Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން މީހުންނަށް ދެމުންދާ އަނިޔާ

"ހީވީ ހުވަފެނެއް ހެން...އެކަމަކު އެއީ ބަދަލު ނުކުރެވޭނެ ހަޤީޤަތެއް": އިޒްރޭލުގެ ހަމަލާއިން ސަލާމަތްވި ކުއްޖެއްގެ ދުލުން އެ ބިރުވެރި މަންޒަރު

"އެމީހުންނަށް (އިޒްރޭލަށް) އަހަރެމެން އެންމެން ފުހެލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އަހަރެމެންގެ ޢަޒުމާއި ސާބިތުކަމަކީ އަހަރެމެން އެންމެ ވަރުގަދަ ހަތިޔާރު"

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2024 | ބުދަ 09:45
އަލް- މަވާސީ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާއަށްފަހު؛ ހަމަލާގައި އަނިޔާވެފައިވާ ކުއްޖެއް އިށީނދެލައިގެން

އަލް- މަވާސީ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާއަށްފަހު؛ ހަމަލާގައި އަނިޔާވެފައިވާ ކުއްޖެއް އިށީނދެލައިގެން

އެއީ 2024 ސެޕްޓެމްބަރު 10 ވަނަ ދުވަހެވެ. ގިނަ އަދަދެއްގެ ޣައްޒާގެ ރެފިއުޖީން ތިބީ ޣައްޒާގެ ދެކުނުގައި އޮންނަ އަލް-މަވާސީގައި ހުރި އެމީހުންގެ ކޭމްޕުތަކުގައި ނިދާފައެވެ.

ނަމަވެސް، ފަތިހުގެ އަލި ވިލެން ވާއިރަށް ކޭމްޕުގައި ނިދާފައިތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު އަހަރެމެންނާ ވަކިވެއްޖެ އެވެ. އަނެއްކާވެސް އިޒްރޭލުގެ އުދުވާނީ ހަމަލާއެއްގައެވެ. މިއީ ޣައްޒާގެ ރައްޔިތުންނަށް އައު ކަމެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކުވެސް އެމީހުން ދިރިއުޅެމުންދާ ހާލެވެ.

އުމުރުން އެންމެ 22 އަހަރުގެ ތާލާ ހަރުޒައްލާ އަކީ އިޒްރޭލުގެ މި ހަމަލާގެ ކުރިން އަލް-މަވާސީ ރެފިއުޖީ ކޭމްޕުގެ ޓެންޓެއްގައި ދިރިހުޅެމުން އައި ފަލަސްތީންގެ ކުއްޖެކެވެ.

"މިހާރު އަހަރެން މިހުރީ ގެދޮރު ގެއްލިފައި. ވަންނާނެ ތަނެއް ނެތް،"އިޒްރޭލުގެ މި އަނިޔާވެރި ހަމަލާއިން ސަލާމަތްވި ތާލާ އޭނާއަށް ފެނުނު މަންޒަރުތައް ކިޔައިދޭން ފަށަމުން ބުންޏެވެ.

ތާލާ އެ މަންޒަރުތައް ސިފަކޮށްދިނީ އޭނާ އަށް ފެނުނު ބިރުވެރި ހުވަފެނެއްގެ ސިފައިގައެވެ.

"އެ މަންޒަރުތައް ހީވީ އަހަންނަށް ފެނުނު ބިރުވެރި ހުވަފެނެއް ހެން. ޤަބޫލުކުރަންވެސް ބޭނުންވީ އެހެން. އެކަމަކު އެއީ ހަޤީޤަތެއް. ބަދަލު ނުކުރެވޭނެ ހަޤީޤަތެއް"ތާލާ ވަރަށް އަސަރާއެކު ކިޔައިދިނެވެ.

"އެ ގަދަފަދަ އަޑުފައްގަނޑު..... ބޮން ތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބޮޑުކަން ފެނި އެވަގުތު ޔަޤީންވި މިއީ އާދައިގެ ކުދި، އަހަރެމެން ކަހަލަ ނިކަމެތި މީހުންތަކެއް ދިރިއުޅޭ ޓެންޓުތަކަކަށް ހަމަލާދޭން ހަދާފައި ހުންނަ ޒާތުގެ ބޮންތަކެއް ނޫން ކަން. މިއީ އަދި އެއަށް ވުރެ ނުރައްކާތެރި، މާ ބޮޑެތި، ވަރުގަދަ އިމާރާތްތައް ފަދަ ތަންތަނަށް ހަމަލާދޭން ހަދާފައި ހުންނަ ޒާތުގެ ބޮންތަކެއްކަން ޔަޤީންވި،"ތާލާ އިތުރަށް ކިޔައިދިނެވެ.

ތާލާ ކިޔައިދިން ގޮތުގައި މުޅި ސަރަހައްދުން އޭނާ އަށް އިވުނީ ހަޅޭކުގެ އަޑެވެ. ފުރާނަ ގެއްލިދާނެ ކަމުގެ ބިރަށް ސަލާމަތަށް އެދި ގޮވުމުގެ އަޑެވެ. ހިތާމަ އާއި ރުއިމުގެ އަޑެވެ. ހުއްޓުމެއް ނެތި އެމްބިއުލަންސްތަކުގެ ސައިރަންގެ އަޑެވެ.

"އެވަގުތު އަހަރެންގެ ލޮލަށް ފެނުނީ އެންމެ ދެކުލަ. އެއީ ރަތް ކުލަ އާއި އަޅި ކުލަ. މުޅި ހިސާބުގަނޑު އޮތީ ބޮންތައް ގޮށްވާލުމުން ހިރަފުހުން ފުރި، އަޅި ކުލައިގަ.. ހަމައެއާއެކު، ބޯ ހިރަފުހުގެ ތެރެއިން ދެން ފެންނަނީ އަނގުރު އަލިފާނުގެ ގަދަ ރަތްކުލަ،"ނިރުބަވެރި އިޒްރޭލުގެ މި ހަމަލާގެ ބިރުވެރިކަން ސިފަކޮށްދެމުން ތާލާ އިތުރަށް ކިޔައިދިނެވެ.

ތާލާ ބުނީ އޭނާ ބޮޑަށް ބެލީ ޒަޚަމްވެފައިވާ މީހުންނާ ދިމާލަށް ނުބެލުމަށް ކަމަށެވެ. އަދި އޭނާ އެވަގުތު މަސައްކަތްކުރީ އޭނާގެ ސިކުނޑިއަކީ ރެކޯޑަރެއްގެ ގޮތުގައި ދެކުމަށެވެ. އަދި އެއްވެސް ހިތާމަވެރި މަންޒަރެއް ނުވަތަ ހިތަށް ބަރުދާސްތު ނުކުރެވޭ ފަދަ ކެކުޅުން ގެނެސްދޭ ހަނދާނެއް ސިކުނޑީގައި ރެކޯޑް ނުކުރެވޭތޯ ބެލުމަށެވެ. އަދި އޭނާ މިހެން ހެދީ އޭނާގެ އަމިއްލަ ފުރާނަ އާއި ހަށިގަނޑު ރައްކާތެރިކުރުމަށް ކަމަށްވެސް ތާލާ ބުންޏެވެ.

"އޭގެ ކުރީ ރޭ، އަހަންރެން ހުރީ އުޑަށް ބަލައިލަ ބަލައިލަ. އުޑުމަތި ފުރިފައިވީ ތަރިތަކުން، އެ މަންޒަރަކީ ވަރަށް ރޮމޭންޓިކް، ހިތްގައިމު މަންޒަރެއް. އެހާ ރީތި މަންޒަރެއް ފެނުމަށްފަހު، ދެން ލޯ ހުޅުވާލާއިރު މުޅިން އޭގެ އިދިކޮޅު މަންޒަރެއް ފެންނާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަން. އެކަމަކު، ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ، މިހާރު އަހަރެމެންގެ ވަށައިގެންވަނީ ސީދާ މަރުކަން. ޤަބޫލުކުރަން ކިތަންމެ ދަތިވިޔަސް އަދި ބޭނުން ނުވިޔަސް މިއީ އަހަރެމެންގެ ކޮންމެ ދުވަހެއްގެ ވެސް އާއްމު ދިރިއުޅުން،"ތާލާ އޭނާއަށް ކުރެވުނު އިޙްސާސްތައް ކިޔައިދެމުން ބުންޏެވެ.

"އަހަރެމެން އެންމެންގެ ހިތުގައިވެސް މިވަނީ އަހަރެމެންގެ ހަޔާތުގަ ބާކީ އޮތީ މަދު ދުވަސްކޮޅެކޭ. ނަމަވެސް، މި ނާއުއްމީދުގެ ތެރެއިންވެސް އަހަރެމެން މިދަނީ ކެނޑިނޭޅި މަސައްކަތްކުރަމުން،"ތާލާ އޭނާގެ ހިތާމަވެރި ހަޔާތުގެ ވާހަކަ ހިއްސާކުރަމުން ވަރަށް އަސަރާއެކީ ކިޔައިދިނެވެ.

ޔުނިވަރސިޓީގެ އެންމެ ފަހު އަހަރު ފުރިހަމަ ކުރަމުން އަންނަ ތާލާ އިތުރަށް ބުނި ގޮތުގައި، ކޮންމެ ސިކުންތަކުވެސް ފުރާނަ ގެއްލިދާނެކަން އެނގިހުރެވެސް، އޭނާ މަސައްކަތްކުރަމުން އެދަނީ ޔުނިވަރސިޓީގެ ކިޔެވުން އެއްކޮށް ފުރިހަމަ ކުރުމަށްފަހު މި ދަތި ޙާލަތުން ސަލާމަތްވުމަށެވެ.

"މިވަގުތު މިހުރީ މަންމައާއި ބައްޕައާ އެކުގަ. އެކަމަކު، އަހަރެންގެ އެއްބަނޑު އެއްބަފާ ކުދިން ތިބީ އަހަރެމެންނާ އެކުގަ އެއް ނޫން. އަހަރެމެން މަސައްކަތްކުރަމުން މިދަނީ ވަކިވަކިން ތިބުމަށް. އެއީ މިގޮތަށް ހެދީމަ، އެއް ސިކުންތެއްގެ ތެރޭގައި އަހަރެމެން އެންމެންގެ ފުރާނަ ގެއްލިގެން ދިއުމުގެ ފުރުސަތު ކުޑަވާނެ ތީ. އަހަރެންގެ އާއިލާގެ އެކަކު ހުރީ ބޭރު ޤައުމެއްގަ. އަނެއް ދެ މީހުން މިތިބީ މިތާ (އަލް-މަވާސީ) ގަ. އެކަކު ދާރުލް ބަލާޙްގަ. އަދި އަނެކަކު ނުސީރަތު ކޭމްޕްގަ. މިހެން ވަކިވަކިން ތިބުމަކީ ވަރަށް ހިތްދަތި ނިންމުމެއް ނަމަވެސް، މި ނުރައްކާތެރި ޙާލަތުގައި މިއީ އެންމެ ރައްކާތެރި ގޮތްކަމަށް ޤަބޫލުކުރެވޭ،"ތާލާ ބުންޏެވެ.

ތާލާ ކިޔައިދިން ގޮތުގައި އޭނާގެ އެންމެ ބޮޑު އެދުމަކީ ފަލަސްތީނަށް އިޒްރޭލުންދޭ އަނިޔާވެރި ހަމަލާގެ ވާހަކަތައް މުޅި ދުނިޔެއަށް އިއްވައިދިނުމެވެ. ފަލަސްތީނު ރައްޔިތުން ދެކެމުންދާ ހިތްދަތި މަންޒަރުތަކާއި، ތަޙައްމަލުކުރަމުންދާ ވޭނުގެ ވާހަކަތައް އެންމެން ވެސް ހިއްސާކުރުމެވެ. އަދި އެކަމުގައި މިހާރު ކިތަންމެ ކުޑަ މިންވަރަކަށްވެސް އެހީތެރިވެދޭ އެންމެނަށް ތާލާ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރިއެވެ.

"އެމީހުންނަށް (އިޒްރޭލަށް) އަހަރެމެން އެންމެން ފުހެލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އަހަރެމެންގެ ޢަޒުމާއި ސާބިތުކަމަކީ އަހަރެމެންގެ އެންމެ ވަރުގަދަ ހަތިޔާރު،"ތާލާގެ ވާހަކަ ނިންމާލަމުން އޭނާ ބުންޏެވެ.

އަލްޖަޒީރާގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ، ބޮންއެޅި ސަރަހައްދަކީ މީހުން ބޯކޮށް ދިރިއުޅޭ ސަރަހައްދެއް ކަމަށާއި އެތަނުގައި މަދުވެގެން މީހުން އުޅޭ 60 ޓެންޓް ހުރި ކަމަށެވެ. އަދި މި ތަހުޤީޤުން ބެލެވޭ ގޮތުގައި، މި ހަމަލާގައި އިޒްރޭލުން ބޭނުންކޮށްފައިވަނީ އެމެރިކާ އިން އުފައްދާފައިވާ އެމްކޭ-84 ބޮމެވެ.

ސެޓެލައިޓް ފޮޓޯ އިން ފެންނަ ގޮތުގައި ބޮން އެޅުމުގެ ސަބަބުން ސަރަހައްދުގައި ގާތްގަނޑަކަށް 15 މީޓަރުގެ ފުޅާ ވަޅުގަނޑެއް އުފެދިފައިވާ ކަމަށްވެސް އަލްޖަޒީރާ އިން ބުނެއެވެ.

ޣައްޒާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި 2000 ޕައުންޑް (900 ކިލޯގްރާމް) ގެ ބޮން އާންމުގެ ތެރެއަށް އޮއްސާލުމުގެ ނަތީޖާއެއްގެ ގޮތުން ހަމަލާ އަމާޒުވި މީހުންގެ ހަށިތައް ވަނީ ވިރިގެން ގޮސްފައެވެ.

ޖުލައި މަހުގެ 13 ވަނަ ދުވަހު ވެސް އިޒްރޭލު ސިފައިން މަވާސީ ކޭމްޕަށް ހަމަ މިހާ ބާރުގަދަ ބޮންއަޅާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

30 މެއި 2017
ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

25 މެއި 2017
ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

21 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
ގއ ވިލިނގިލި ބަދަލުވެއްޖެ!

ގއ ވިލިނގިލި ބަދަލުވެއްޖެ!

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު