Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ދަރަނި ބޮޑު، ޒުހޫރުު ދެއްވީ ޙާލަތު ބަދަލު ކުރާނެ ކަމުގެ ޔަޤީންކަން

ނޯމަލައިޒިން ކޮމެޓީން ކުރަމުން އަންނަ މަސައްކަތާއެކު އެ ދަރަނިން އަރައިގަނެ، އެފްއޭއެމް އަކީ ދުވަހުން ދުވަހަށް ހިނގާ، ރަނގަޅު މުއައްސަސާ އަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި ހަދާނެ ކަމަށް ވެސް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2024 | ބުރާސްފަތި 06:06
އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު

އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ދަރަނި ބޮޑުވެ އެ އިދާރާ އޮތީ ދަރާފައި ކަމަށާއި، ނަމަވެސް ޙާލަތު ބަދަލު ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް، އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރާއްޖެ ނޯމަލައިޒް ކުރުމަށް ނިންމައި، ފަސް މެމްބަރުންގެ ކޮމެޓީއެއް ވަނީ އައްޔަން ކޮށްފަ އެވެ. ފީފާ އިން ނިންމާފައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ނޯމަލައިޒް ކުރުމަށެވެ. އެ މުއްދަތުގެ ތެރޭގައި އެފްއޭއެމްގެ ކަންކަން ރަނގަޅުކޮށް، އައު އިންތިޚާބެއް ބާއްވައި، އައު ހިންގާ ކޮމެޓީ އެއްވެސް އިންތިޚާބު ކުރަން ޖެހޭނެ އެވެ.

ދެ ވަނަ ފަހަރަށް ފީފާ އިން ރާއްޖެ ނޯމަލައިޒް ކޮށްފައިވާއިރު، ނޯމަލައިޒިން ކޮމެޓީގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރު އެވެ. ޒުހޫރަކީ ކުރީގެ ރައީސް އަބަދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ އިތުރުން، ހެލްތު މިނިސްޓަރުކަމާއި އަދި ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މި ކޮމިޓީގައި ޒުހޫރުގެ އިތުރުން ހިމެނެނީ ފަރީހާ ޝަރީފް، އިސްމާއީލް ސިމާން، ގާނޫނީ ވަކީލު އަޙުމަދު މުޢިއްޒު އަދި އަޙުމަދު އަލީ އެވެ.

ނޯމަލައިޒިން ކޮމެޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒުހޫރު ވިދާޅުވީ، މިއަދު އެފްއޭއެމް ދަރާފައި އޮތީ ވަރަށް ބޮޑު އަދަދަކުން ކަމަށެވެ. އެހެން ނަމަވެސް، ނޯމަލައިޒިން ކޮމެޓީން ކުރަމުން އަންނަ މަސައްކަތާއެކު އެ ދަރަނިން އަރައިގަނެ، އެފްއޭއެމް އަކީ ދުވަހުން ދުވަހަށް ހިނގާ، ރަނގަޅު މުއައްސަސާ އަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި ހަދާނެ ކަމަށް ވެސް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ. އެކަން ކުރެވޭނެ ކަމުގެ އުންމީދު އޮތްކަން ފާހަގަކުރައްވައި ޒުހޫރު ވިދާޅުވީ، އެކަމަށް ފުރިހަމަ އަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ޒުހޫރު ވިދާޅުވެފައި ވަނީ އެފްއޭއެމް އެންމެ ބޮޑަށް ދަރާފައި ވަނީ ސަރުކާރުގެ ކުންފުނި ތަކަށެވެ. އެގޮތުން ސަރުކާރުގެ އެކި އެކި ކުންފުނިތަކަށް އެފްއޭއެމް އިން ދައްކަން ޖެހޭ 10 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ކުންފުނިތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެ ފައިސާ ދެއްކޭނެ ގޮތްތަކެއް ވެސް ރާވަމުން އަންނަ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، އަމިއްލަ ބައެއް ތަންތަނާއި، ފަރާތްތަކަށް އެފްއޭއެމުން ފައިސާ ދައްކަން ޖެހޭއިރު، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދީ އޮތް ކަމަށާއި، ރެފްރީންނަށް ވެސް ފައިސާ ނުދީ އޮތްކަން ޒުހޫރު ފާހަގަ ކުރެއްވި އެވެ. އެ ފަރާތްތަކާ އެކު ވެސް މަޝްވަތާކުރަމުން އަންނަ ކަމަށާއި، އެ ފައިސާތައް ދެއްކުމުގެ އިންތިޒާމެއް ހަމަޖައްސަން މަސައްކަތް ކުރައްވާ ކަމަށް ޒުހޫރު ވިދާޅުވެފައިވެ އެވެ.

އެކި އެކި ތަންތަނުން ޚިދުމަތް ހޯދުމަށް ފަހު، އެ ތަންތަނަށް އެފްއޭއެމް އިން ފައިސާ ދައްކާފައި ނުވާތީ، އެފްއޭއެމާ ދެކޮޅަށް ބައެއް މައްސަލަތައް ޝަރީއަތަށް ވެސް ހުށަހެޅި އެވެ. އެ މައްސަލަތައް ނިމި، އެ ފައިސާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ޝަރުއީ މަރުޙަލާގެ ތެރެއިން ޙުކުމް އައިސްފައި އެބަ ހުއްޓެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ 2024އަހުމަދު ޒުހޫރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު