Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިލްވާން ވަގަށް ނެގުން

ރިލްވާނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް އޭނާގެ މަންމަ އެދިއްޖެ

ރިލްވާން ވަގަށްނަގާފައިވާތާ 1069 ދުވަސް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 13 ޖުލައި 2017 | ބުރާސްފަތި 06:21
ރިލްވާނާއި، ރިލްވާންގެ މަންމަ އެކުގައި - ރިލްވާނާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް ރިލްވާންގެ މަންމަ ވަނީ އެދިފަ

ރިލްވާނާއި، ރިލްވާންގެ މަންމަ އެކުގައި - ރިލްވާނާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް ރިލްވާންގެ މަންމަ ވަނީ އެދިފަ

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ރިލްވާންގެ މަންމަ އެދިއްޖެ އެވެ.

ރިލްވާންގެ މަންމަ އެދިފައިވަނީ، ރިލްވާން ވަގަށްނަގާފައިވާތާ 1069 ދުވަސް ވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައެވެ.

ނޫސްބަޔާނުގައި ރިލްވާންގެ މަންމަ ބުނީ، ރިލްވާން ވަގަށްނެގި ހާދިސާއާގުޅޭ އެއްވެސް މަޢުލޫމާތެއް ދައުލަތުގެ އެއްވެސް އިދާރާއަކުން އަދިމިހާތަނަށް ހާމަކޮށްފައެއް ނުވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ފުލުހުންނަށް އެނގޭނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދެއްވުމަށްއެދި މިހާރު ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައިކަމަށް ރިލްވާންގެ މަންމަ ބުނެ އެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ރިލްވާން ވަގަށްނެގި ފަހުން، އޭނާއަށް ވީނުވީ ގޮތެއް މިހާތަނަށް ހޯދިފައިނުވާކަމަށް ފުލުހުން ބުނެފައިވާކަންވެސް ރިލްވާންގެ މަންމަ ފާހަގަކޮށްފައިވެއެވެ.

ރިލްވާންގެ މަންމަ އައިމިނަތު އީސާ ބުނީ، ރިލްވާނަށްވީގޮތުގެ މައުލޫމާތު ފުލުހުންނަށް ހޯދިފައިނުވާއިރު، ވަކިވަކި ފަރުދުންނަށްވެސް އަޅުގަނޑުގެ ދަރިފުޅާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ވީއެންމެ އަވަހަކަށް ޢާއިލާއާ ހިއްސާކޮށްދިނުމަށްއެދޭ ކަމަށެވެ. އަދި ދައުލަތުގެ އިސްވެރިންނާއި ވަކިން ޚާއްސަކޮށް އެދުވަސްވަރު ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު އަޙްމަދު އަދީބަށް ރިލްވާނާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާނަމަ، އެކަން ލަސްނުކޮށް ހިއްސާކޮށްދެއްވުމަށް އެދި ވަރަށް އާދޭހާއެކު އެދޭކަމަށެވެ.

ރިލްވާންގެ މަންމަ ބުނީ، ރިލްވާން ގެއްލުވާލުމުގައި ޝާމިލްވި އެތައް ބަޔަކު މިއަދު ރާއްޖޭގައި ނެތްކަމަށް ބުނިނަމަވެސް، އެބަޔަކު ހޯދުމަށް ފުލުހުންކޮށްފައިވާ މަސައްކަތްތައް ހާމަކޮށްދިނުމަށްވެސް ފުލުހުންގެ ކިބައިން އެދޭކަމަށެވެ. އަދި މީގެ ކުރިން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ފަރާތްތައް ރާއްޖޭގައި މިއަދު ދިރިނޫޅޭ ނަމަ އެފަރާތްތައް ހޯދުމަށް އިންޓަޕޮލް މެދުވެރިކޮށް މަސައްކަތް ކޮށްދިނުމަށް ރިލްވާންގެ މަންމަ ވަނީ ސަރުކާރަށް ގޮވައިލައިފަ އެވެ.

ރިލްވާނަށް ވީ ގޮތެއް ނޭނގި ފާއިތުވެ މިދާ ކޮންމެ ދުވަހަކީވެސް ހިތާމައިން ފުރިގެންވާ ހިތްދަތި ދުވަހެއް ކަމަށް ރިލްވާންގެ މަންމަ ބުނެފައިވެއެވެ.

"އަޅުގަނޑުގެ ދުޢާއަކީ އެއްވެސް އާއިލާއަކަށް މިފަދަ ހިތާމަވެރި ކަމެއް މާތް ﷲ މެދުވެރި ނުކުރެއްވުމެވެ. އަދި އަޅުގަނޑުގެ މިހިތާމަތަކަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ." ރިލްވަންގެ މަންމަގެ ބަޔާނުގައި ބުނެފައިވެއެވެ.

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އެންމެ ފަހު ފެނިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެ ފެރީ ޓާމިނަލް އިންނެވެ. ރިލްވާން ވަގަށް ނެގި މައްސަލަ ތަހުޤީޤްކުރުމަށްފަހު ފުލުހުން ހާމަކޮށްފައިވަނީ ރިލްވާނަށް ބަޔަކު އެތަށް ފަހަރެއްގެ މަތިން ފާރަލާފައިވާކަމަށެވެ. އަދި ހުޅުމާލެއިން ފެނުނު ރަތް ކާރުގެ ތެރެއިން އިސްތަށްޓެއްގެ ޑީއެންއޭ ރިލްވާންގެ މަންމަގެ ޑީއެންއޭ އާއި ދިމާވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު