Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

އެންރީކޭގެ އެއްބަސްވުން އައު ކުރަން ޕީއެސްޖީން މަސައްކަތް ކުރަނީ

ޕީއެސްޖީ އާއެކު އެންރީކޭ ސޮއި ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ސެޕްޓެމްބަރު 2024 | ބުދަ 05:21
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ލުއިސް އެންރީކޭގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް އެ ކުލަބުން ފަށައިފި އެވެ.

އުމުރުން 54 އަހަރުގެ އެންރީކޭ، ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރު އެވެ. އެ މަޤާމަށް އެންރީކޭ ގެންނަން ޕީއެސްޖީން ނިންމީ، އޭނާގެ ކުރިން އެ މަޤާމުގައި ހުރި ކްރިސްޓޮފާ ގަލްޓިއޭ އެ މަޤާމުން ވަކި ކުރަން ނިންމި ފަހުންނެވެ. ޕީއެސްޖީ އާއެކު އެންރީކޭ ސޮއި ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، ޕީއެސްޖީން އަންނަނީ އެންރީކޭގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އެންރީކޭ އަށް އައު އެއްބަސްވުމެއް ހުށަހަޅަން ޕީއެސްޖީން އޮތީ ތައްޔާރަށެވެ. އެއީ ޕީއެސްޖީގައި އެންރީކޭ ކުރަމުން އަންނަ މަސައްކަތާ މެދު ކުލަބުގެ ވެރިން ހިތްހަމަ ޖެހޭތީ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަދި ޕީއެސްޖީން އައު ސީޒަނަށް ކުޅުންތެރިން ހޯދުމުގައި އެންރީކޭގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަމަށާއި، ކުލަބުން އޮތީ އެންރީކޭ އާއެކު ދިގު މުއްދަތުގެ މަސައްކަތެއް ކުރަން ބޭނުންވެފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗުކަމުން ވަކިވެ، ޕީއެސްޖީއާ ހަވާލުވީ ފަހުން އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ވަނީ 56 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 37 މެޗުންނެވެ. 12 މެޗު އެއްވަރުވެފައިވާއިރު، ހަތް މެޗަކުން ވަނީ ބަލިވެފަ އެވެ. އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ވަނީ ފްރާންސް ލީގު، ފްރާންސް ކަޕް އަދި ޓްރޮފީ ޑި ޗެމްޕިއަންސް ވެސް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު