Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރޯއިގެ އާދަޔާ ޚިލާފް ހަޔާތް

ހަތް ފަހަރު ހޮނުއެޅުމުންވެސް ސަލާމަތްވި ރޯއި ގެ ވާހަކަ އަޑުއެހިންތަ؟

16 ސެޕްޓެމްބަރު 2024 | ހޯމަ 08:38

ރޯއި ސީ. ސަލިވަންއަށް 7 ފަހަރު ހޮނުއެޅިއެވެ. 'އެންމެ ގިނަ ފަހަރު ހޮނުއެޅި މީހާ' ގެ ނަމުން އޭނާ ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 16 ސެޕްޓެމްބަރު 2024 | ހޯމަ 08:38
ރޯއި ސީ. ސަލިވަން އޭނާ މަސައްކަތްކުރި ޝެނަންޑޯ ނޭޝަނަލް ޕާކުގެ ޕާކު ރޭންޖަރުގެ ޔުނިފޯމުގައި

ރޯއި ސީ. ސަލިވަން އޭނާ މަސައްކަތްކުރި ޝެނަންޑޯ ނޭޝަނަލް ޕާކުގެ ޕާކު ރޭންޖަރުގެ ޔުނިފޯމުގައި

ވިއްސާރަވުމާއި، ކޮޅިގަނޑު ތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކޮންމެ ދުވަހަކު އެވްރެޖްކޮށް 17 މިލިއަނަށް ވުރެ ގިނައިން ގުގުރުމާއި ހޮނުއެޅުމުގެ ހާދިސާތައް ހިނގާ ކަމަށް ރިޕޯޓް ކުރެވެއެވެ. މިއީ ކޮންމެ ސިކުންތަކު 200 ފަހަރު ގުގުރުމާއި ހޮނުއެޅުން ކަން ފާހަގަކޮށްލެވެއެވެ. މިއީ ވަރަށް ގިނަ ފަހަރު ކަމުގައި ވީނަމަވެސް، ވަކި މީހެއްގެ ގަޔަށް ނުވަތަ ޚާއްސަ ތަނަކަށް ހޮނު އެޅުމަކީ ވަރަށް ނާދިރު ކަމެކެވެ. މިގޮތަށް މިކަން ވުމުގެ ޗާންސަކީ 10 މިލިއަނުން އެންމެ މީހަކަށެވެ. ނުވަތަ ތަނަކަށެވެ.

ހޮނު އެޅުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި ގިނަ މީހުންނަށް އެކަހަލަ ވިސްނުމެއް އަޔަސް ބިރުން ފިއްކަނޑައިގެން ދާވަރުގެ ކަމެކެވެ. ނަމަވެސް، އެމެރިކާ އަށް އުފަން ރޯއި ސީ. ސަލިވަންއަށް 7 ފަހަރު މި ނުރައްކާތެރި ހާދިސާ ދިމާވިއެވެ. ފާހަގަކޮށްލަން ޖެހެނީ، 'އެންމެ ގިނަ ފަހަރު ހޮނުއެޅި މީހާ' ގެ ނަމުން އޭނާ ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ. މިހާ ގިނަ ފަހަރު ހޮނުއެޅުމުގެ ސަބަބުން ރޯއީ އަށް ތަފާތު އަނިޔާތައް ލިބުނު ނަމަވެސް، އެއްވެސް ފަހަރަކު އޭނާގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.

ރޯއި ސީ. ސަލިވަން އުފަންވީ 1912 ވަނަ އަހަރު، އެމެރިކާގެ ގްރީން ކައުންޓީގައެވެ. ރޯއި މަސައްކަތްކުރަމުން ދިޔައީ ވަރޖީނިއާގައި ހުންނަ ޝެނަންޑޯ ނޭޝަނަލް ޕާކުގައި ޕާކު ރޭންޖަރެއްގެ ގޮތުގައެވެ.

ރޯއީ އަށް އެންމެ ފުރަތަމަ ހޮނުއެޅުމުގެ ހާދިސާއަކާ ދިމާވީ 1942 ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ. އޭނާ މަސައްކަތްކުރަމުން ދިޔަ އޭނާ ބްލޫ ރިޖް ފަރުބަދަތަކުގައި ހުންނަ ޝެނަންޑޯ ނޭޝަނަލް ޕާކުގައި އޭނާ މަސައްކަތް ކުރަމުންދިޔަ ވޮޗްޓަވަރަށް ހޮނުއަޅައި، އަލިފާން ރޯވާން ފެށުމުން، އޭނާ އެ ތަނުން ފިލަން އުޅެނިކޮށް، ދެން ހޮނުއެޅީ ސީދާ އޭނާގެ ކަނާތު ފަޔަށެވެ. މި ހާދިސާގެ ސަބަބުން އޭނާގެ ފައި ވަރަށް ބޮޑަށް ފިހުމުގެ އިތުރުން، އޭނާގެ ފައިގެ ބޮޑުވައި އިނގިލީގެ ނިޔަފަތިގަނޑު ވެސް ނެއްޓުނެވެ.

މިފަދަ ބިރުވެރި އަދި ނުރައްކާތެރި ހާދިސާއެއް ދިމާވުމުން، އަހަރެމެންގެ ތެރެއިން ގިނަ މީހުން، މޫސުން ގޯސް ދުވަހެއްގައި ނަމަ ބޭރަށް ނިކުމެލަން ވެސް ޖެހިލުންވާނެ ކަން ޔަޤީނެވެ. ނަމަވެސް، ރޯއިގެ ހާލަތު މުޅިން ތަފާތެވެ. އޭނާ އަށް ދިމާވި ފުރަތަމަ ހާދިސާއަކީ އޭނާއަށް ކުރިމަތިވާނެ މިފަދަ އެތައް ހާދިސާތަކެއްގެ ފެށުމެވެ. އެހެންކަމުން، އޭނާއަށް ވަނީ 'ސްޕާކް ރޭންޖަރ' (ނުވަތަ ކަރަންޓު ރޭންޖަރު) ގެ ނަމުން މީހުންގެ މެދުގައި މަޝްހޫރުވެފައެވެ.

ރޯއީ އަށް ހޮނުއެޅުމުގެ ހާދިސާއަކާ ދެން ދިމާވީ 1969 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ހޮނު އެޅި ވަގުތު އޭނާ އިނީ އޭނާގެ ޓްރަކު ދުއްވާށެވެ. ހޮނު އެޅިލެއް ބާރުކަމުން އޭނާ ހޭނެތުނެވެ. މިއަށްފަހު 1970 ވަނަ އަހަރުގެ ޖުލައި މަހު ރޯއި އޭނާގެ ގޭގެ ބަގީޗާގައި ހުއްޓާ ހޮނުއެޅިއެވެ. މި ހާދިސާގައި އޭނާގެ ވާތު ކޮނޑަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. މި ހާދިސާ ދިމާވިތާ ދެ އަހަރު ފަހުން، 1972 ވަނަ އަހަރުގެ އޭޕްރިލް މަހު، ހަތަރުވަނަ ފަހަރަށް ރޯއި ގަޔަށް ހޮނުއެޅިއެވެ. މި ފަހަރު އޭނާ ހުރީ އޭނާގެ މަސައްކަތް ކުރާ ތަނުގައި ހުންނަ ގާޑު ޕޯސްޓެއްގައެވެ. މި ހާދިސާގައި އޭނާގެ ބޮލުގައި އަލިފާން ރޯވެ، އިސްތަށިގަނޑު އެއްކޮށް އަނދައިގެން ދިޔައެވެ.

ޤަބޫލުކުރަން އުނދަގޫ ކަމެއް ނަމަވެސް، 1973 ވަނަ އަހަރުގެ އޯގަސްޓް މަހު، ރޯއި އަށް ފަސްވަނަ ފަހަރަށް ހޮނުއެޅިއެވެ. މި ހާދިސާގައިވެސް އޭނާގެ އިސްތަށިގަނޑުގައި އަލިފާން ރޯވުމުގެ އިތުރުން އޭނާގެ ދެ ފަޔަށްވެސް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

މިހާ ގިނަ ފަހަރު މިފަދަ ހާދިސާތައް ރޯއި އަށް ދިމާވި ނަމަވެސް، އަނެއްކާވެސް 1976 ވަނަ އަހަރުގެ ޖޫން މަހު، ހަވަނަ ފަހަރަށް ރޯއި ހިނގާފައި ދަނިކޮށް ހޮނުއެޅިއެވެ. މި ހާދިސާގައި އޭނާގެ ފައިގެ ތަނބިކަށްޓަށް އަނިޔާވިއެވެ.

އެންމެ ފަހުން، 1977 ވަނަ އަހަރުގެ ޖޫން މަހު، ރޯއި އަށް ހަތްވަނަ އަދި އެންމެ ފަހު ފަހަރަށް ހޮނުއެޅުމުގެ ހާދިސާއެއް ދިމާވިއެވެ. މި ފަހަރު އޭނާ ހުރީ މަސްދޯންޏެއްގައި މަސް ދަތުރެއްގައެވެ. މި ހާދިސާގައި އޭނާގެ މޭމައްޗަށާއި އަދި ބަނޑު ފިހި ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

ރޯއި މަރުވީ 1983 ވަނަ އަހަރު، އޭނާގެ އުމުރުން 71 އަހަރުގައެވެ.

އިތުރަށް ކިޔާލަން

28 އޯގަސްޓު 2017

ހަތް އަހަރަށް ފަހު ކާޖޮލް އާއި އަޖޭ އެކީގައި ފިލްމެއް ކުޅުމެއް ތައްޔާރުވަނީ

28 އޯގަސްޓު 2017
ހަތް އަހަރަށް ފަހު ކާޖޮލް އާއި އަޖޭ އެކީގައި ފިލްމެއް ކުޅުމެއް ތައްޔާރުވަނީ
14 އޯގަސްޓު 2017

މި ފަހަރު އުފަން ދުވަސް ފާހަގަކުރަން ބޭނުން ނުވާ ކަމަށް އަމީތާބް ބުނެފި

14 އޯގަސްޓު 2017
މި ފަހަރު އުފަން ދުވަސް ފާހަގަކުރަން ބޭނުން ނުވާ ކަމަށް އަމީތާބް ބުނެފި
06 އޯގަސްޓު 2017

ޕްރިޔަންކާ މިފަހަރު ޑީޖޭ ވިލް ސްޕާކްސްއާ އެކު ލަވައެއް ނެރެނީ

06 އޯގަސްޓު 2017
ޕްރިޔަންކާ މިފަހަރު ޑީޖޭ ވިލް ސްޕާކްސްއާ އެކު ލަވައެއް ނެރެނީ
01 އޯގަސްޓު 2017

"ޖަލަކްދިކްލާޖާ" ޝޯ ގެ ސީޒަން 10 އެއްގެ ޖަޖަކަށް މިފަހަރު ސްރީދޭވީ

01 އޯގަސްޓު 2017
"ޖަލަކްދިކްލާޖާ" ޝޯ ގެ ސީޒަން 10 އެއްގެ ޖަޖަކަށް މިފަހަރު ސްރީދޭވީ
16 ޖުލައި 2017

"ގޭމް އޮފް ތްރޯންސް" ހަތްވަނަ ސީޒަން މިރޭ ދައްކަން ފަށަނީ

16 ޖުލައި 2017
"ގޭމް އޮފް ތްރޯންސް" ހަތްވަނަ ސީޒަން މިރޭ ދައްކަން ފަށަނީ
10 އެޕްރީލު 2017

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
06 މާރިޗު 2017

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

06 މާރިޗު 2017
 ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
10 ޖެނުއަރީ 2017

ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް

10 ޖެނުއަރީ 2017
 ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް
07 ޖެނުއަރީ 2017

ހަތްވަނަ ގައުމީ އެވޯޑް ހަފްލާއަށް ދެވުމުން ހީވީ ހަބޭސް 3 ގެ ޖަލްސާއަކަށް ދެވުނުހެން : ފައްތާހު

07 ޖެނުއަރީ 2017
ހަތްވަނަ ގައުމީ އެވޯޑް ހަފްލާއަށް ދެވުމުން ހީވީ ހަބޭސް 3 ގެ ޖަލްސާއަކަށް ދެވުނުހެން : ފައްތާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް