Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް

ވިލާ ކޮލެޖުގައި ބިޒްނަސް އިންކިއުބޭޓަރ ސިސްޓަމެއް ގާއިމްކޮށް، ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ ނަން "ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް" އަށް ބަދަލުކޮށްފި

މިއީ އުންމީދީ ތަސައްވުރަކާއި އެކު ގެނެވުނު މުހިއްމު ބަދަލެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2024 | އަންގާރަ 15:03
ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ނަމަށް އެކޮލުޖެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ ނަން ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ނަމަށް އެކޮލުޖެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ ނަން ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ވިލާ ކޮލެޖުގައި ވީ އިގްނައިޓް ނަމުގައި ބިޒްނަސް އިންކިއުބޭޝަން ސެންޓަރ އެއް ހުޅުވުމާއި އަދި އެކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓްގެ ނަން ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ނަމަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފިއެވެ.

މިކަމަށް ޓަކައި އެ ކޮލެޖުގައި ބޭއްވުނު ޙާއްސަ ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮނަރަބަލް މުޙައްމަދު ސަޢީދު އެވެ. މި ޙަފްލާގައި މިނިސްޓަރުގެ އިތުރުން ދައުލަތުގެ ބައެއް އިދާރާތަކުގެ ވެރިންނާއި އަދި ވިޔަފާރީގެ ދާއިރާއިން އެކި އެކި ސިނާޢަތްތައް ރަމްޒުކޮށްދޭ ގިނަ ފަރާތްތައް ބައިވެރިވިއެވެ.

Advertisement - newsAdvertisement

މި ޙަފްލާ ތަޢާރަފްކޮށްދެއްވުމުގެ ގޮތުން ޤާސިމް އިބްރާހިމް ބިޒްނަސް ސްކޫލްގ ޑީން އަބްދުﷲ ނާފިޒް ވިދާޅުވީ މިއީ ހަމައެކަނި ނަމަށް އައި ބަދަލެއް ނޫން ކަމާއި، މިއީ އުންމީދީ ތަސައްވުރަކާއި އެކު ގެނެވުނު މުހިއްމު ބަދަލެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އަމާޒަކީ މި ސްކޫލަކީ ދުނިޔޭގެ ފެންވަރުގެ ބިޒްނަސް ސްކޫލަކަށް ހެއްދެވުން ކަމަށް ވިދާޅުވެ، މުސްތަޤުބަލް ބައްޓަންކުރެވިގެންދާނޭ ގޮތާއި ބެހޭ ކުރު ތަސައްވުރެއް ދެއްވިއެވެ.

ނާފިޒްގެ ވާހަކަފުޅަށްފަހު އެކަމަށްޓަކައި ޚާއްސަ ކުރެއްވިފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނަކުން ފެކްލަޓީ ރީބްރޭންޑްކޮށްދެއްވީ، މިނިސްޓަރ މުޙައްމަދު ސައީދުއެވެ.

އެއަށްފަހު އެފެކަލްޓީގެ ދަށުން އަލަށް އުފެދުނު ސެންޓަރ އެއްކަމަށްވާ ސެންޓަރ ފޮރ އިނޮވޭޝަން އެންޓަރޕްރައިޒް ޑިވެލޮޕްމަންޓާއި ބެހޭގޮތުން އެސެންޓަރގެ ޑިރެކްޓަރ އަދި ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ޑެޕިއުޓީން ޑީން ޑރ. ޑަމިތް ގެންގޮޑަވިލެޖް ވާހަކަ ދެއްކެވިއެވެ.

ޑރ. ޑަމިތްގެ ވާހަކަފުޅުގައި ވީއިގްނައިޓް ބިޒްނަސް އިންކިއުބޭޝަން ސެންޓަރ ވެގެންދާނީ އެކި ފަންނުގެ ތަޖްރިބާކާރުން، އެޑްވައިޒަރުންނާއި މެންޓަރުންގެ ގޮތުގައި ހިދުމަތްދޭ، މަގުފަހިކޮށްދޭ މަރުކަޒެއްކަމުގައިއެވެ.

މި ޙަފްލާގައި ވިލާ ކޮލެޖުގެ ބިސްނަސް އިންކިއުބޭޝަން ސެންޓަރ،ވީ އިގްނައިޓް ވެސް ހުޅުއްވައިދެއްވީ މިނިސްޓަރ މުޙައްމަދު ސަޢީދެވެ.  

މި ޙަފްލާ ގައި ވިލާ ކޮލެޖު އެކި އެކި ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ 7 ދަރިވަރަކު އެލެވޭޓަރ ޕިޗް ހުށަހެޅުން ވެސް އޮތެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން މިނިސްޓަރ އޮނަރަބަލް މުޙައްމަދު ސަޢީދު ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރ ވާހަކަފުޅުގައި އިންކިއުބޭޝަން ސެންޓަރުގެ ބޭނުންތެރިކަމުގެ މައްޗަށް ވާހަކަފުޅުދެއްކިއެވެ. އަދި މިފަދަ ސެންޓަރުތަކުން ގައުމުގެ އިޤްތިސާދަށް ފައިދާވާނެ ގޮތާއި މެދު ވާހަކަ ދައްކައި، މި ސެންޓަރުގެ ބޭނުން ހިފުމަށް ދަރިވަރުންނަށް ހިއްވަރު ދެއްވިއެވެ.

ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބުގެ ވާހަކަފުޅުގައި ވިލާ ކޮލެޖުގެ ބިޒްނަސް ފެކަލްޓީއިން ހިންގާ ޕްރޮގްރާމްތައް، އިތުރުކުރައްވާ ފުޅާކުރެއްވި ގޮތުގެ މައްޗަށް ބައްލަވާލެއްވިއެވެ. ޤާސިމް އިބްރާހިމ ބިޒްނަސް ސްކޫލްގެ ނަމުން ރީބްރޭންޑް ކުރެއްވުމުގައި އޮނަރަބަލް ޗެއަރމަން ޤާސިމް އިބްރާހިމްގެ ނަންފުޅު އިޙްތިޔާރުކުރައްވައިފައިވަނީ ވިޔަފާރިއާއި އިޤްތިސާދީ ދާއިރާއަށް ބަލާއިރު އެ ނަންފުޅަކީ އެކަމަށް އެންމެ އެކަށޭނެ ނަންފުޅު ކަމަށް ފެނިވަޑައިގަންނަވާތީއެވެ. ބިޒްނަސް ސްކޫލާއި އިންކިއުބޭޝަން ސެންޓަރުގެ ތަސައްވަރުގެ މައްޗަށް ވައިސް ރެކްޓަރގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. އަދި އިންކިއުބޭޝަން ސެންޓަރުގެ އުފެއްދުމުގައި އިންޑަސްޓްރީ ތަކުންނާއި ފަންނީ ބޭފުޅުންގެ ފަރާތް ޕުޅުން ލިބިވަޑައިގެންނެވި އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
20 މާރިޗު 2017

"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

20 މާރިޗު 2017
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި
02 މާރިޗު 2017

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި

02 މާރިޗު 2017
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު