Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާލް ސްޓުމްކަ އިސްތިއުފާ ދެއްވުން

ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

9 ސެޕްޓެމްބަރު 2024 | ހޯމަ 07:31

އިސްތިއުފާ ދެއްވާފައިވަނީ އާދިއްތަ ދުވަހު

ނިއުސް ޓީމް
ނިއުސް ޓީމް | 9 ސެޕްޓެމްބަރު 2024 | ހޯމަ 07:31
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ކާލް ސްޓުމްކަ އިސްތިއުފާ ދެއްވައިފިއެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސީއީއޯ ކާލް އިސްތިއުފާ ދެއްވާފައިވަނީ 08 ސެޕްޓެމްބަރު 2024 ގައި ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް ބީއެމްއެލްއިން ހާމަކޮށްފައެއް ނުވެއެވެ. ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި، ކާލް ސީއީއޯ ކަމުން އިސްތިއުފާ ދެއްވި ކަމުގައިވީނަމަވެސް، ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އޮންނަ ބޭންކުގެ ޚާއްސަ އާންމު ޖަލްސާ (އީޖީއެމް) އާ ހަމައަށް އޭނާ މަޤާމުގައި ހުންނަވާނެއެވެ.

ބޭންކުން އިތުރަށް ބުނެފައިވަނީ، ސީއީއޯގެ ޒިންމާތައް ދެން އަދާކުރައްވާނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބީއެމްއެލްގެ ބޯޑުން އިސްތިއުފާދެއްވައިފައިވާ، ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ކަމަށެވެ. އަދި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ކާލް ސްޓުމްކަ އިސްތިއުފާ ދެއްވާފައި މިވަނީ ބީއެމްއެލް އިން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު މިދިޔަ މަހު އުވާލުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުން، ބީއެމްއެލުން ބަޣާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކުރައްވައިފައި ވަނިކޮށްނެވެ.

ބީއެމްއެލްއިން ބަޣާވާތް ކުރިކަމަށް ބުނި މައްސަލަ ފެންމަތިވުމާ ގުޅިގެން، ވެރިކަން ވައްޓާލަން ބަޣާވާތްކުރަން އުޅުނު ކަމަށް ބުނެ، ފުލުހުން ވެސް ވަނީ ޖިނާއީ ތަޙުޤީޤެއް ފަށައިފައެވެ.

މި މައްސަލައިގައި ބަޣާވާތެއްގެ ތުހުމަތުކޮށް، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވެސް ވަނީ ބީއެމްއެލްގެ ސީއީއޯގެ އިސްތިއުފާއަށް ގޮވާލައިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!

01 މާރިޗު 2017
އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
27 ފެބުރުއަރީ 2017

އާ ރަންވޭގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 ފެބުރުއަރީ 2017
އާ ރަންވޭގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
22 ފެބުރުއަރީ 2017

އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި

22 ފެބުރުއަރީ 2017
އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް