Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުދި ވިޔަފާރި

ރާއްޖޭގެ ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު!

8 ސެޕްޓެމްބަރު 2024 | އާދީއްތަ 09:53

ބައެއް ވިޔަފާރިތަކުގެ ވެރިން ބުނާ ގޮތުގައި، މިހާރު ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާ ގުޅިގެން މުސާރަ ނުދެވި، ކުލި ނުދެއްކި ބޭންކުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމުގައި ވެސް ދަތިތައް ވަނީ ކުރިމަތ

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 8 ސެޕްޓެމްބަރު 2024 | އާދީއްތަ 09:53
ރާއްޖޭގެ ވެރިރަށް މާލެ ސިޓީގައި ހިންގާ ރެސްތޯރަންޓެއްގެ ބޭރުން ނަގާފައިވާ ފޮޓޯއެއް.

ރާއްޖޭގެ ވެރިރަށް މާލެ ސިޓީގައި ހިންގާ ރެސްތޯރަންޓެއްގެ ބޭރުން ނަގާފައިވާ ފޮޓޯއެއް.

ރާއްޖޭގެ އިގްތިސާދު ދަށަށް ދިއުމާއި ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް ހުއްޓުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އަމިއްލަ ގިނަ ވިޔަފާރިވެރިން  ބުނެފިއެވެ.

ބައެއް ވިޔަފާރިތަކުގެ ވެރިން ބުނާ ގޮތުގައި، މިހާރު ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާ ގުޅިގެން ބޭންކުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމުގައި ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ. އެކަމުގައި ސަރުކާރުން އެއްވެސް ލުޔެއް ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެމީހުން ބުނެއެވެ.

ކުދި ވިޔަފާރިތައް ދަށަށް ގޮސް ބައެއް ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވާއިރު އިތުރުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކްސް ދެއްކުމުގައިވެސް އެކަށީގެންވާ އެއްވެސް ލުޔެއް ދިނުމުގެ ވިސްނުން މިހާރު ނެތްކަމަށް އެފަރާތްތަކުން ބުނެއެވެ. އެެހެން ނަމަވެސް މުޅި ގައުމުގެ އިޤްތިޞާދަށް ބޮޑެތި އަސަރުކުރާ ވަގުތުތަކުގައި ކުރީގެ ސަރުކާރުތަކުން ޓެކްސްދެއްކުމުގައި ދެވެން އޮތް ލުޔެއް ދީގެން ޓެކްސް ނެގުމުގެ އުޞޫލު މެނޭޖްކުރިކަން ވިޔަފާރިވެރިޔަކު ފާހަގަ ކުރިއެވެ. 

"މިހާރު މީރާގެ އަމާޒަކަށްވެފައި އޮތީ ނެގުނު ގޮތަކަށްވިޔަސް ލިބެންޖެހޭ އަދަދަށް ފައިސާ ހޯދުން. ގައުމުގެ އިޤްތިޞާދު އޮތް ހާލަތެއް ނުބަލާ. ކުދިވިޔަފާރިތަކަށް ވެފައި އޮތް ގޮތެއް، ނުބަލާ. އަޅުގަނޑުމެންގެ ވިޔަފާރިތައް ފުނޑި ހާލުގައި ޖެހިފައި ވީނަމަވެސް، އެކަމަށް އެއްވެސް ވިސްނުމެއް ނެތް،" އެއް ވިޔަފާރިވެރިޔަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުންޏެވެ.

ޑޮލަރުގެ އަގު މައްޗަށް ދިއުމާ ގުޅިގެން މުދާ އެތެރެކުރުމުގެ ޚަރަދު ބޮޑުވެ، ވިޔަފާރިތަކަށް ލިބޭ ފައިދާ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ. އެކަމުގެ ސަބަބުން ގިނަ ކުދި ވިޔަފާރިތަކުން މުވައްޒަފުންގެ މުސާރަވެސް ދެމަސް ތިންމަސް ވަންދެން ނުދެވި އޮތްކަން މައުލޫމާތު ދިން ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.

"ކިހިނެތްތޯ މުސާރަ ދޭނީ ، މިއުޅެނީ ތަނުގެ ކުލިވެސް ނުދެއްކިގެން ، އަޅުގަނޑުމެން ހިފާފައި ހުރި ގިނަ ގުދަންތަކާއި ބައެއް ޝޯރޫމްތައްވެސް ދޫކޮށްލައިފިން. ހަރަދު ކުޑަކުރަން. މީ މަޖްބޫރުވެގެން ކުރިކަންކަން "އެއް ވިޔަފާރިވެރިޔަކު ބުންޏެވެ.

ސަރުކާރުން އަވަސް ލުއިތަކެއް ނުދީފިނަމަ، ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ. މިކަމުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުން އިތުރުވެފައިވާއިރު، ސަރުކާރު ހިންގާ ޕީޕަލަސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވަނީ މި ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރީޓެއިލް ވިޔަފާރިތައް ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

"ފިހާރަތައް ދަނީ ބަންދުކުރަމުން، ރުފިޔާގެ އަގު ދަނީ ވެއްޓެމުން. އޭގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން މައްޗައް ދަނީ. ތަކެތީގެ އަގު ދަނީ އުފުލެމުން،" ވިޔަފާރީގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައިވާ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ފާހަގަ ކުރެއްވި ގޮތުގައި މިހާރުވެސް އެތައް ފިހާރައެއް ބަންދުކޮށްފިއެވެ. އަދި އަވަހަށް ފިޔަވަޅު ނާޅައިފިނަމަ ގިނަ ވިޔަފާރިތަކެއް ހުއްޓުމަކަށް އަންނާނެއެވެ.

ޝަރީފް ވިދާޅުވީ، މީހުންގެ އަތްމަތި ދަތިވެ ޚަރަދު ކުރާނެ ފައިސާ އެއް ނެތެވެ. އެއާއެކު ކުދި ވިޔަފާރިތައް މިހާރު ވަނީ "ޕެނިކް މޯޑް" ގައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް