Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކަމަލާ ހެރިސް އާއި ޑޮނަލްޑް ޓްރަމްޕްގެ ބަހުސް

ހެރިސް އާއި ޓްރަމްޕްގެ ފުރަތަމަ ކުރިމަތިލުން، ޒާތީ ހަމަލާތަކާ، ހައިރާންވާ ފަދަ ވާހަކަތަކެއް

ލައިވް އޯޑިއަންސް އަކާ ނުލާ ފިލެޑެލްފިއާގެ ނޭޝަނަލް ކޮންސްޓިޓިއުޝަން ސެންޓަރުގައި އޭބީސީ ނިއުސް އިން ކުރިއަށް ގެންދިޔަ މި ބަހުސް ގައި ޣައްޒާ ހަނގުރާމަ އާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އާއި އެމެރިކާ އަށް ވަޒަންވެރި ވުމަށް ގަވައިދާ ޚިލާފަށް މީހުން އަންނަ މައްސަލައިގައި ދެފަރާތުން ވެސް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފައެވެ.

ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2024 | ބުދަ 15:18
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޑޮނަލްޑް ޓްރަންޕު (ވ) އަދި ކަމަލާ ހެރިސް (ކ)

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޑޮނަލްޑް ޓްރަންޕު (ވ) އަދި ކަމަލާ ހެރިސް (ކ)

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކަމަލާ ހެރިސް އާއި ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ބަހުސް ބާއްވަފިއެވެ.

ފިލެޑެލްފިއާގައި އަންގާރަ ދުވަހުގެ ރޭ އޮތް 90 މިނެޓްގެ ބަހުސް ފެނިގެން ދިޔައީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ޒާތީ ހަމަލާތައް ދެއްވުމާއި، ސިޔާސަތުތަކަށް ފާޑުވިދާޅުވުމުގެ ތެރެއިން މީހުންނަށް ހައިރާންކަން ގެނުވި ވާހަކަތަކެއް އިވިގެން ދިޔަ ބަހުސެއްގެ ގޮތުގައެވެ.

ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް ގެންދެވީ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީ ތަމްސީލް ކުރައްވާ ޓްރަމްޕަށް ޒާތީ ގިނަ ހަމަލާތަކެއް ދެއްވަމުންނެވެ.

މެދުއިރުމައްޗާ ބެހޭ ގޮތުން ވާހަކަދައްވަމުން ޓްރަމްޕް ވިދާޅުވީ ހެރިސްގެ ވެރިކަމެއްގައި އިޒްރޭލް ދެމި ނޯންނާނެ ކަމަށް އޭނާ ޤަބޫލުކުރައްވާ ކަމަށެވެ.

ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި އިޒްރޭލުގެ ދެމިއޮތުމަށް ހެރިސް މަސައްކަތްކުރައްވާފައިވަނީ ވަރަށް ކުޑަކޮށްނެވެ.

ހެރިސްގެ ރައީސްކަމުގެ ދަށުން، އިޒްރޭލް "ނެތިގެން ދާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭނާ އިޒްރޭލަށް ނަފްރަތުކުރައްވާ. އޭނާ ރައީސްކަމަށް ވަޑައިގެންފި ނަމަ، މިހާރުން ފެށިގެން ދެ އަހަރު ތެރޭގައި އިޒްރޭލް ނޯންނާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން،" ޓްރަމްޕް ވިދާޅުވިއެވެ. "އިޒްރޭލް ނެތިގެން ދާނެ."

ޓްރަމްޕް ކުރެއްވި ތުހުމަތަކީ "އެއްގޮތަކަށްވެސް ތެދެއް ނޫން" ކަމަށް ވިދާޅުވެ ހެރިސް އެކަމަށް ރައްދު ދެއްވިއެވެ.

ހެރިސް ވިދާޅުވީ، އެހެން ގައުމުތަކުގެ ވެރިންނާއި، ޓްރަމްޕަށް ޚިދުމަތްކުރެއްވި އަސްކަރީ ލީޑަރުންވެސް ޓްރަމްޕަށް ޖޯކު ޖައްސަވާ ކަމަށާއި، އަދި އޭނާ އަކީ އެމެރިކާއަށް "ބޮޑު ލަދެއް" ކަމަށް އެފަރާތްތަކުން ދެކޭ ކަމުގައެވެ.

"އަޅުގަނޑު އެމެރިކާގެ ނައިބު ރައީސްގެ ހައިސިއްޔަތުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްފިން، ދުނިޔޭގެ ލީޑަރުން ޑޮނަލްޑް ޓްރަމްޕަށް ދެރަކޮށް، މަލާމާތްކުރޭ. އަޅުގަނޑު ވާހަކަދެއްކި ސިފައިންގެ އިސްވެރިންގެ ތެރޭގައި، ޓްރަމްޕް އާއެކު މަސައްކަތްކުރި ފަރާތްތައްވެސް ހިމެނޭ، އެމީހުންވެސް ބުނަނީ ޓްރަމްޕަކީ އަގެއް ނެތް މީހެއް ކަމަށް،" ހެރިސް ވިދާޅުވިއެވެ.

އޭގެ އިތުރުން ޓްރަމްޕަކީ ޑިކްޓޭޓަރުންނާ ގާތް ގުޅުމެއް ބާއްވަވާ ޚުދުމުޚުތާރު ވެރިކަމަށް ލޯބިކުރައްވާ އަދި ޚުދުމުޚުތާރު ވެރިކަމެއް އެމެރިކާއަށް ގެނައުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ހެރިސް ވިދާޅުވިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހެރިސް އިތުރަށް ވިދާޅުވީ ޑިކްޓޭޓަރުން އަނެއްކާވެސް ޓްރަމްޕް ރައީސްކަމަށް ވަޑައިގަތުން ވަރަށް އެދޭކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ ވެރިކަމުގައި ހުންނެވި ނަމަ ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ނުވެސް ހިނގީސް ކަމަށާއި، އޭނާ އިންތިޚާބުވެ ވަޑައިގެންފިނަމަ ރައީސް ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމަށާއި ރަޝިޔާގެ ރައީސް ޕުޓިން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމުގައެވެ.

ހެރިސް ވިދާޅުވީ ޕުޓިންގެ ފިއްތުންތަކަށް ޓްރަމްޕް ދީލާލައްވާނެ ކަމަށާއި ޕުޓިންގެ "މެންދުރުގެ ފަރިއްކޮޅަށް" ޓްރަމްޕް ހައްދަވާނެ ކަމުގައެވެ.

ކަމަލާ ހެރިސްގެ ބަހުގެ ހަމަލާތަކާއެކު ބައެއް ފަހަރު ޓްރަމްޕްގެ އަޑުފުޅު މައްޗަށް ދިޔަތަން ފެނުނެވެ. އަދި ހެރިސް ވިދާޅުވަމުންދާ ބައެއް ވާހަކަފުޅުތަކަށް ދެކޮޅުހައްދަވާކަން ދެއްކެވުމަށް ޓްރަމްޕް އިސްތަށިފުޅު ހޫރުވަމުން ގެންދިޔަ މަންޒަރު ފެނުނެވެ.

ހެރިސް ވިދާޅުވީ، އެމެރިކާ ރައްޔިތުން ޓްރަމްޕްގެ ކެމްޕޭން ރެލީތަކަށް ދިޔުމަށް ދައުވަތު ދެއްވާ ކަމަށާއި، އެހެން ނަމަވެސް ރެލީ ތަކަށް ދާ މީހުންވެސް "ފޫހިވެ ވަރުބަލިވެގެން" އަވަހަށް އެތަނުން ނުކުމެގެންދާ ކަމުގައެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑްން އާއި މިހާރުގެ ނައިބު ރައީސް ހެރިސް އަކީ އެމެރިކާގެ ތާރީޚްގައި ދުށް އެންމެ ފީކަޅާ ރައީސް އާ ނައިބް ރައީސް ކަމުގައެވެ.

އިމިގްރޭޝަން ސިޔާސަތާ ބެހޭ ގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން، ޑިމޮކްރަޓިކް ޕާޓީގެ ވެރިކަން ބޮއްސުންލާފައި އޮތް މިންވަރު ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ބޯޑަރުގެ އެއްވެސް ކޮންޓްރޯލެއް ނެތް ކަމަށާއި، ގޮތެއްފޮތެއް ނެތް މީހުން އެމެރިކާއަށް އަންނަމުންދާ ކަމަށާއި މިގޮތުން އައި މީހުންގެ ތެރޭގައި ހިމެނޭ ހައިޓީ މީހުން، އޮހައިއޯގެ ސްޕްރިންގފީލްޑް ގައި އަވައްޓެރިން ލޯބިން ގެންގުޅޭ ޖަނަވާރުތައްވެސް ކަނީ ކަމުގައެވެ.

ޓްރަމްޕް ވަނީ އޭނާ އަށް އެކި ލޭބަލް އަޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ގެއްލުން އޭނާ އަށް ލިބިވަޑައިގަންނަވާ ކަމަށްވެސް ބަހުސްގައި ވިދާޅުވެފައެވެ.

ޖުލައި މަހު ޕެންސެލްވީނިއާގައި އޮތް ރެލީއެއްގައި މީހަކު ޓްރަމްޕްގެ ހަށިކޮޅަށް އަމާޒުކޮށް ބަޑިޖެހި ހާދިސާ އަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ، އެ ވަޒަން އޭނާގެ އިސްތަށިފުޅަށް ގާތްގަނޑަކަށް އެރި ކަމަށާއި އެކަން އެހެންވީ އޭނާ އަކީ ޑިމޮކްރަސީ އަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އަބަދާ އަބަދު ވާދަވެރިން ދައްކާ ވާހަކައިގެ ނަތީޖާ އެއްގެ ގޮތުން ކަމުގައެވެ.

ޓްރަމްޕް ވިދާޅުވީ ޑިމޮކްރަސީ އަށް އޮތް ނުރައްކަލަކީ އެމަނިކުފާނު ނޫން ކަމަށާއި "ޑިމޮކްރަސީ އަށް އޮތް ނުރައްކަލަކީ އެމީހުން،" ކަމުގައެވެ.

ހެރިސް ވައިޓް ހައުސްގައި ހޭދަކުރެއްވި މުއްދަތުގައި އެއްވެސް ޕްލޭނެއް ނުގެންގުޅުއްވާ ކަމަށާއި، އެ ފަދަ ޕްލޭނެއް ތަންފީޒް ނުކުރެއްވީ ކީއްވެތޯ ޓަރަމްޕް ވަނީ ސުވާލު ކުރައްވާފައެވެ.

"އޭނާ ވަރަށް ފުރިހަމަ ކަންކަން ކުރައްވާނޭ ވިދާޅުވަނީ،" ހެރިސް އަށް އަމާޒު ކުރައްވާ ޓްރަމްޕް ވިދާޅުވިއެވެ. "ކީއްވެގެންތޯ މިހާތަނަށް އެކަންތައް ނުކުރެއްވީ؟ ވައިޓް ހައުސްގައި އުޅުއްވާތާ ތިން އަހަރާއި ހަ މަސް ވެއްޖެ. ބޯޑަރު ކަންކަން ރަނގަޅުކުރަން ތިން އަހަރާއި ހަ މަސް ލިބިއްޖެ. ވަޒީފާތައް އުފައްދައި، ވާހަކަ މިދެކެވޭ ކަންކަން ރަނގަޅު ކުރަން ތިން އަހަރާއި ހަ މަސް ލިބިއްޖެ،" ޓްރަމްޕް ވިދާޅުވިއެވެ.

ރިޕަބްލިކަން ޕާޓީން ވަނީ ބަހުސް ކުރިއަށް ގެންދިޔަ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެ ޕާޓީން ބުނީ ބަހުސްގެ އެއް މޮޑަރޭޓަރުން ވަނީ ހެރިސް އަށް ފޭވަރ ކޮށްފައި ކަމަށެވެ.

ލައިވް އޯޑިއަންސް އަކާ ނުލާ ފިލެޑެލްފިއާގެ ނޭޝަނަލް ކޮންސްޓިޓިއުޝަން ސެންޓަރުގައި އޭބީސީ ނިއުސް އިން ކުރިއަށް ގެންދިޔަ މި ބަހުސް ގައި ޣައްޒާ ހަނގުރާމަ އާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އާއި އެމެރިކާ އަށް ވަޒަންވެރި ވުމަށް އަންނަ މައްސަލައިގައި ދެފަރާތުން ވެސް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ.

ބަހުސް މުޅިން ނުނިމެނީސް ޓްރަމްޕްގެ ކެމްޕޭނުން ވަނީ ބަހުސް ކާމިޔާބު ކުރެއްވީ ޓްރަމްޕް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު