Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗައިނާއިން ނަގާފައިވާ ލޯނުތައް

ރާއްޖޭގެ ލޯނުތަކަށް ހަދައިދޭނެ ގޮތެއް އަދިވެސް ޗައިނާ އިން ނުބުނޭ: އަދީބް

ރާއްޖޭގެ ބޭރުގެ ދަރަނީގެ އެކަށީގެންވާ އަދަދެއް އެއީ ޗައިނާއިން ނަގާފައިވާ ލޯނު

ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2024 | ހޮނިހިރު 20:08
ރައީސް މުއިއްޒު (ކ) ކުރީގެ ނައިބުރައީސް އަހުމަދު އަދީބް

ރައީސް މުއިއްޒު (ކ) ކުރީގެ ނައިބުރައީސް އަހުމަދު އަދީބް

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރާއްޖެއިން ޗައިނާއިން ނަގާފައިވާ ލޯނުތަކާ ބެހޭ ގޮތުން ޗައިނާ ސަރުކާރާއެކު ވާހަކަ ދައްކަވުން ކަމަށާއި އެހެން ނަމަވެސް އަދިވެސް ލޯނުތަކަށް ހަދައިދޭނެ ގޮތެއް ޗައިނާ ސަރުކާރުން ނުބުނާ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ވިދާޅުވެއްޖެއެވެ.

"ލޯނުތަކާ ބެހޭ ގޮތުން ހަދާނެ ގޮތެއް އަދިވެސް އިއުލާނެއް ނުކުރޭ، ލޯނު ލަސްކޮށްދޭނީތޯ، މާފުކޮށްދޭނީތޯ،" އެ ލޯނުތައް ހަމަޖެހުނު އިރު ސަރުކާރުގެ އިސް މަގާމުތައް ފުރުއްވި އަހްމަދު އަދީބު ވިދާޅުވިއެވެ.

އިންޑިއާގެ ވިއޮން ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި އަދީބު ވިދާޅުވީ، ރާއްޖޭގެ ބޭރުގެ ދަރަނީގެ އެކަށީގެންވާ އަދަދެއް އެއީ ޗައިނާއިން ނަގާފައިވާ ލޯނު ކަމަށާއި އޭގެ ތެރޭގައި ބޮޑެތި އިންޓަރެސްޓް ރޭޓުގައި ނަގާފައިވާ ލޯނުވެސް ހިމެނޭ ކަމަށެވެ.

ރާއްޖޭގެ ދަރަނީގެ މައްސަލަ އަކީ ޗައިނާގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށް ދޭހަވާ ގޮތައް އަދީބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހައުސިންގ އަށް ބޮޑު އިންޓަރެސްޓް ރޭޓުގައި ޗައިނާގެ ކޮމާޝަލް ބޭންކުތަކުން ލޯނު ނަގާފައިވާނެ ކަމަށެވެ.

އަދީބް ވިދާޅުވީ ރާއްޖެ އޮތް ހާލަތުން އަރައިގަތުމަށް ލޯނުތަކާބެހޭ ގޮތުން އުނދަގޫ ނިންމުންތަކެއް އަވަހަށް ނިންމަން ޖެހޭކަމަށެވެ. ނުވަތަ ސްރީލަންކާ އަށް ދިމާވި ހާލަތު ރާއްޖެއަށް ދިމާވެދާނެ ކަން އަދީބް ފާހަގަ ކުރެއްވިއެވެ.

އަދީބު ވިދާޅުވީ، ތާރީޚް ދައްކާ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލަ ހައްލުކޮށްދޭނީ އިންޑިއާއިން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދީބް ފާހަގަ ކުރެއްވި ގޮތުގައި މިހާރުވެސް ޑރ. މުއިއްޒުގެ ސަރުކާރަށް އިންޑިއާ އިން ގެންދަނީ ހާލަތުން އަރައިގަތުމަށް އެހީތެރިވަމުންނެވެ. މި ގޮތުން މިދިޔަ އޭޕްރީލް މަހުވެސް އިންޑިއާ އަށް ދައްކަންޖެހޭ ލޯނު ޕޭމަންޓެއް ދެއްކުން ލަސްކޮށްދިން ކަން ފާހަގަ ކުރައްވަމުން އަދީބު ވިދާޅުވީ، ސެޕްޓެމްބަރު މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަން ޖެހޭ ޕޭމަންޓެއްވެސް ލަސްކޮށްދޭން އެއްބަސްވެފައިވާ ކަމަށެވެ.

އަދީބް ވިދާޅުވީ، މުއިއްޒުގެ ސަރުކާރާ އިންޑިއާގެ ގުޅުން ރަނގަޅުވީ ވެސް މިފަދަ އެހީތެރިކަމުގެ ސަބަބުން ކަމުގައެވެ.

ރާއްޖޭގެ ދަރަނީގެ ހާލަތު ސީރިއަސް މިންވަރަކަށް ގޮސް، ދުނިޔޭގެ ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މިއިން ޒަމާނަކު ދަށް ނުކުރާވަރަށް ވަނީ ދަށްކޮށްފައެވެ. ކްރެޑިޓް އޭޖެންސީތަކުން ބުނެފައިވަނީ ރޭޓިންގ ދަށްކުރަން ޖެހުނީ ބޭރުފައިސާގެ ރިޒާވް ދަށަށް ދިއުމާއި، ދަރަނި ދެއްކުމަށް އެކަށީގެންވާ މިންވަރަށް ރިޒާވްގައި ފައިސާ ހުންނާނެ ކަމަށް ނުބެލެވޭތީ ރާއްޖެ ދަރަނިވެރިވުމުގެ ރިސްކް އޮތުމުން ކަމުގައެވެ.

މާލީ ދާއިރާ އިސްލާހް ކުރުމަށް ސަރުކާރުން ފިޔަވަޅު އެޅުން ލަސްކުރުމާއި، ހިންގުމުގެ ހަރުދަނާކަން ކުޑަވުމާއި، ކަރަޕްޝަންގެ މައްސަލައާއި، ސަރުކާރު ހިންގުމުގެ ޚަރަދުތައް ބޮޑުވުން ކްރެޑިޓް ރިސްކް ބޮޑުވި ސަބަބުތަކުގެ ތެރޭގައި ރޭޓިންގ އޭޖެންސީތަކުން ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގެ ދަރަނީގެ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަރަށް އަވަހަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

ޑރ. މުއިއްޒުގެ ސަރުކާރުން ގެންދަނީ އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމަކަށް އާދެވޭތޯ މަޝްވަރާ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު