Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރާއި ހަށި ހެޔޮކަމާ ބެހޭ ވުޒާރާ

ވަޒީރު ވިދާޅުވީ ސިޔާސީ މުވައްޒަފުން ރަނގަޅަށް މަސައްކަތް ކުރާ ކަމަށް!

ސިޔާސީ މުވައްޒަފުންގެ ގޮތުގައި 190 މީހުން ތިބި ނަމަވެސް، ނުވަތަ 200 މީހުން ތިބި ނަމަވެސް، ވަޒީރު ދެކިލައްވާ ގޮތުގައި އެ މީހުންގެ ބޭނުން ވުޒާރާ އިން ދަނީ ކުރަމުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2024 | ހޮނިހިރު 07:27
ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ)

ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ)

ކުޅިވަރާއި ހަށި ހެޔޮކަމާ ބެހޭ ވުޒާރާގައި ތިބި ސިޔާސީ މުވައްޒަފުން ރަނގަޅަށް މަސައްކަތް ކުރާ ކަމަށް، ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރުމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވެފައި އޮތީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުވާނެ ކަމަށެވެ. ނަމަވެސް، ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އެއަށްވުރެ އިތުރު ކަމަށް އެކި އެކި މަސްދަރުތަކުން އެނގެން އޮވެ އެވެ.

ސަރުކާރުގެ ވުޒާރާ ތަކުގެ ތެރެއިން ސިޔާސީ މުވައްޒަފުން އެންމެ ގިނަ އެއް ވުޒާރާ އަކީ ކުޅިވަރު ވުޒާރާ އެވެ. މީގެ ކުރިން ކުޅިވަރު ވުޒާރާ އާއި ޒުވާނުންގެ ވުޒާރާ ހިންގަމުން އައީ އެއް ވުޒާރާއެއްގެ ގޮތުގަ އެވެ. ނަމަވެސް، ރައީސް މުޢިއްޒު ވަނީ ދެ ވުޒާރާ ވަކި ކުރަން ނިންމަވައި، ކުޅިވަރު ވުޒާރާ އަދި ޒުވާނުންގެ ވުޒާރާ އުފައްދަވައިފަ އެވެ.

މީގެ ތެރެއިން ކުޅިވަރު ވުޒާރާގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހުރީ 150 އިން މަތީގަ އެވެ. އެއީ ވަޒީރުގެ އިތުރުން، ކޮމިޝަނަރ އޮފް ސްޕޯޓްސް، ވަޒީރުގެ ޕާސަނަލް އެސިސްޓެންޓް، ތިން ސްޓޭޓް މިނިސްޓަރުން، 12 ނައިބު ވަޒީރުން، 38 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން، 25 ޕޮލިޓިކަލް ޑިރެކްޓަރުން، 12 އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން އަދި 98 ޔޫތު އެސޯސިއޭޓުންނެވެ.

އެކަމާ ގުޅޭ ގޮތުން ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި "ރާއްޖެ ޓީވީ" އިން ސުވާލު ކުރުމުން ކުޅިވަރު ވަޒީރު ރާފިއު ވިދާޅުވީ، ކުޅިވަރު ވުޒާރާ އަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ ވުޒާރާގެ މުވައްޒަފުން ތިބޭ ވުޒާރާއެއް ކަމަށެވެ. ވަޒީރު ވިދާޅުވީ 187 ރަށް އޮތްއިރު، ގިނަ ރަށްރަށުގައި އެ ވުޒާރާގެ މުވައްޒަފުން ތިބޭނެ ކަމަށެވެ. އެހެންކަމުން މުވައްޒަފުން ވެސް ގިނަ ވާނެ ކަމަށާއި، ކުޅިވަރާ ގުޅުން ހުރި ކަންކަމުގައި އެ ވުޒާރާގެ މެންޑޭޓު ވެސް ވަރަށް ފުޅާ ވެފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވުޒާރާގެ މެންޑޭޓް ފުޅާވެފައިވާއިރު، އެކަމަށްޓަކައި ކުރިއަށް ގެންދަން ޖެހޭ އިންޓާނަލް ތަމްރީނުތައް ކުރިއަށް ދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އެ ތަމްރީނުތައް ކުރިއަށް ގެންގޮސް ނިންމާލެވުމާއެކު، އެ ބޭފުޅުންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ކަމަށް ޤަބޫލު ކުރާ ކަމުގައި ވެސް ވަޒީރު ރާފިއު ވިދާޅުވި އެވެ. އެހެންކަމުން ސިޔާސީ މުވައްޒަފުންގެ ގޮތުގައި 190 މީހުން ތިބި ނަމަވެސް، ނުވަތަ 200 މީހުން ތިބި ނަމަވެސް، ވަޒީރު ދެކިލައްވާ ގޮތުގައި އެ މީހުންގެ ބޭނުން ވުޒާރާ އިން ދަނީ ކުރަމުންނެވެ. އެކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ ވުޒާރާ ގައި ތިއްބެވި ސިޔާސީ ބޭފުޅުން ވެސް އަދި ރަށް ރަށުގައި ތިއްބެވި ސިޔާސީ ބޭޅުންގެ ބޭނުން ވެސް އެންމެ ރަނގަޅު ގޮތުގައި ކުރެވެ އެވެ.

މީގެ އިތުރުން ކުޅިވަރު ވުޒާރާ އިން މައުލޫމާތު ދީފައިވާ ގޮތުގައި ރަށް ރަށުގައި ތިބޭ ސިޔާސީ މުވައްޒަފުންގެ އެންމެ ބޮޑު އެއް މަސައްކަތަކީ، އެ ވުޒާރާ އިން ރަށް ރަށުގައި ކުރިއަށް ގެންދާ ކުޅިވަރު މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތާއި، މަސައްކަތް ކުރިއަށްދާ ގޮތް ވުޒާރާ އަށް ހިއްސާ ކުރުމެވެ. އަދި އެކަން އެގޮތުގައި ކުރުމުގެ މައިގަނޑު މަޤުސަދަކީ، ރަށު ކައުންސިލުތަކުން ކޮންމެ ފަހަރު ވުޒާރާ އަށް ގުޅައި، އެ މައުލޫމާތު ހޯދުމުގެ ބަދަލުގައި، އެކަން ކުރުމަށް ފަސޭހަ ނިޒާމެއް ޤާއިމު ކުރުން ކަމަށް ވެސް އެ ވުޒާރާ އިން ބުނެފައިވެ އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާއިރު، ރަށް ރަށުގައި ކުޅިވަރު ވުޒާރާގެ ސިޔާސީ މުވައްޒަފުން ތިބެ އެވެ. ރަށް ރަށުގައި ހުންނަ ޒުވާނުންގެ މަރުކަޒު އަދި ކުޅިވަރުގެ ތަންތަން ބެލެހެއްޓުމާއި، އެ ތަންތަނުގައި މަސައްކަތް ކުރުމަށް ސިޔާސީ މަޤާމުތަކަށް ބޭފުޅުން ޢައްޔަން ކުރައްވަ އެވެ. ނަމަވެސް، ޒުވާނުންގެ މަރުކަޒު ޤާއިމު ކޮށްފައި ނެތް ރަށް ރަށުގައި ވެސް، ޒުވާނުންގެ މަރުކަޒު ބެލެހެއްޓުމުގެ ނަމުގައި ވެސް ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކަސްޓަމްސްގެ މުވައްޒަފުން އިބޫ އާއި ފައިސަލަށް މަރުޚަބާ ކިޔުމަށް ހާއްސަ ހަފުލާއެއް!

ކަސްޓަމްސްގެ މުވައްޒަފުން އިބޫ އާއި ފައިސަލަށް މަރުޚަބާ ކިޔުމަށް ހާއްސަ ހަފުލާއެއް!

30 ސެޕްޓެމްބަރު 2018
ރަނގަޅަށް ކުޅުމުގެ ތެރެއަށް އަންނަން ވަގުތުކޮޅެއް ބޭނުން: އެންޑީ މަރޭ

ރަނގަޅަށް ކުޅުމުގެ ތެރެއަށް އަންނަން ވަގުތުކޮޅެއް ބޭނުން: އެންޑީ މަރޭ

02 ޖުލައި 2018
ރެއާލްގެ ބަލިފައި އެނގޭ، މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު: ހެއިންކޭސް

ރެއާލްގެ ބަލިފައި އެނގޭ، މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު: ހެއިންކޭސް

01 މެއި 2018
ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން

ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން

07 ޑިސެމްބަރު 2017
ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާނަމަ ސިޔާސީ ފިކުރު ދޫކޮށްލަން ޖެހޭ: މަހުލޫފު

ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާނަމަ ސިޔާސީ ފިކުރު ދޫކޮށްލަން ޖެހޭ: މަހުލޫފު

18 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު