕޮޗެޓީނޯ އިސްތިއުފާ ދިނީ ވެސް، އެ ކުލަބުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ.

މަރެސްކާ ބުނީ، ޗެލްސީގެ ޑައިރެކްޓަރުން އަދި އޯނަރުންނާ އެންމެ ފުރަތަަމަ އޭނާ ބައްދަލު ކުރިއިރު ވެސް، ގަދަ ހަތަރެއްގައި އެ ޓީމު އޮންނަން ޖެހޭނެ ވާހަކަ އެމީހުން ނުބުނާ ކަމަށެވެ. އަދި އޭނާއާ ހަވާލުވީ ކުލަބުގެ ނަތީޖާ ރަނގަޅުކޮށް، މިހާރު އޮތް ޙާލަތު ބަދަލު ކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން މަރެސްކާ ބުނީ، ޗެލްސީގައި އޮތީ ވަރަށް ރަނގަޅު ސްކޮޑެއް ކަމަށެވެ. އެހެން ނަމަވެސް، މިދިޔަ ދެ އަހަރަށް ބަލާއިރު ޗެލްސީ ނިންމާލަން ޖެހުނީ 12 ވަނައިގައި އަދި ހަ ވަނައިގައި ކަމަށް އޭނާ ފާހަގަ ކުރި އެވެ. މަރެސްކާ ބުނީ ޙާލަތު ބަދަލު ކުރުމަކީ ކުއްލި އަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމަށް ވަގުތު ނަގާނެ ކަމަށެވެ.

އައު ސީޒަންގެ ލީގުގައި މިހާތަނަށް ޗެލްސީން ކުޅެފައި ވަނީ ހަތަރު މެޗެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ ދެ މެޗުންނެވެ. އެއް މެޗު އެެއްވަރުވެފައިވާއިރު، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. މިހާތަނަށް ލިބުނު ހަތް ޕޮއިންޓާއެކު ޗެލްސީ އޮތީ އަށް ވަނައިގަ އެވެ.

ޗެލްސީއެންޒޯ މަރެސްކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު