Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫޑީސް ރޭޓިން

މޫޑީސް އިން ރާއްޖޭގެ ރޭޓިންގ ދަށްކޮށްފި

މާލީ އިސްލާހީ ފިޔަވަޅު އެޅުން ވަރަށް ބޮޑަށް ލަސްވެފައިވާކަން މޫޑީސް އިން ފާހަގަ ކުރޭ

ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2024 | ބުދަ 11:04
މޫޑީސް އިން ބުނާގޮތުގައި މިހާރުގެ ރޭޓިންގ އަދިވެސް މުރާޖަޢާކުރާނެ

މޫޑީސް އިން ބުނާގޮތުގައި މިހާރުގެ ރޭޓިންގ އަދިވެސް މުރާޖަޢާކުރާނެ

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފިއެވެ.

ރޭޓިން ދަށްކުރީ 'ސީއޭއޭ1' އިން 'ސީއޭއޭ2' އަށެވެ.

މޫޑީސް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭޓިން ދަށް ކުރީ މޫޑީސްގެ އެސެސްމެންޓުން ރާއްޖެ ބަނގުރޫޓްވުމުގެ ރިސްކް އޮތް ކަމަށް ފެންނާތީ ކަމުގައެވެ.

މޫޑީސްގެ އެސެސްމަންޓަށް ބުރަވެ ބުނެފައިވަނީ ބޭރު ފައިސާގެ ރިޒާވް ދަށްވެ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ގައި ހުރި އެސެޓްގެ މިންވަރު ދަށުގައި ހުރުމާއި ހާލަތު ރަނގަޅުވެދާނެ ކަމުގެ ފުރުސަތު ދަށަށް ގޮސްފައިވާ ކަމުގައެވެ.

ކުރިއަށް އޮތް 12 މަހާއި 18 މަހާއި ދެމެދުގެ މުއްދަތެއްގައި ރާއްޖޭން ދައްކަން ޖެހޭ ދަރަނީގެ ނިސްބަތް އެކަށީގެންވާ މިންވަރަށް ބޮޑު ކަމަށް ފެންނައިރު، މޫޑީސް އިން ބުނާ ގޮތުގައި ދަރަނި ދެއްކުމަށް ބޭރުފައިސާ ޖަމާކުރުމަށް އޮތް ވަގުތު ހަނިވަމުންދާ ކަމަށެވެ.

ސަރުކާރުން ބޭރުން ފައިސާ ހޯދުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް، ކުރިއަށް އޮތް ބޮޑެތި ދަރަނިތައް އަދާކުރުމަށް ބޭނުންވާ މިންވަރަށް ސަރުކާރަށް ފައިސާ ލިބޭނެކަން އަދިވެސް ޔަގީން ނޫންކަމަށް މޫޑީސް އިން ބުނެފައިވެއެވެ.

އަދި ހަމައެއާއެކު، ރާއްޖޭގެ ރިޒާވް އަށް ޕްރެޝަރ ބޮޑުވަމުންދާއިރު، ކޮންމެހެން ބޭނުންވާ މާލީ އިސްލާޙުތައް ތަންފީޒުކުރުމުގައި ލަސްވަމުންދާ ކަމަށް ވެސް މޫޑީސްގެ ބަޔާނުގައި ވެއެވެ.

މޫޑީސް އިން ބުނާގޮތުގައި މިހާރުގެ ރޭޓިންގ އަދިވެސް މުރާޖަޢާކުރާނެއެވެ.

ސަބަބަކީ ކުރު މުއްދަތެއްގެ ތެރޭގައި ބޭރުގެ ފައިނޭންސިންގ ނުލިބިއްޖެނަމަ ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ނާޒުކު ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ފެންނާތީ ކަމަށް ބުނެފައިވެއެވެ.

ރޭޓިންގ މުރާޖަޢާގައި އަމާޒު ބަހައްޓާނީ ބޭރު ފައިސާގެ ރިޒަރވް އިތުރުކުރުމަށްޓަކައި ބޭރުގެ ފައިނޭންސިންގ ސަރުކާރަށް ލިބޭ ގޮތެއްގެ މައްޗަށް ބެލުމަށްފަހު ކަމަށް މޫޑީސް އިން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ދިވެހި ފައިސާ ސީލިންގ 'ބީ2" އިން 'ސީއޭއޭ1' އަށް ދަށްކޮށް އަދި ބޭރު ފައިސާގެ ސީލިން 'ބީ1' އިން 'ބީ3' އަށް ވަނީ މޫޑީސް އިން ވަނީ ދަށްކޮށްފައެވެ.

ލޯކަލް ކަރަންސީ ސީލިންގ އާއި ސޮވަރިން ރޭޓިންގައި ހުރި ބޮޑު ތަފާތު ދައްކުވައިދެނީ އިގްތިސާދުގެ މުހިންމު ދާއިރާތަކުގައި ސަރުކާރުގެ ހިއްސާ އޮތް މިންވަރު ކުޑަވުން ކަމަށާއި މުއައްސަސާތަކުގެ ބަލިކަށިކަމާއި، ހަރުދަނާ ސިޔާސަތެއް ނެތުމާއި، ބޭރުގެ އިމްޕޯޓަށް ބަރޯސާވެފައިވާ މިންވަރުގެ ސަބަބުން ކަމަށް މޫޑީސް އިން ވަނީ ފާހަގަކޮށްފައެވެ.

ރުފިޔާގެ ސީލިންގ އާއި ބޭރު ފައިސާގެ ސީލިންގ އާ ދެމެދު ހުރި ތަފާތުން ދައްކުވައިދެނީ ބޭރުފައިސާ ދަތިވާ ދަނޑިވަޅުގައި ފައިސާ މާރުކުރުމުގައި ރާއްޖެއަށް ގޮންޖެހުން ބޮޑުކަމާއި، އަދި ޚާއްސަކޮށް ރުފިޔާގެ އަގު ހިފަހައްޓަން އެކަށީގެންވާ ބޭރުފައިސާގެ ރިޒާވެއް ދެމެހެއްޓުމުގައި ގޮންޖެހުންތަކުގެ ބޮޑުކަމެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ފުދުންތެރިކަމަށް ބަލާއިރު މޫޑީސް އިން ބުނެފައިވަނީ ފާއިތުވި އަހަރުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ދަށްވަމުން ގޮސްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. މިގޮތުން ބޭރު ފައިސާގެ ރިޒާވް އޯގަސްޓް މަހުގެ ނިޔަލަށް ހުރީ 437 މިލިއަން ޑޮލަރުގައި ކަމަށާއި މިއީ އެންމެ ދޮޅުމަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރުކަން ވަނީ ފާހަގަ ކޮށްފައެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ކަމަށް ލަފާކުރެވޭ 65 މިލިއަން ޑޮލަރު ހިމަނައިގެން ބެލިކަމުގައި ވިޔަސް، ބޭރުފައިސާ ހުރި މިންވަރު އެއް އަހަރު ކުރިއާ އަޅާބަލާއިރު ދަށްވެފައި ވާކަން މޫޑީސް އިން ވަނީ ފާހަގަ ކޮށްފައެވެ. މޫޑީސް އިން ބުނެފައިވަނީ މުހިންމު ކަމަކީ، 2025 ވަނަ އަހަރު ސަރުކާރުގެ ބޭރުގެ ދަރަނި އަދާކުރަން ބޭނުންވާ 600-700 މިލިއަން ޑޮލަރާއި 2026 ގައި ދައްކަންޖެހޭ ބިލިއަނަކަށްވުރެ ގިނަ ޑޮލަރާ އަޅާބަލާއިރު ރިޒާވް ވަރަށް ބޮޑަށް ދަށުގައި ހުރި ކަމެވެ.

މޫޑީސް އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވެ، މާލީ ހާލަތު އިތުރަށް ގޯސްވާނެއެވެ.

ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް ކޮންމެވެސް ވަރަކަށް ދަށްވި ނަމަވެސް، އަދިވެސް ނިސްބަތުން އެތަކެތީގެ އަގު މަތީގައި ހުރުމުގެ ސަބަބުން އިމްޕޯޓުގެ ބިލު އަދިވެސް ދާނީ މަތިވަމުންނެވެ. އަދި ޓޫރިސްޓުންގެ އަންނަ އަދަދު އިތުރުވުމާއެކު އިމްޕޯޓުގެ ޑިމާންޑް އިތުރަށް މައްޗަށް ދާނެ ކަމަށްވެސް މޫޑީސް އިން ބުނެއެވެ. އެހެންކަމުން، މިހާރުވެސް ނާޒުކު ހާލަތެއްގައި އޮތްބޭރު ފައިސާގެ ރިޒާވް އިތުރަށް ދަށްވެ، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ ޝައުގުވެރިކުރުވުމުގައި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް މޫޑީސް އިން ވަނީ ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު