Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަތުހަރުގެ މަރުގެ މައްސަލަ

ޕޯސްޓްމޯޓަމް ހެދުމަށް އަތުހަރުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި

އޭނާ ނިޔާވީ ދޫނިދޫ ޖަލުގައި ހިނގައިދިޔަ ހާދިސާއަކާއި ގުޅިގެން އައިޖީއެމްއެޗްއަށް ގެނެސް ފަރުވާދެމުންދަނިކޮށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2024 | ބުރާސްފަތި 08:56
އަތުހަރުގެ ހާރު ސިރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި

އަތުހަރުގެ ހާރު ސިރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އާދަމް އަތުހަރުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ ށ.މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ބުރާސްފަތި ދުވަހުގެ ހެނދުނު ފޮނުވާފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހު ޕޯސްޓްމޯޓަމް ހަދާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަތުހަރު މަރުވެފައިވަނީ އާދީއްތަ ދުވަހު އޭނާ ބަންދުކޮށްފައި ހުރި ދޫނިދޫ ކަސްޓޯޑިއަލްގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށް، އިތުރު ފަރުވާއަށް އެރޭ މާލެ ގެނެސް ހޯމަ ދުވަގެ ހަވީރުގެ ވަގުތެއްގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލޭގައި އަންހެނަކު ރަހީނުކޮށް އޭނާއަށް އަނިޔާދެމުންދާކަމަށް ބުނާ މައްސަލައަކާއި ގުޅިގެން ބާރުގެ ބޭނުންކޮށްގެންނެވެ. އަދި އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހެއް އޭނާ ބޮލުގައި މުގުރުން ޖެހުމުގެ ސަބަބުން އޭނާއަށް އަނިޔާވެ ފަރުވާވެސް ދީފައިވެއެވެ.

ފުލުހުންގެ ފަރާތުން މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރާއި، އިތުރު މައުލޫމާތު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްވާނެކަމަށް ހޯމްމިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ އަތުހަރު ގޮޅީގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރާ ވީޑިއޯވެސް ނޫސްވެރިންނަށް ދައްކާލާފައެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
19 ފެބުރުއަރީ 2017

އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

19 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު