Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ މުޢިއްޒުގެ ސަރުކާރު

އުނބަށް ޖެހުމުގެ ސިޔާސަތާއި އަދުގެ ސަރުކާރު

އުނބަށް ޖެހުމަކީ ދިވެހިންގެ ތެރޭގައި އާންމު ގޮތެއްގައި ބޭނުންކޮށް އުޅޭ، މަޒާޖީ ބަހެކެވެ. އެ ބަސް ބޭނުން ކުރާ ޙާލަތަކަށް އޮންނަނީ، ކަމެއް ނުކޮށް ދޫކޮށްލުމަށްފަހު، ނުވަތަ ނުކުރަން ނިންމުމަށްފަހު، ފަހުން އަނެއްކާ އެކަމެއް ނުވަތަ ކަންތައްތަކެއް ކުރަން ނިންމުމުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2024 | ހޯމަ 08:11
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ސަރުކާރާ މެދު އާންމު ރައްޔިތުންގެ ޝުއޫރުތައް ހުރީ އެކި ގޮތް ގޮތަށެވެ. ސަރުކާރަށް އަހަރެއް ވާން ކައިރިވެފައިވާއިރު، މިހާތަނަށް ސަރުކާރަށް "ފެން ހިފޭ" ކަމެއް ކުރެވުނު ކަމަށް ގިނަ ރައްޔިތުން ޤަބޫލެއް ނުކުރެ އެވެ. ހަޤީގަތަކީ ވެސް ނުކުރެވެނީ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ މި ސަރުކާރަކީ، ރައްޔިތުންގެ ފައިދާ އަށް ކަމެއް ކުރާނެ ސަރުކާރެއް ކަމަށް ޤަބޫލު ކުރާ މީހުން ވެސް މަދެވެ. މުޅިން ވެސް އޮތީ ރައްޔިތުންނަށް އޮޅުވާލެއްވުމާއި، މަކަރު ހެދުމެވެެެ.

ދިވެހިންގެ ތެރޭގައި އާންމު ގޮތެއްގައި ބޭނުންކޮށް އުޅޭ މަޒާޖީ ބަހެއްގައި އޮންނަނީ، "އުނބަށް ޖެހުން" މިހެންނެވެ. އެ ބަސް ބޭނުން ކުރާ ޙާލަތަކަށް އޮންނަނީ، ކަމެއް ނުކޮށް ދޫކޮށްލުމަށްފަހު، ނުވަތަ ނުކުރަން ނިންމުމަށްފަހު، ފަހުން އަނެއްކާ އެކަމެއް ނުވަތަ ކަންތައްތަކެއް ކުރަން ނިންމުމުންނެވެ. އެ ޙާލަތުގައި ދުލަށް ފަސޭހަކޮށް، ހެޔޮވަރުކޮށް ބުނެލެވެ އެވެ. "އާނއެކެވެ! ތިޔަ ޖެހީ އުނބަށެވެ!" މިހެންނެވެ. "އުނބަށް ޖެހުން" އަޅުގަނޑު ގޮސް މި ގުޅުވާލަނީ ރައީސް މުޢިއްޒުގެ މި ސަރުކާރާ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރުން ފެށިގެން، ރައީސް މުޢިއްޒު ހުވާ ކުރެއްވުމާއި، ވެރިކަމަށް މިވީހާ ދުވަހެއްވީއިރު، ސަރުކާރަށް ނިސްބަތްވާ ވަޒީރުންނާއި، ވަޒީރުންގެ ނައިބުންނާއި، ދެން ވެސް ތިބި ސިޔާސީ ބޭފުޅުން ވިދާޅުވުމާ އެއް ވިދާޅުވުމެއް އޮންނާނެ އެވެ. އެއީ ރައީސް މުޢިއްޒު އަކީ ގަޓު ރައީސެއް ކަމަށާއި، އެމަނިކުފާނު ގުޑުވާލެވޭނެ ވަރުގެ ސިޔާސީ ބޭފުޅެއް ނުހުންނާނެ ކަމަށާއި، އެމަނިކުފާނުގެ ހިތްވަރު ގަދަކަމާއި، ސާބިތުކަމާއި، ނުގުޑާ ޢަޒުމުގެ ވާހަކަ އެވެ. މިވެރިންގެ އެ ވާހަކަތަކުން ޅެމެއް، ބަންޖެއް ނުވަތަ ރައިވަރެއް ހަނދަން ބޭނުންވެއްޖެ ނަމަ، އެކަން ކުރެވޭނެހާ ގިނަ ވާހަކަތައް އޮންނާނެ އެވެ.

ހަޤީގަތުގައި މިއީ އުނބު ސަރުކާރެކެވެ. ރައީސް މުޢިއްޒު ނިކަން ޖޯޝާއި ފޯރީގައި ގިނަ ނިންމުންތަކެއް ނިންމަވާނެ އެވެ. އެހެން ނަމަވެސް، އާދައިގެ މަތިން އެމަނިކުފާނުގެ މިޒާޖުފުޅުގައި ހުންނަ ގޮތުން ވެސް، އެ ނިންމުން އިހު އޮތް ގޮތަށް ވެސް ނިންމަވާނީ ނިކަން އަވަހަށެވެ. ކާ މޭޒު ދޮށުގައި އިނދެ، ރަނގަޅަށް ކައިގެން، ފެން ނުބޮވެނީސް އެ ނިންމުން ބަދަލުކޮށްލާނެ އެވެ. އެހާ ވެސް އަވަށެވެ. މިވެރިންގެ ބަހުން ބުނާނަމަ، "މުޢިއްޒު ދުވެލީގައި" އެވެ.

ހެޔޮވަރުގެ ލިސްޓެއް ކިޔާލެވިދާނެ އެވެ. ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ދީފައި ހުރި ފަންގިފިލާ އަތުލުމަށް ސަރުކާރުން ނިންމި އެވެ. އެ ފަންގިފިލާ ހުސް ކުރުމަށް މުހުލަތެއް ވެސް ދިނެވެ. ނަމަވެސް، އެ ނިންމުމާ ކިޔަވާ ކުދިން އަދި ރާއްޖޭގެ ގިނަ ބަޔަކު ވެސް ދެކޮޅު ހެދި އެވެ. އިސާހިތަކު ރައީސް މުޢިއްޒު އެ ނިންމުން ބަދަލު ކުރެއްވި އެވެ. ނިންމެވީ އެ ކުދިންނަށް އެ ފަންގިފިލާ ދީފައި ބޭތިއްބުމަށެވެ.

ދެން އޮތީ ދާދި މިދާކަށް ދުވަހު ހިނގައިދިޔަ ކަންތައްތެކެވެ. ޤައުމީ ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެ އިން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދަށް ގެނައި ބަދަލެވެ. ބޭންކުގައި ޑޮލަރު ނެތުމުގެ ސަބަބުން، އެ އަދަދު ސަސްޕެންޑު ކުރުމަށް ނިންމީ، ރައީސް މުޢިއްޒު މިއަހުރުގެ މެއި މަހުގެ ތެރޭގައި ބޭންކަށް ލެއްވި މެމްބަރުން ތިއްބަވައިގެންނެވެ. އެއީ ކުއްލި އަކަށް ބޭންކުން ނިންމި ނިންމުމެއް ވެސް ނޫނެވެ. އެ ނިންމުން ނިންމުމުގެ ކުރިން ބޭންކުން އައީ ސަރުކާރަށް އެކަމުގެ މައުލޫމާތުތައް ދެމުންނެވެ. މަރުކަޒީ ބޭންކަށް ވެސް އެކަން އަންގަމުންނެވެ.

ބޭންކުން ނިންމި އެ ނިންމުމާއެކު، ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނާއި، އެކި އެކި ވިޔަފާރީ ކުރާ ފަރާތްތަތާއި، ޒުވާނުން އަދި ގިނަ އާންމުންގެ ނުރުހުން ސަރުކާރަށް އޮއްސާލީ ބަރިއަކަށެވެ. އިންތިހާ އަށް ރައްޔިތުން ރުޅި ގަދަވުމުން، ހަމަ އެ ދުވަހުގެ މެންދުރު ކުއްލި އަކަށް އެ ނިންމުން ބަދަލު ކޮށްފި އެވެ. އެ ނިންމުން ބަދަލުކޮށް، ކުރިން އޮތް ގޮތަށް ރުޖޫއަ ވެއްޖެ އެވެ. އެކަން ބަދަލުވުމާ ދޭތެރޭގައި ގާތްގަނޑަކަށް ހޭދަވާނީ އަށް ވަރަކަށް ގަޑިއިރެވެ.

ދެން އޮތީ ލޭނު މަސްވެރިކަމުގެ ވާހަކަ އެވެ. ރައީސް މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުން މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ނިންމީ ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުމަށެވެ. ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ހުޅުވާލުމަށް ސަރުކާރުން ނިންމި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެތައް ޖަމިއްޔާއަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެކަން ނުކުރުމަށް ސަރުކާރަށް ގޮވާލައި އިދިކޮޅު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެކަމުގައި ހުށަހެޅި ކުއްލި މައްސަލަ ވެސް ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އޭރު ބޭރުކޮށްލީ އެވެ.

އެ ނިންމުމާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދިޔައިރު ވެސް، މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވެސް ވިދާޅުވަމުން ގެންދެވީ އެކަމުގެ ސަބަބުން ރާއްޖެ އަށް ފައިދާ ވާނެ ކަމަށާއި، އެއީ ކުރުން ރަނގަޅު ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ވަޒީރުންގެ މަޖިލީހުގެ އެ ނިންމެވުމަށް ޢަމަލު ނުކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު ނިންމެވީ މިދިޔަ އޯގަސްޓު މަހުގެ ފަހު ކޮޅު އެވެ.

ދެން އޮތީ މިދިޔަ ހަފުތާގައި ހިނގި ކަމެއްގެ ވާހަކަ އެވެ. ރޭސިން އަދި ޑްރިފްޓިން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ހުއްދަ ވަގުތުން ބާތިލު ކުރުމަށެވެ. ދެން ވެސް އަދި ގިނަ ކަންތައްތަކެއް ވަނީ ނިންމަވައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކޮށް ޕޯސްޓު ކުރައްވައިފަ އެވެ. އެހެން ނަމަވެސް، އެ ނިންމުމަށް ބަރާބަރު ދެ ދުވަސް ނުވަނީސް، ރައީސް މުޢިއްޒު މި ވަނީ އަނެއްކާ އެ ސަރަހައްދު ރޭސިން އަދި ޑްރިފްޓީން އަށް ދިނުމަށް ނިންމަވައިފަ އެވެ.

މި ހުރިހާ ކަމެއް ކުރުމުގެ ވެސް މައިގަނޑު ސަބަބެއް އޮވެ އެވެ. އެއީ ރައީސް މުޢިއްޒު އަށް ޝުކުރު އަދާ ކުރުވުމެވެ. ވަޒީރުން ބޭފުޅުންނާއި، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކަމަކަށް ދެން އޮންނާނީ ރައީސް މުޢިއްޒު އަށް ޝުކުރު އަދާ ކުރެއްވުމެވެ. އެމަނިކުފާނުގެ ހެޔޮފުޅުކަމާއި، ދީލަތިކަމާއި، ހިތްހެޔޮކަމާއި، ވިސްނުންތެރިކަމާ ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ދުލަށް އައިހާ ފަށުވި ބަސްތަކެއް ބޭނުން ކޮށްގެން ޝުކުރު އަދާ ކުރާނެ އެވެ.

ދެން އޮތް ކަމަކީ އުނބަށް ޖެހުމެވެ. ކޮންމެ ކަމެއް ވެސް ބަދަލު ކުރައްވައި، އެތަން ގިނަ އިރުތަކެއް ނުވެ އަނެއްކާ އިހު އޮތް ނިންމުމަށް ރުޖޫއަ ކުރައްވައި، އުނބަށް ޖައްސަވަނީ އެވެ. އަަޑަށް ބާރުލާފައި އަޅުގަނޑު ވެސް ބުނާނީ ހަމަ ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތަށެވެ. "ބަޔަކު އުޑުގަ ޖެހިފައި ބިމުގައި ޖެހުނަސް"، މި ހަގީގަތް ބަދަލެއް ނުވާނެ އެވެ. މި ސަރުކާރު މައިގަނޑު ގޮތެއްގައި ބިނާ ބެފައި އޮތީ އުނބައް ޖެހުމުގެ ސިޔާސަތުގެ މައްޗަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު