Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށީ ހައުސިންގ ޔުނިޓް

މި ސަރުކާރުން ހުއްޓާލި ކުޅުދުއްފުށީ ހައުސިންގ މަޝްރޫއާމެދު ގޮތެއް ނިންމުމަށް ކޮންޓްރެކްޓަރަށް އަންގައިފި

400 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވީހާ ދުވަސް ވެއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ސެޕްޓެމްބަރު 2024 | ހުކުރު 14:52
ކުޅުދުއްފުށި ހައުސިންގ ޔުނިޓްތައް

ކުޅުދުއްފުށި ހައުސިންގ ޔުނިޓްތައް

ކުޅުދުއްފުށީގެ ހައުސިންގ ޔުނިޓް މަޝްރޫއު ކުރިއަަށް ގެންދިއުމާ މެދު ގޮތެއް ނިންމުމައް ކޮންޓްރެކްޓަރަށް އަންގައިފިއެވެ.

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ އެ މަސައްކަތް ހަވާލުކޮށްފައިވާ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ތިން ފަހަރެއްގެ މަތިން ބައްދަލުކޮށް މަޝްވަރާކުރައްވައިފައެވެ. އެގޮތުން، މަސައްކަތް އަވަސްކުރުމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް އެ ވުޒާރާއިން ވަނީ ދޮންބެޒްއަށް އަންގަވައިފައެވެ. އެހެންނަމަވެސް، މަސައްކަތް ކުރިއަށް ނުދާތީ، އެ މަޝްރޫއު ކުރިއަށް ގެންދިއުމާމެދު އެ ކުންފުނިން ނިންމާގޮތެއް ސެޕްޓެންބަރު 1 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް އެންގުމަށް ކޮންޓްރެކްޓަރަށް އެންގިއެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއު ހިންގާ ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަހައްދާކީ ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ސަރަހައްދެއްކަމުން އެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމަން ބޭނުންވާކަަމަށެވެ. އެ މަޝްރޫއު ދޮންބެޒްއާ ހަވާލުކުރީ 20 ނޮވެމްބަރު 2024 ގައި ނިންމަން ޖެހޭ ގޮތަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރިއަަށް ގެންދާ ގޮތަށް ބަލާއިރު އެ ތާރީހަށް ނުނިމޭނެއެވެ. މިހާތަނަށް އެ މަޝްރޫއުން ނިމިފައިވަނީ 18 ޕަަސެންޓުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ނިންމާފައިވަނީ 11 ފަންގިފިލާގެ 5 ޓަވަރެވެ. މި ހައުސިންގ ޔުނިޓްތަކުގައި ހިމެނެނީ 3 ކޮޓަރީގެ ޔުނިޓްތަކެކެވެ. މި މަޝްރޫޢުއަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާ ކުރެވިފައިވެއެވެ.

މިނިސްޓްރީން މިފަދައިން ބުނެފައިވީނަމަވެސް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުޅުދުއްފުށި ސިޓީގައި ފެށި 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވީހާ ދުވަސް ވެއްޖެ ކަމަށެވެ.

ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ވަމުންދާ ގޮތާއިމެދު ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، ވަކިން ހާއްސަކޮށް ގިނަ ޕްރޮޖެކްޓްތައް ފަށާފައި އެކަށީގެންވާ ސްޕީޑެއްގައި ނުވަތަ އެއްކޮށް މަސައްކަތް ހުއްޓިފައި ހުރި ގިނަ ޕްރޮޖެކްޓްތައް އެބަހުރި ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު