Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޮޕް-10 ޖަލްސާ

ޓޮޕް-10 ޖަލްސާއާ ގުޅޭގޮތުން ރަނގަޅު ނޫން މައުލޫމާތު ދަނީ ފަތުރަމުން: މިނިސްޓަރު ޝަފީއު

ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ 12 ސެޕްޓެންބަރު 2024 ގައި

އަމްނާ އިމާދު
އަމްނާ އިމާދު | 9 ސެޕްޓެމްބަރު 2024 | ހޯމަ 08:21
މީގެ ކުރިން ގަދަ 10 ގައި ހިމެނުނު ބައެއް ދަރިވަރުން (ފައިލް ފޮޓޯ)

މީގެ ކުރިން ގަދަ 10 ގައި ހިމެނުނު ބައެއް ދަރިވަރުން (ފައިލް ފޮޓޯ)

މިދިޔަ އަހަރު ބޭއްވި އޭލެވެލް އަދި އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ޓޮޕް-10 ޖަލްސާއާ ގުޅޭގޮތުން ރަނގަޅު ނޫން މައުލޫމާތު ފަތުރަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޓޮޕް-10ގެ ޖަލްސާގައި ބައިވެރިވެވެނީ ހަމައެކަނި 1 ވަނަ އަށް ދިޔަ ދަރިވަރުން ކަމަށް ބުނެ ބައެއް މީހުންދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި ޖަލްސާ ކުއްލި އަކަށް އަވަސް ކުރި ކަމަށް ބުނެ ބެލެނިވެރިން ވެސް ކަންބޮޑުވުންފާޅު ކޮށްފައިވެއެވެ. މީގެ ކުރިން އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ 17 ސެޕްޓެންބަރު 2024 ގައެވެ. ނަމަވެސް މިހާރު ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ 12 ސެޕްޓެންބަރު 2024 ގައެވެ.

މިޖަލްސާގެ ކަންކަމާއި ގުޅޭގޮތުން ބައެއް ބެލެނިވެރިން ކަންބޮޑުވުންތައް އިތުރުވެފައިވަނިކޮށް ރާއްޖެއެމްވީއަށް މިނިސްޓަރު ޝަފީއު ވިދާޅުވީ ސާނަވީ ނިންމާ އިމްތިހާންތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފަހާގަ ކުރުމާއި ގުޅޭގޮތުން ބައެއް މީހުން ރަނގަޅު ނޫން މައުލޫމާތު ފަތުރަމުން ގެންދާ ކަމަށެވެ. ސާނަވީ ނިންމާ އިމްތިހާންތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދާ ދަރިވަރުންގެ ކާމިޔާބީ މިނިސްޓްރީގެ އުސޫލުތަކާއި އެއްގޮތަށް ފާހަގަކުރެވޭނެ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ ޖަލްސާގައި ބައިވެރިވެވެނީ ހަމައެކަނި 1 ވަނަ އަށް ދިޔަ ދަރިވަރުން ނޫން ކަމަށާއި، އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. ޖަލްސާއަކީ ޓޮޕް-10ގެ ޖަލްސާ ކަމަށްވާއިރު، 10 ވަނަ އަށް ދާ ދަރިވަރަށް ވެސް ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

ޖަލްސާ އަވަސް ކުރުމާއި ގުޅޭގޮތުން މިނިސްޓަރު ޝަފީއު ވިދާޅުވީ ގިނަ އަދަދެއްގެ ދަރިވަރުންނާ ބެލެނިވެރިން ބައިވެރިވާ މިޖަލްސާ އަވަސް ކުރީ ގިނަ ދަރިވަރުންނަށް ޖަލްސާގައި ބައިވެރިވޭނެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. މިނިސްޓްރީން ބެލިބެލުމުން 12 ސެޕްޓެންބަރުގައި ޖަލްސާ ބޭއްވުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް މިނިސްޓަރު ޝަފީރު ވިދާޅުވިއެވެ.

މިދިޔަ އަހަރު އޭލެވެލް ހެދި ދަރިވަރުންގެ ތެރެއިން 375 ދަރިވަރުން ގަދަ 10 ގައި ހިމެނިފައިވާއިރު، މިޖަލްސާގައި ދަރިވަރުންނާއެކު ޖުމްލަ 400ށް ވުރެ ގިނަ މީހުން ބައިވެރިވާނެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު