Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މުވައްޒަފުންނަށް ހުރި ދަތިތައް

މި ސަރުކާރު އައީ މުވައްޒަފުން ބާރުވެރިކުރުވަން، ނަމަވެސް ގައުމިިއްޔަތު މިނިސްޓްރީގެ މުވައްޒަފުން ބިރުވެރިކަމެއްގެ ތެރޭގައި!

ގައުމިިއްޔަތު މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ގެއްލި، މައްސަލަ އިންތިހާއަށް ބޮޑުވުމާ ގުޅިގެން 22 މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ސިވިލް ސަރވިސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. އެ ވުޒާރާގައި މުޅި ޖުމްލަ 31 މުވައްޒަފުން މަސައްކަތް ކުރާއިރު، ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2024 | ބުރާސްފަތި 07:58
ގައުމިއްޔަތު މިނިސްޓްރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމްގެ އިތުރުން އެ މިނިސްޓްރީގެ އިސްބޭފުޅުން

ގައުމިއްޔަތު މިނިސްޓްރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމްގެ އިތުރުން އެ މިނިސްޓްރީގެ އިސްބޭފުޅުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ތައުލީމީ ޒުވާނުން ބާރުވެރި ކުރުވާނެ ކަމުގެ ވައުދުފުޅާއެކު އެވެ. އަދި ތައުލީމީ ޒުވާނުންނަށް ފަހިފުރުސަތުތައް ފަހިކޮށްދީ، ބޮޑު މުސާރައާއެކު ދައުލަތަށް ޚިދުމަތް ކުރުމަށް ފުރުސަތު ދޭނެ ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ސިވިލް ސަރވިސް އޮނިގަނޑު އިތުރަށް ހަރުދަނާކޮށް، ސިވިލް ސަރވިސް މުވައްޒަފުން ބާރުވެރި ކުރުވުމަކީ ވެސް މިސަރުކާރުގެ އެއްސިޔާސަތެވެ. ނަމަވެސް މިސަރުކާރަށް 10 މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ސިވިލް ސަރވިސް މުވައްޒަފުން ބާރުވެރިކޮށް، އެމުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މާ ބޮޑު މަސައްކަތެއް ކުރި މަންޒަރެއް ނުފެނެއެވެ.

ނަމަވެސް އެކިއެކި މުއައްސަސާތަކާއި، މިނިސްޓްރީތަކަށް ސިޔާސީ ބޭފުޅުންތައް ފޮނުވައި، ސިވިލް ސަރވިސް މުވައްޒަފުންނަށް ދަތިކޮށް މަސައްކަތް ނުކުރެވޭ މިންވަރަށް މަސައްކަތުގެ މާހައުލު ގޯސްކުރަމުންދާ މަންޒަރު މިވަނީ ފެނިފައެވެ.

އެގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ (ގައުމިިއްޔަތު މިނިސްޓްރީ) ގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ގެއްލި، މައްސަލަ އިންތިހާއަށް ބޮޑުވުމާ ގުޅިގެން 22 މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ސިވިލް ސަރވިސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. އެ ވުޒާރާގައި މުޅި ޖުމްލަ 31 މުވައްޒަފުން މަސައްކަތް ކުރާއިރު، ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.

ރާއްޖެއެމްވީއަށް އެ ވުޒާރާގައި މަސައްކަތް ކުރާ މުވައްޒަފެއް ބުނީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މައްސަލަ ހައްލުނުވާ ކަމަށާއި، މަސައްކަތް ކުރުމަށް މިހާރު ވަރަށް ބޮޑަށް ދަތިވެެފައިވާ ކަމަށެވެ. މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑަށް ތަފާތު ކުރުންތައް ގެންގުޅި، މުވައްޒަފުން ނިކަމެތި ކުރުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ޕެޓިޝަން ހުށަހަޅާފައިވަނީ އެއްވެސް ގޮތެއް ނެތިގެން ހައްލެއް ވަރަށް އަވަހަށް ބޭނުންވާތީ ކަމަށް އެމުވައްޒަފު ބުނެފައިވެއެވެ. އަދި ވަޒީރު އާދަމް ނަސީރު އިބްރާހީމްގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެފައިވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅި ޕެޓިޝަންގައި ބުނެފައިވަނީ ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއްވެރީން ޚާއްސަކޮށް އެކްޓިން ޕީ. އެސް މުވައްޒަފުންގެ ހައްގުތަކަށް ބެލުމެއްނެތި، އުސޫލުތަކާއި ހަމަތަކުގެ ބޭރުން ސިޔާސީ ބައެއްވެރިން ރުއްސުމަށް އިންސާނީ ކަރާމަތަށް ބެލުމެއްނެތި، ހަމަހަމަކަމުގެ އުސޫލުން ބޭރުން މަސައްކަތް ކުރުވަމުންދާ ކަމަށެވެ. އަދި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ރިޔާއަތް ކުރުމަކާނުލައި ގަނާކުރުމުގެ އުސޫލުން އެވަގުތަކު ބޭނުންވާ ފަރާތެއް ލައްވައި ބޭނުކަމެއް ކުރުވަމުން ގެންދިއުމުގެ ސަބަބުން މުޅި މަސައްކަތުގެ މާހައުލުގައި ނުތަނަވަސްކަމާއި، ރުޅިވެރިކަމާއި، ހިތްހަމަނުޖެހުން އުފެދި ވަޒީފާގެ މަސްއުލިއްޔަތުތައް އޮޅުންބޮޅުންވެ މަސައްކަތް ކުރަން ދަތިވާހިސާބަށް އޮފިހުގެ ކަންކަން ބޮއްސުންލާފައިވާ ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.

ޕެޓިޝަންގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަކީ މީޓިންތަކަށް ސައި ތައްޔާރު ކުރުމަކީ ސަޕޯޓު ސްޓާފުންގެ މަސައްކަތެއް ކަމުގައި ވީނަމަވެސް "ބައެއްބޭފުޅުންނަށް" ސައި ތައްޔާރުކުރާވަރަށް ވުރެ އެމުވައްޒަފުން އެކަށީގެންނުވާކަމަށް ބުނެ، އެޑްމިނިސްޓްރޭޓިވް ސްޓާފުންލައްވައި ގަދަކަމުން ސައި ތައްޔާރު ކުރުވުމާއި، އެއްލެވެލްއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މަސައްކަތް ހަވާލުކުރުމުގައި ތަފާތުކޮށް ވަކިވަކި މުވައްޒަފުންނަށް އިސްކަން ދިނުމާއި، ރަސްމީ މަސައްކަތު ވަގުތުގެ ބޭރުން ހަފްތާ ބަންދުގަޔާއި، ރަސްމީ ބަންދު ދުވަސް ތަކުގަޔާއި ވަގުތުތަކުގައި، ދުރާލާ އިންތިޒާމު ކުރުމެއްނެތި، ވަކިޚާއްސަ ހާލަތަކާނުލައި މުވައްޒަފުންނަށް ދަތި ވަގުތުތަކުގައިވެސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުން އޮފީހަށް ނުކުތުމަށް މަޖުބޫރު ވާގޮތަށް ރަހުމުކުޑަކޮށް މުއާމަލާތުކޮށް އޮފީސް ހުޅުވުމަށާއި އޮފީހަށް ނެރުމާއި، ނަހަމަ ގޮތުގައި މަގާމުގެ ނުފޫޒާއި ބާރުގެ ބޭނުން ކޮށްގެން ވަކިވަކި މުވައްޒަފުންނާއި ޒާތީގޮތުން ޖައްސާލުމާއި، އޮފީހުގެ ރަސްމީ މަސައްކަތު ގަޑިގައި މުވައްޒަފުން ނޫންމީހުން އޮފީހަށް ގެނެސް އޮފީހުގެ މަސައްކަތުގައި ޝާމިލުކޮށްގެން ގެންގުޅުމާއި، ރިޕޯރޓިންގ ހައިރާކީ އޮޅޭގޮތަށް މަސައްކަތް ހަވާލުކުރުން ހިމެނެއެވެ.

އެގޮތުން ކޯޕަރޭޓު ޑިޕާޓްމެންޓްގެ ސްޓާފުން ޑިޕާޓްމެންޓްގެ ޑީ.ޖީ އަށް ރިޕޯޓު ނުކޮށް ސީދާ އެކްޓިން ޕީ.އެސް އަށް ރިޕޯރޓު ކުރަން އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ކޯޕަރޭޓް ޑިޕާޓްމެންޓް ފަޅީގައި ސިޔާސީ އިސް ބައެއް ބޭފުޅުންނާއެކު އެކްޓިން ޕީ.އެސް އިންނަވައިގެން، އިސްލާމް ދީނުގެ ހަމަތަކާއި، ދިވެހީންގެ ރީތި އާދަކާދަޔާއި ޘަޤާފަތަށް ބުރޫއަރާގޮތަށް އޮފީހުގެ އެހެން ބައެއް މުވައްޒަފުންގެ (ސިޔާސީ އަދި ސިވިލް މުވައްޒަފުން ހިމެނޭ ގޮތަށް) ސިފަޔާއި، ބުރުސޫރަޔަށް މަލާމާތް ރައްދުވާގޮތަށް ނެތިމޮށުމާއި، އޮފީހުގެ މުވައްޒަފުންނަށް ކުރެވޭކަހަލަ ބައެއް މަސައްކަތް ހަވާލު ނުކޮށް ބޭރުން މީހުން ގެނެސްގެން ކުރުވުމާއި، މުއައްޒަފުންނަށް އެނގުމަކާ ނުލައި، ވަކި ސަބަބެއް ބަޔާންކުރުމެއްނެތި ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން، މިނިސްޓަރު އަންގަވައިގެން ކަމަށް ބުނެ މުއައްޒަފުން ވަޒީފާއިން އެކަހެރި ކުރުމާއި، ގަވާއިދާއި ޚިލާފާށް އަމަލުކުރަން އެންގުމާއި، އެފަދަ ކަންކަމުގެ ކަންހިނގާދިޔަގޮތުގެ ރިޕޯޓް ތައްޔާރު ކުރަން އެއްބާރުލުން ނުދިނުމާއި، މިފަދަ ކަންކަމުގެ މައްސަލަތައް ކުރިއަށް ނުގެންގޮސް ގަސްތުގައި ލަސްކޮށްފައިވެއެވެ. އަދި މިގޮތަށް އެކްޓިން ޕީ.އެސް ކުރާ ހުރިހާކަމެއް މިނިސްޓަރަށް ވެސް އެނގޭ ކަމާއި، މިނިސްޓަރު ވިދާޅުވެގެން ކުރާކަމެއް ކަމަށް މުވައްޒަފުންނަށް އަންގާ، ބިރުދައްކާ ކަންކަން މަޖްބޫރުކުރުން އަދި މިކަންކަން އިސްލާހު ކުރަން މިނިސްޓަރު އެއްވެސް މަސައްކަތެއް ނުކުރާކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ގިނަ މައްސަލަތަކެއް ހުރިިއިރު، މިމައްސަލައާ ގުޅޭގޮތުން ވަޒީރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. މިއަދު އެވުޒާރާގެ މުވައްޒަފުން އެދެމުންދަނީ ވީހާ ވެސް އަވަހަށް ސިވިލް ސަރވިސް ކޮމިޝަނުން މިމައްސަލަ ބަލައި، މުވައްޒަފުންނަށް ކުރިމަތިވެފައިވާ ބިރުވެރިކަމުން ސަލާމަތްކޮށްދިނުމަށެވެ. އަދި މުވައްޒަފުންނަށް ރައްކާތެރިކަން ކަށަވަރުވެފައިވާ މާހައުލެއް ހޯދައިދިނުމަށް އެދިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު