Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރުންގެ ގޮނޑި ގެއްލުން

ގޮނޑީގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކުރުމަށް މެންބަރުން ސުޕްރީމް ކޯޓަށް!

ހަތަރު މެންބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިމިފައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 15 އޯގަސްޓު 2017 | އަންގާރަ 05:08
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ހަތަރު މެންބަރުން

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ހަތަރު މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ހަތަރު މެންބަރެއްގެ މައްސަލައިގައި ބަޔާންތަކުގައި ސޮއިކުރުމަށް ސުޕްރީމް ކޯޓަށް ހާޒިރުކޮށްފި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލަ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ.

Advertisement - newsAdvertisement

އެ މައްސަލައިގެ އަޑުއެހުންތައް އާދިއްތަ ދުވަހު ނިންމާލާފައިވާއިރު، ދެން އޮންނާނީ މައްސަލައިގައި ހުކުމް ކުރުމެވެ.

ލަތީފް ފިޔަވައި ދެން ތިއްބެވި ތިން މެންބަރުން ފުލުހުންގެ ބަންދުގައި ތިއްބެވިއިރު، ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރުންތައް އަންގާރަ ދުވަހުގެ ހެނދުނު ކޯޓަށް ހާޒިރުކޮށްފައިވަނީ ބަޔާންތަކުގައި ސޮއިކުރުމަށެވެ. އެ މެންބަރުންގެ ގާނޫނީ ވަކީލުން ވަނީ އެކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށް ދެއްވާފަ އެވެ.

މި ހަތަރު މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައި ވަނީ އެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. މީގެ އިތުރުން، މި މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށާއި، ބާއްވަން ނިންމާފައިވާ ބައި-އިލެކްޝަންތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް މެންބަރުން އެދިފައިވެއެވެ.

އެ އަޑުއެހުންތަކުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ހަތަރު މެންބަރުން ވެސް ޕީޕީއެމުން ވަކިކޮށްފައިވަނީ، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ޖުލައި 13 ވަނަ ދުވަހު ކުރި ހުކުމުގެ ފަހުން ޖުލައި 18 ވަނަ ދުވަހު ކަމަށްވާތީ އެ ހުކުމުގެ ދަށުން އެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ކުރިން ޕާޓީން ވަކިކޮށްފައި އޮތަސް އަދި ވަކިވެފައި އޮތަސް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕީޕީއެމްގެ ދަފްތަރުން އެ މެންބަރުންގެ ނަން އުނިކޮށްފައިނުވާ ކަމަށެވެ.

ދައުލަތުން ވަކާލާތު ކޮށްފައިވަނީ، ސިޔާސީ ޕާޓީއަކުން މީހަކު ވަކިވާނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕާޓީގެ ދަފްތަރުން އެ މީހެއްގެ ނަން އުނިކުރާ ހިސާބުން ކަމަށް ބުނެ އެވެ. އެގޮތުން އަމީތުއާއި ސައުދުގެ އިތުރުން ވަހީދު ހުކުމުގެ ކުރިން ޕާޓީން ވަކިކޮށް އެ މެންބަރުންނަށް ސިޓީ ފޮނުވައި، އެ ސިޓީތަކުގެ ކޮޕީއެއް އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ނަމަވެސް، ސިޓީގައި ދަފްތަރުން އުނިކުރުމަށް ބުނެފައިނުވާ ކަމަށް ބުނެ ދައުލަތުން ވަކާލާތު ކޮށްފައިވެއެވެ.

ސައުދުއާއި ވަހީދު އަދި އަމީތުގެ ވަކީލުން ވަނީ ޕާޓީން ވަކިކޮށްފައިވާ މެންބަރަކު ދެވަނަ ފަހަރަށް އެ ޕާޓީއާ ނުގުޅެނީސް ޕާޓީން ވަކިކުރާނީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދާ ހަވާލާދެއްވާ ވަކީލުން ވިދާޅުވީ ސުލޫކީ ކޮމެޓީން ވަކިކުރުމުން އިސްތިއުނާފް ނުކޮށްފިނަމަ ޕާޓީން ވަކިވާނެ ކަމަށެވެ. އަސާސީ ގަވާއިދުގައި ބުނާ 15 ދުވަހުގެ ތެރޭގައި މެންބަރުން މައްސަލަ އިސްތިއުނާފް ކޮށްފައިނުވާއިރު، ގަދަކަމުން ޕާޓީގެ މެންބަރުންގެ ގޮތުގައި ނުހެދޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ވަކީލުން ވިދާޅުވި ގޮތުގައި ޒާތީ ތައައްސުބުގައި ޖެހިގެން ތިބެ އިލެކްޝަނާއި ޕީޕީއެމުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ނާޖާއިޒުު ފައިދާ ނަގައި، ހުކުމާއި ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް މެންބަރުންގެ ހައްގުތަކަށް އަރައިގަނެފަ އެވެ.

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ލަތީފްގެ ވަކީލުން ފާހަގަކުރެއްވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ބާރު ހިނގާނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބުކުރާ މެންބަރުންނަށް ކަމަށެވެ. އެކަން ފާހަގަކުރައްވައި ލަތީފްގެ ގޮނޑި ނުގެއްލޭނެ ކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ.

ޖަވާބުގައި ދައުލަތުން ބުނީ އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރާ މެންބަރުންގެ މައްޗަށް ވެސް ހުކުމުގެ ބާރު ފޯރާނެ ކަމަށާއި އެހެން ނޫން ނަމަ ހުކުމުގެ މަގުސަދު ހާސިލްނުވާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމާއި ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އާ ތައާރުޒުވާ ކަމަށް ބުނެ އެ މާއްދާ ބާތިލްކުރުމަށް ހުށަހަޅާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާއަކީ މެންބަރަކާ މެދު ސުލޫކީ ފިޔަވަޅު އެޅުމާއި މެންބަރުކަމުން ވަކިކުރުމާ ބެހޭ މާއްދާއެވެ. އެ މާއްދާގެ (ބ) ގައި ބުނަނީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހި ރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު