Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ހުތުބާ

"އިންސާނާ އިމްތިޙާނުކުރެއްވެނީ އޭނާގެ ދީންވެރިކަމުގެ ނިސްބަތުން"

އަހަރެމެން ﷲ تَعَالَىއަށް އީމާންވެގެން ތިބިކަމުގައި ވީނަމަވެސް މި ދުނިޔޭގެ ޙަޔާތުގައި އެކަލާނގެ އަހަރެމެން އިމްތިޙާނުކުރައްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2024 | ހުކުރު 08:23
ހުކުރު ހުތުބާ އިއްވާފައިވަނީ ރަސޫލުބޭކަލުންގެ ޙަޔާތްޕުޅުން ޢިބުރަތް ލިބިގަތުން، މައުޟޫއަށް

ހުކުރު ހުތުބާ އިއްވާފައިވަނީ ރަސޫލުބޭކަލުންގެ ޙަޔާތްޕުޅުން ޢިބުރަތް ލިބިގަތުން، މައުޟޫއަށް

އިންސާނާ އިމްތިޙާނުކުރެއްވެނީ އޭނާގެ ދީންވެރިކަމުގެ ނިސްބަތުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

"ރަސޫލުބޭކަލުންގެ ޙަޔާތްޕުޅުން ޢިބުރަތް ލިބިގަތުން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ދުނިޔޭގެ ޙަޔާތުގައި އިންސާނާ، ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި، އުފަލާއި ހިތާމައާއި، މުއްސަނދިކަމާއި ފަޤީރުކަމާ ކުރިމަތިލާންޖެހުމަކީ ﷲتَعَالَىގެ ސުންނަތް ކަމަށެވެ. އެކަލާނގެ އިރާދަފުޅު ކަމަށާއި، ﷲتَعَالَى އަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ މި ކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، ދުޢާކުރުމާ އެކުގައި ކަމަށެވެ.

Advertisement - newsAdvertisement

ހުތުބާގައި ބުނެފައިވަނީ އެ ކަންކަން އެ ގޮތުގައި ހިނގަމުންދަނީ ﷲتَعَالَىގެ މަތިވެރިވެގެންވާ ޙިކުމަތެއްގެ މަތީންކަމާއި، އުނދަގޫ ކަމަކަށް ފަހު ލުއި ކަމެއް ގެނެސްދެއްވާނެކަމަށް އެކަލާނގެ ވަޢުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަޤީންކުރާތީ ކަމަށެވެ. ހުތުބާގައި ބުނެފައިވަނީ މި ދުނިޔޭގައި މި ފަދަ އިމްތިޙާންތަކާ އެންމެ ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ﷲ سُبْحَانَهُ وَتَعَالَى ފޮނުއްވެވި ރަސޫލުބޭކަލުންނަށް ކަމަށެވެ.

މާތް ﷲގެ ނަބިއްޔާ أَيُّوْبُ عَلَيْهِ السَّلَام އެކަލާނގެ ކުރެއްވި އިމްތިޙާނާ ކުރިމަތިލެއްވި ގޮތް ހަނދާނަށް ގެނައުމަށް ހުތުބާގައި ގޮވާލާފައިވެއެވެ. ﷲ تَعَالَى އައްޔޫބުގެ ފާނަށް ނުހަނު ގިނަ މުދަލާއި އަޅުންނާއި ދަރީން ދެއްވި ކަމަށާއި، ޢަދަދު ނުކުރެވޭ ވަރަށް ދަނޑުފަނގުތަކަކާއި ނަޢަމްސޫފިތައް ދެއްވި ކަމަށެވެ. އަދި ގާތްތިމާގެ މީހުންނާއި އެތައް ޚާދިމުންނެއް އެކަލޭގެފާނުގެ ޚިދުމަތުގައި ވި ކަމަށާއި، ދުޅަހެޔޮ ސިއްޙަތާއި ތަނަވަސްކަމުގެ ނިޢުމަތުގައި އެކަލޭގެފާނު އެތަކެއް އަހަރު ދިރިއުޅުއްވި ކަމަށެވެ.

އަދި އޭގެ ފަހުގައި ﷲ تَعَالَى އެކަލޭގެފާނު އިމްތިޙާނުކުރެއްވުމުގެ ގޮތުން ބޮޑު ބަލިމަޑުކަމެއް ޖެއްސެވި ކަމަށާއި، އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވައި އެ ބަލިމަޑުކަމުގެ އަސަރުނުކުރާ އެންމެ ގުނަވަނެއްވެސް އެކަލޭގެފާނުގެ ހަށިކޮޅުގައި ނުވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެކަލޭގެފާނުގެ ދަނޑުފަނގުތަކާއި ނަޢަމްސޫފިތަކާއި ހުރިހައި މުދަލަކާއި ދަރީންނެއް ނެތިކުރެއްވި ކަމަށާއި، ހުރިހައި އަޅުންނާއި، ޚާދިމުންނާއި، ގާތްތިމާގެ މީހުންނާއި އެކުވެރީން، އެކަލޭފާނު ދޫކޮށް ދިޔަކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އަރިހުގައި ދެމިތިއްބެވީ އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އެކަލޭގެފާނަށް ހެނދުނާއި ހަވީރު ޒިޔާރަތްކުރަމުން ދިޔަ އެކަލޭގެފާނުގެ އަރިސް ދެ އަޚުންވެސް ދިޔަކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ކީރިތި ޤުރްއާނުގައި މި ފަދަ ޢިބުރަތްތެރި ވާހަކަތައް ﷲ تَعَالَى ބަޔާންކޮށްދެއްވަނީ އެ ފަދަ ވާހަކަތަކުން ފިލާވަޅު ލިބިގަނެ އަހަރެމެންގެ އުޅުމާއި ގުޅުން އިޞްލާޙު ކުރުމަށް ޓަކައެވެ. ﷲ تَعَالَىގެ އިމްތިޙާނަށް ކެތްތެރިވުމުގެ ސަބަބުން އެ ބޮޑުވެގެންވާ ނުތަނަވަސްކަމާއި ދަތި ޙާލުން އައްޔޫބުގެފާނު ސަލާމަތްކޮދެއްވީ ކޮންފަދައަކުންކަން ވިސްނައި ފިކުރުކުރުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އައްޔޫބުގެފާނުގެ ބަލީގެ ޝިފާއެއްކަމުގައި ﷲ تَعَالَى ލެއްވެވި ފެންއާރުން ނާނާފުޅުފިއްލަވައި ފެންފޮދު ހިއްޕެވުމުން އެކަލޭގެފާނު ކުރީން ހުންނެވި ރިވެތި ފުރިހަމަ ސޫރައާއި ދުޅަހެޔޮކަމަށް އެކަލޭގެފާނު އިއާދަ ކުރެއްވި ކަމަށެވެ. އަދި އެކަލޭގެފާނަށް ކުރީން ލިބިވަޑައިގަތް ދަރީންގެ އަދަދަށް ވުރެ ގިނަ ދަރީންނާއި މުދަލާއި ތަނަވަސްކަން ދެއްވި ކަމަށާއި، އެކަލޭގެފާނުގެ ކެތްތެރިކަމާއި ޘާބިތުކަމުގެ ސަބަބުން ﷲ تَعَالَى އެކަލޭގެފާނަށް ތަޢުރީފުގެ ބަސް ވަޙީކުރައްވައިފައި ވާކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އައްޔޫބުގެފާނުގެ ވާހަކައިން ލިބިދޭ އަނެއް ފިލާވަޅަކީ، އަހަރެމެން ﷲ تَعَالَىއަށް އީމާންވެގެން ތިބިކަމުގައި ވީނަމަވެސް މި ދުނިޔޭގެ ޙަޔާތުގައި އެކަލާނގެ އަހަރެމެން އިމްތިޙާނުކުރައްވާނެކަމެވެ.

އައްޔޫބުގެފާނުގެ ވާހަކައިން ލިބޭ އަނެއް ފިލާވަޅަކީ އެކަލޭގެފާނުގެ އަނބިކަނބަލުންގެ މަތިވެރި ޤުރްބާނީ ކަމަށާއި، އެކަލޭގެފާނު ދޫކޮށް އެންމެން ދިޔަހިނދު ވެސް އެ ކަމަނާ އެ ފަޤީރު ދަތި އުނދަގޫ ޙާލަތުގައި އެކަލޭގެފާނަށް އެހީތެރިވުމުގައި ދެމި ހުންނެވި ކަމަށެވެ. އަދި އެ ކަމަނާ މީސްތަކުންނަށް ނޯކިރީކޮށްދެއްވައިގެން އައްޔޫބުގެފާނަށް ފަރިއްކޮޅުއަރުވަމުން، އެކަލޭގެފާނުގެ ޚިދުމަތުގައި ދެމި ހުންނެވި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި 10 ކުންފުންޏަކާއި މޮހޯ އާއި އޭނާގެ ބައްޕަގެ އެކައުންޓް ފްރީޒްކޮށްފި

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި 10 ކުންފުންޏަކާއި މޮހޯ އާއި އޭނާގެ ބައްޕަގެ އެކައުންޓް ފްރީޒްކޮށްފި

01 ފެބުރުއަރީ 2018
ރައީސް މައުމޫންގެ ބޮޑީގާޑް އަޒްމީ ހައްޔަރުކޮށް، އޭނާގެ ގެ ބަލައި ފާސްކޮށްފި

ރައީސް މައުމޫންގެ ބޮޑީގާޑް އަޒްމީ ހައްޔަރުކޮށް، އޭނާގެ ގެ ބަލައި ފާސްކޮށްފި

31 ޖެނުއަރީ 2018
ތޮއްޔިބަށް "ދޮގު" މައުލޫމާތު ދެނީ ކޮން ބައެއްތޯ ހޯދުމަށް ފުލުހުން އޭނާގެ ފޯނު ހިފަހައްޓައިފި

ތޮއްޔިބަށް "ދޮގު" މައުލޫމާތު ދެނީ ކޮން ބައެއްތޯ ހޯދުމަށް ފުލުހުން އޭނާގެ ފޯނު ހިފަހައްޓައިފި

20 ނޮވެމްބަރު 2017
ނިސްބަތުން ރަށްރަށުގައި ޖީއެސްޓީ ބޮޑުކޮށް ނަގާއިރު އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުވެގެން ނުވާނެ: ރޮޒައިނާ

ނިސްބަތުން ރަށްރަށުގައި ޖީއެސްޓީ ބޮޑުކޮށް ނަގާއިރު އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުވެގެން ނުވާނެ: ރޮޒައިނާ

25 ސެޕްޓެމްބަރު 2017
ރިލްވާނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް އޭނާގެ މަންމަ އެދިއްޖެ

ރިލްވާނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް އޭނާގެ މަންމަ އެދިއްޖެ

13 ޖުލައި 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު