Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ޚަރަދުތައް

މަޝްރޫއުތައް ހުރީ ހުއްޓާލާފައި، ކޮންޓްރެކްޓަރުންނަށް ފައިސާއެއް ނުދޭ، ނަމަވެސް ދައުލަތުގެ ޕޭރޯލް އިންތިހާއަށް ބޮޑު: ޝިއްޕެ

މި ސަރުކާރުން އިޤްތިސާދު މެނޭޖް ކުރަމުންދާ ގޮތަށްވެސް ޝިފާޒް ވަނީ ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ސެޕްޓެމްބަރު 2024 | ބުދަ 06:25
ދި ޑިމޮކްރެޓްސް ޕާޓީގެ ނައިބްރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ)

ދި ޑިމޮކްރެޓްސް ޕާޓީގެ ނައިބްރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ)

މި ހިނގަމުންދާ ސަރުކާރުގައި މަޝްރޫއުތައް ހުއްޓާލާފައި އޮތްނަމަވެސް، އަނެއްކޮޅުން ދައުލަތުގެ ޕޭރޯލް އިންތިހާއަށް ބޮޑުވަމުންދާކަމަށް ދި ޑިމޮކްރެޓްސް ޕާޓީގެ ނައިބްރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، މިހާރު ފެންނަމުންދަނީ ޕްރައިވެޓް ސެކްޓަރަށް މަސައްކަތްތައް ނުލިބިގެން އުޅޭ މަންޒަރު ކަމަށާއި، އެންމެ ކުޑަމިނުން ކުރާ މަސައްކަތުގެ އުޖޫރަވެސް ނުދޭ ކަމަށެވެ.

ހަމައެއާއެކު، ފައިސާގެ ދަތިކަން އޮތްކަން ބަޔާންކޮށް ސަރުކާރުގެ މަޝްރޫއުތައްވެސް ހުއްޓާލާފައިވާ ކަމަށާއި، މިއަދު އެއްވެސް ޕްރޮޖެކްޓެއްވެސް ނުހިނގާކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ، މި ހުރިހާ ކަމެއް މިހެން ހިނގާއިރުވެސް އަނެއްކޮޅުން ފެންނަނީ ދައުލަތުގެ ޕޭރޯލް އިންތިހާއަށް ބޮޑުވެގެންދާ މަންޒަރު ކަމަށެވެ.

ޝިފާޒް ވިދާޅުވީ، މި ސަރުކާރުގައި ޕްރައިވެޓް ސެކްޓަރ ވަރަށް ބޮޑަށް ބަނގުރޫޓު ކުރަމުންދާ ކަމަށާއި، އިޖުތިމާއީ ރައްކާތެރިކަމަށްވެސް އޭގެ އަސަރު ކުރަމުންދާކަމަށެވެ. އެގޮތުން ރައްޔިތުން މިއަދު ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓެމުންދާކަން ޝިފާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ސަރުކާރުން އިޤްތިސާދު މެނޭޖް ކުރަމުންދާ ގޮތަށްވެސް ޝިފާޒް ވަނީ ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ގާސިމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށްކަން ކަނޑައަޅައިދޭން ހުށަހަޅައިފި

10 އެޕްރީލު 2017
ގާސިމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށްކަން ކަނޑައަޅައިދޭން ހުށަހަޅައިފި
08 އެޕްރީލު 2017

ސަރުކާރުން ޤާސިމް ހުރީ ރަހީނުކޮށްފައި: އަބްދުﷲ ޝާހިދު

08 އެޕްރީލު 2017
ސަރުކާރުން ޤާސިމް ހުރީ ރަހީނުކޮށްފައި: އަބްދުﷲ ޝާހިދު
02 އެޕްރީލު 2017

މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު

02 އެޕްރީލު 2017
މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު
31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު